ކ. މާލެ
|
24 ޖެނުއަރީ 2021 | އާދީއްތަ 18:50
މާލޭގައި ހިންގާ ކެފޭ ރެސްޓޯރެންޓް، މިތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 4:30 އިން މެންދަމު 1:00 އަށް
މާލޭގައި ހިންގާ ކެފޭ ރެސްޓޯރެންޓް، މިތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 4:30 އިން މެންދަމު 1:00 އަށް
ރާއްޖެއެމްވީ
ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން
ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތަކަށް ބަދަލު ގެނެސްފި
 
ފަތިހު 4:30 އިން މެންދަމު 1:00 އަށް ހިދުމަތް ދެވޭނެ
 
މިއީ ކޭސްތައް މަދުވުމާއި ގުޅިގެން ދެވޭ ލުއިތަކެއް

ކޮވިޑް-19 އާއި ގުޅިގެން ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތަކަށް ބަދަލުގެނެސްފިއެވެ.

މިކަން ހާމަކޮށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާ ގުޅިގެން، 24 ޖެނުއަރީ 2021 އިން ފެށިގެން، ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 4:30 އިން މެންދަމު 1:00 އަށެވެ.

މިނިސްޓްރީން ވަނީ ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން އެޗްޕީއޭއިން ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ކަނޑައަޅާފައިވާ ގަޑިތަކުގައި، އިތުރު ހުއްދައެއް ނުނަގައި ވިޔަފާރި ކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓްތަކުގެ ޚިދުމަތް ދިނުމުގައި އެއްފަހަރާ އެތަނަކަށް ވަދެވޭނެ މީހުންގެ ޢަދަދު ފެންނަ ގޮތަށް ދޮރުމަތީގައި ބެހެއްޓުމުގެ އިތުރުން 3 ފޫޓުގެ ގައިދުރުކަން ހިފެހެއްޓޭ މިންވަރަށް މީހުންނަށް ތިބެވޭ ގޮތަށް އެތަންތަނުގެ އެތެރޭގެ އިންތިޒާމް ހަމަޖެއްސުމަށް ވަނީ އަންގާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން މީގެ ކުރިން ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ވަގުތެއްކަމަށް ކަނޑައަޅާފައިވަނީ ފަތިހު 4:30 އިން ރޭގަނޑު 11:30 އަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
0%
0%
0%
ކޮމެންޓް