ކ. މާލެ
|
24 ޖެނުއަރީ 2021 | އާދީއްތަ 22:23
އެމެރިކާގައި އިމަރޖެންސީ ޓީމުތަކުން ކޮވިޑުގެ ބަލި މީހަކު ގޮވައިގެން ފަރުވާ ދިނުމަށް ގެންދަނީ
އެމެރިކާގައި އިމަރޖެންސީ ޓީމުތަކުން ކޮވިޑުގެ ބަލި މީހަކު ގޮވައިގެން ފަރުވާ ދިނުމަށް ގެންދަނީ
ވޮޝިންގްޓަން ޓައިމްސް
ކޮވިޑް-19 އެމެރިކާގެ ޙާލަތު
އެމެރިކާއިން 25 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހި، ދުނިޔޭގެ އަދަދުތައް ބިލިއަނަކާ ގާތަށް
 
ދުނިޔެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މިވަނީ 2 މިލިއަނަށްވުރެ އިތުރުވެފައި
 
އެމެރިކާގެ އާބާދީގެ 7.6 އިންސައްތަ މީހުން މިހާރު ކޮވިޑަށް ޕޮޒިޓިވްވެފައިވޭ
 
ޖެނުއަރީ މަސް ފެށިގެން އައިއިރުވެސް އެމެރިކާގައި ކޮވިޑުގެ ޙާލަތު ގޯސް

އެމެރިކާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 25 މިލިއަނަށްވުރެ މައްޗަށް ގޮސްފިއެވެ.

"ނިއުޔޯކް ޓައިމްސް" ގައި ރިޕޯޓް ކޮށްފައިވާ ގޮތުން އެމެރިކާއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 25 މިލިއަން ފަހަނައަޅައި ގޮސްފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. އެގޮތުން އެމެރިކާގެ އާބާދީގެ 7.6 އިންސައްތަ މީހުން މިހާރު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް ރިޕޯޓް ކޮށްފައިވެއެވެ.

އޭގެ އިތުރުން، އެމެރިކާއިން މިހާތަނަށް 414،000ށް ވުރެ ގިނަ މީހުން ކޮވިޑް ޖެހިގެން މަރުވެފައިވާއިރު، އެއީ ގާތްގަނޑަކަށް އާބާދީގެ ނިސްބަތުން ބަލާނަމަ، ކޮންމެ 800 މީހަކުން އެކަކު ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އެމެރިކާއިން އެންމެ ފުރަތަމަ ކޮވިޑު ކޭސްއެއް ރިޕޯޓް ކުރެވިފައިވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އޭގެ ފަހުން 9 މަސް ދުވަހުގެ ތެރޭގައި އެމެރިކާއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 10 މިލިއަނަށްވުރެވެސް ގިނައެވެ. އަދި އަހަރު ނިމިގެން ދިޔައިރު، އިތުރު 10 މިލިއަން މީހުން ކޮވިޑަށް ޕޮޒިޓިވްވެ، އޭރުގެ އަދަދުތައް އޮތީ 20 މިލިއަނަށް އަރާފައެވެ.

މިއަހަރުގެ ޖެނުއަރީ މަސް ފެށިގެން އައިއިރުވެސް އެމެރިކާގެ ކޮވިޑުގެ ޙާލަތު ނުހަނު ގޯހެވެ. އޭރުވެސް ދުވާލެއްގެ މައްޗަށް 3 ލައްކައެއްހާ ކޭސް ރިޕޯޓް ކުރެވެމުން ދިޔައެވެ. އަދި ފާއިތުވި 3 ހަފްތާ ތެރޭގައި އެމެރިކާއިން މިވަނީ ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 25 މިލިއަން ފަހަނައަޅައި ގޮސްފައެވެ.

މުޅި ދުނިޔެއިންވެސް ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު މިވަނީ ބިލިއަނަކާ ގާތްކޮށްފައެވެ. އެގޮތުން 99 މިލިއަން 5 ލައްކައަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު، މުޅި ދުނިޔެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މިވަނީ 2 މިލިއަނަށްވުރެ އިތުރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
0%
0%
0%
ކޮމެންޓް
25 ޖެނުއަރީ 2021 | ހޯމަ 02:11
ވާނުވާ
ހހޭބަލިނުވޭ ބިލިއަންކިޔަނީ 1000މިލިއަންއަށް
24 ޖެނުއަރީ 2021 | އާދީއްތަ 23:04
ލައިޝާމެން ހިސާބު ޢިލްމު ކިޔަވާވިދާޅުވީ އަދުރޭ ކާރިންތޯ؟ ބަލަ އަހަރުމެންނަށް 99 މިލިޔަނާ ޖެހިގެން އޮންނަނީ 100 މިލިޔަން ބިލިޔަނެއް ހަމަވަނީ 1000 މިލިޔަންވީމަ