ކ. މާލެ
|
24 ޖެނުއަރީ 2021 | އާދީއްތަ 13:30
އިންޑިއާގެ ސްޓޭޓްތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ތައްޔާރުވެފައި
އިންޑިއާގެ ސްޓޭޓްތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ތައްޔާރުވެފައި
ރޮއިޓަރސް
އިންޑިއާގެ ވެކްސިނޭޝަން ޕްރޮގްރާމް
އަންނަ ހަފްތާގައި އިންޑިއާގެ އިތުރު ހަތް ސްޓޭޓަކަށް ކޮވެކްސިން ފޮނުވަނީ
 
27 ސްޓޭޓަކުން 15 ލައްކައަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފި
 
މިހާރުވެސް އިންޑިއާގެ 12 ސްޓޭޓެއްގައި ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްދޭ

އިންޑިއާގައި ކޮވިޑާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މުޅި ގައުމުގައި ވެކްސިންދިނުމުގެ ބޮޑު ޕްރޮގްރާމެއް ފަށައިގެން ކުރިއަށްދާއިރު އަންނަ ހަފްތާގައި އިތުރު 7 ސްޓޭޓަކަށް ވެކްސިން ފޮނުވާނެކަމަށް އެގައުމުން ހާމަކޮށްފިއެވެ.

ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވަނީ އިންޑިއާގެ ބާރަތް ބައޯޓެކްގެ ކޮވެކްސިން ފޮނުވުމަށް ނިންމާފައިވަނީ ޕަންޖާބް، ޗައްޓިސްގަރު. ގުޖުރާތުގެ އިތުރުން ޖަރޚާންދު، ކެރެލާ، މަދްޔަ ޕްރަދޭޝް އަދި ހުޅަނގު ބެންގާލަށެވެ. އިންޑިއާގެ ހެލްތް މިނިސްޓްރީން ބުނެފައިވަނީ މިހާރު ވެސް އިންޑިއާގެ 12 ސްޓޭޓެއްގައި ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްދާ ކަމަށެވެ. އަދި ހޮނިހިރު ދުވަހު 27 ސްޓޭޓަކުން 1،46،598 (އެއްލައްކަ ސާޅީސް ހަ ހާސް ފައްސަތޭކަ ނުވަދިހަ އަށެއް) މީހުންނަށް ވެކްސިންދީފައިވާ ކަމަށެވެ. ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގެ އިންޑިއާގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާފައިވާ އިރު މިހާތަނަށް 15.3 ލައްކަ މީހުންނަށް ވަނީ ވެކްސިން ދީފައެވެ.

ވެކްސިން ދޭން ފެށިފަހުން މިހާތަނަށް 11 މީހަކު ވަނީ އެޑްމިޓްކޮށްފައެވެ. އަދި ވެކްސިން ދޭން ފެށިފަހުން 6 މީހަކު މަރުވެފައިވާ އިރު، މި މީހުން މަރުވެފައިވަނީ ވެކްސިން ޖެހުމުގެ ސަބަބުން ނޫން ކަމަށް ވެސް ކަމާބެހޭ މާހިރުން ވަނީ ބުނެފައެވެ. ވޭތުވެދިޔަ 24 ގަޑި އިރު މަރުވި މީހެއްގެ ޕޯސްޓްމޯޓަމް ހެދި އިރު، އެމީހާ މަރުވެފައިވަނީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ހެލްތް ސެކްރެޓަރީ މަނޯހަރު އަގްނާނީ ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގައި ހިންގޭ އެންމެ ބޮޑު އެއް ވެކްސިނޭޝަން ޕްރޮގްރާމް އިންޑިއާގައި ފަށާފައިވަނީ ޖެނުއަރީ 16 ވަނަ ދުވަހުއެވެ. ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން ކޮވިޑް-19 ވެކްސިން ދިނުމުގެ ޕްރޮގްރާމް ހޮނިހިރު ދުވަހު އިންޑިއާގައި ފަށާފައިވާއިރު، އެ ޤައުމުގެ 1.3 ބިލިއަން މީހުންނަށް ވެކްސިން ދިނުމަށް ވަނީ އަމާޒު ހިފާފައެވެ.

މޯދީ ވިދާޅުވީ، އިންޑިއާއިން އާބާދީގެ ހުރިހާ ރައްޔިތުންނަށް ވެސް ވެކްސިން ދޭނެ ކަމަށާއި، އެކަން ކަށަވަރު ކުރުމަށްޓަކައި ޚާއްޞަ އެޕްލިކޭޝަނެއް ވެސް އެ ޤައުމުން ބޭނުން ކުރަމުން ގެންދާނެ ކަމަށެވެ. އަދި މިއީ ދުނިޔޭގައި މިހާތަނަށް ހިންގޭ އެންމެ ބޮޑު ވެކްސިނޭޝަން ޕްރޮގްރާމްކަން ފާހަގަ ކުރައްވައި މޯދީވަނީ އެކަމުގެ ހިތްހަމަޖެހިވަޑައިގަތުން ފާޅު ކުރައްވާފައެވެ.

އިންޑިއާއިން މިހާތަނަށް ހުއްދަ ދީފައިވާ ދެ ވެކްސިން ކަމަށްވާ ކޮވިޝީލްޑް ވެކްސިނާއި ކޮވެކްސިން ޖެހުމަށްޓަކައި، ކުރީބައިގައި އެ ޤައުމުން ވަނީ ވެކްސިންގެ ގިނަ ޑޯޒްތައްވެސް ހޯދާފައެވެ. އޭގެ އިތުރުން، މޯދީ ވަނީ އެ ޤައުމުން ހުއްދަ ދީފައިވާ ވެކްސިންތަކަކީ ކަމާބެހޭ ތަޖުރިބާކާރުންނާއި، ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދާއެކު ހުއްދަ ދީފައިވާ ވެކްސިންތަކެއްކަން ފާހަގަ ކުރައްވައި، ރައްޔިތުންނަށް ވެކްސިންގެ ރައްކާތެރިކަމާ ގުޅޭގޮތުން ޔަޤީންކަން ދެއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް