ކ. މާލެ
|
24 ޖެނުއަރީ 2021 | އާދީއްތަ 15:45
އަތޮޅުތެރޭގެ ސިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުތައް ޙަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތު
އަތޮޅުތެރޭގެ ސިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުތައް ޙަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތު
ހެލްތު މިނިސްޓްރީ
އަތޮޅުތެރޭގެ ސިއްޙީ ނިޒާމް
އަތޮޅުތެރޭގެ ސިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް 45 މިލިއަން ރުފިޔާގެ ޕްރޮޖެކްޓްތަކެއް
 
ދޮޅުމަސް ދުވަހުގެ ތެރޭގައި މި ރަށްރަށުގައި ޙަވާލު ކޮށްފައިވާ މަސައްކަތްތަކުގެ ބިންގާ އެޅިގެންދާނެ
 
16 ރަށެއްގެ މަޝްރޫއުގެ އެގްރީމަންޓުތައް މިނިސްޓަރ ވަނީ ޙަވާލު ކޮށްދެއްވާފައި
 
މެމްބަރުން މެދުވެރިކޮށް ކައުންސިލުތަކަށް ވަނީ ރަމްޒީކޮށް ޙަވާލު ކޮށްދެއްވާފައި

އަތޮޅުތެރޭގެ ސިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް 45 މިލިއަން ރުފިޔާގެ ޕްރޮޖެކްޓްތަކެއްގެ މަސައްކަތް ރަށްރަށުގެ ކައުންސިލުތަކާ ޙަވާލު ކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ހެލްތުން ފަށައިފިއެވެ.

އާދިއްތަ ދުވަހު ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އަހުމަދު ނަސީމް ވަނީ އެކަން އިއުލާނު ކުރައްވައި، 2021 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީ ގައި ސިއްޙީ ދާއިރާއަށް ކަނޑައެޅިފައިވާ ބަޖެޓުގައި ހިމެނޭ މަޝްރޫއުތައް ކައުންސިލުތަކާ ޙަވާލުކޮށްގެން ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އަދި އެކި ދާއިރާތަކުގައި ކުރިއަށް ގެންދާ މަޝްރޫއުތައް އެ ދާއިރާއެއްގެ މެމްބަރުން މެދުވެރިކޮށް ކައުންސިލުތަކަށް ވަނީ ރަމްޒީކޮށް ޙަވާލު ކޮށްދެއްވާފައެވެ. އެގޮތުން 16 ރަށެއްގެ މަޝްރޫއުގެ އެގްރީމަންޓުތައް މިނިސްޓަރ ވަނީ ޙަވާލު ކޮށްދެއްވާފައެވެ.

މިނިސްޓަރ ވިދާޅުވީ، އުއްމީދަކީ ވީހާވެސް އަވަހަށް މި މަސައްކަތްތަކުގެ ބިންގާ އަޅައި، މަސައްކަތްތައް ކުރިއަށް ދިއުން ކަމަށެވެ. އަދި މި ކަންކަން ކުރިއަށްދާއިރު، ވީހާވެސް ބޮޑަށް ރައްޔިތުންގެ ލާބައާއި މަންފާއަށް ވިސްނައިގެން ކަންކަން އިންތިޒާމު ކުރުމަށް މިނިސްޓަރ ވަނީ އެދިވަޑައިގަންނަވާފައެވެ.

އަދި ކުރިއަށް އޮތް ދޮޅުމަސް ދުވަހުގެ ތެރޭގައި މި ރަށްރަށުގައި ޙަވާލު ކޮށްފައިވާ މަސައްކަތްތަކުގެ ބިންގާ އެޅިގެންދާނެ ކަމަށް އުއްމީދު ކުރައްވާކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، މިއީ ލާމަރުކަޒު ކުރުމަށް ކޮށާލެވޭ މަގެއް ކަމަށެވެ.

އާދިއްތަ ދުވަހު ރަމްޒީކޮށް ކައުންސިލުތަކާ ޙަވާލު ކޮށްދެއްވާފައިވާ މަޝްރޫއުތަކުގެ ތެރޭގައި 13 ރަށެއްގެ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން މަސައްކަތް ހިމެނެއެވެ. އެއީ ހއ. ފިއްލަދޫ، ހއ. މާރަންދޫ، ހއ. ވަށަފަރުގެ އިތުރުން ހދ. ވައިކަރަދޫ، ރ. ވާދޫ، ރ. މާކުރަތު، ރ. އަނގޮޅިތީމު އަދި ރ. ހުޅުދުއްފާރު، އއ. ފެރިދޫ، މ. މުލަކާއި ލ. މާމެންދޫ، ގއ. ދެއްވަދޫ އަދި ގދ . ފިޔޯރީ ހިމެނެއެވެ.

އޭގެ އިތުރުން، ހދ. ފިނޭ ހެލްތް ސެންޓަރުގެ ވަށާ ފާރު ރޭނުމާއި، ގއ. ނިލަންދޫ ހެލްތް ސެންޓަރު އިމާރަތް ކުރުމާއި، ގއ. މާމެންދޫ ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުން ވެސް މި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
75%
0%
25%
0%
0%
ކޮމެންޓް