ކ. މާލެ
|
24 ޖެނުއަރީ 2021 | އާދީއްތަ 05:40
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އޮތް ރަސްމިއްޔާތުގައި އިންޑިއާއިން ވެކްސިން ރާއްޖެއަށް ހަވާލުކުރަނީ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އޮތް ރަސްމިއްޔާތުގައި އިންޑިއާއިން ވެކްސިން ރާއްޖެއަށް ހަވާލުކުރަނީ
އިންޑިއާ އިން މޯލްޑިވްސް
ކޮވިޑް-19
ގިނަ ބަޔަކު ވެކްސިން ޖަހައިފިނަމަ އާންމު ހާލަތަށް ދިއުމަށް އަވަސް ވާނެ: އެޗްއީއޯސީ
 
މި ވެކްސިނަކީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ވެކްސިނެއް
 
ވެކްސިންގެ ސަބަބުން ހުންއައުން، ވަރުބަލިވުން، ބޮލުގައި ރިއްސުން އަދި މޭނުބައިކުރުން ހިމެނޭ
 
ވެކްސިންގެ ސަބަބުން ހުޅުހުޅުގައި ނުވަތަ ގައިގެ މަސްތަކުގައި ރިއްސުން

ކޮވިޑު ފެތުރުން ކޮންޓްރޯލް ކުރުމަށް ގިނަ ބަޔަކު ވެކްސިން ޖަހައިފިނަމަ، އާންމު ހާލަތަށް ދިއުމަށް އަވަސް ވާނެ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

މި މަހުގެ 20 ވަނަ ދުވަހު އިންޑިއާ ސަރުކާރުން ކޮވިޝީލްޑް ވެކްސިންގެ އެއް ލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައިވާއިރު މި ވެކްސިނަކީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ވެކްސިނެކެވެ.

ވެކްސިނަށް މީހުން ހޭލުންތެރިކުރުމަށް އެޗްޕީއޭ އިން އާންމުކުރާ ސުވާލާއި ޖަވާބުގައި ބުނެފައި ވަނީ ވެކްސިން ޖެހުމުގެ ސަބަބުން ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިތުރު އެހީއަކަށް ވާނެ ކަމަށާއި އެހެންނަމަވެސް ވެކްސިން ޖެހުން މަޖުބޫރު ނޫން ކަމަށެވެ. އެގޮތުން ވެކްސިން ޖެހުން އެންމެ މުހިންމު މީހުންގެ ތެރޭގައި، ސިއްހީ ޚިދުމަތްތެރިންނާއި ބަލީގެ ނުރައްކާ އެންމެ ބޮޑު މީހުން ކަމުގައިވާ އުމުރުން ދުވަސްވީ މީހުން އަދި ދާއިމީ ބަލިތައް ތަހައްމަލު ކުރާ މީހުން ހިމެނޭ ކަމަށް އެޗްއީއޯސީން އާންމުކޮށްފައިވާ ކަރުދާހުގައި ވެއެވެ.

ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް އުފައްދާފައިވާ ވެކްސިންތަކަކީ ކަނޑައަޅާފައިވާ ވަކި އުމުރުފުރާއަކަށް ޓެސްޓުކޮށްފައިވާ ވެކްސިން ތަކަކަށްވާއިރު، މި ވެކްސިން ޓެސްޓުކުރުމުގައި 16 އަހަރުން ދަށުގެ ކުދިން ހިމެނިފައި ނުވާތީ އެ އުމުރުފުރާގެ ކުދިންނަށް ވެކްސިން ނުޖަހާނެ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.

އެޗްއީއޯސީން ބުނީ ވެކްސިންގެ ޑޯޒް ދޭންޖެހޭ އަދަދު ބިނާވަނީ ވެކްސިންގެ ބާވަތަށް ކަމަށާއި އެގޮތުން 'ކޮވިޝީލްޑް'، ފައިޒާ-ބަޔޯއެންޓެކް، މޮޑާނާ ވެކްސިން، ކޮންމެ ވެކްސިނެއްގެ ވެސް ދެ ޑޯޒް ޖަހަން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން 'ކޮވިޝީލްޑް' ވެކްސިން ޖެހުމުގެ ސަބަބުން ބައެއް މީހުންގެ ހަށިގަނޑަށް ނޭދެވޭ އަސަރު ކުރުން އެކަށީގެންވާ ކަމަށާއި އެގޮތުން ހަށިގަނޑަށް ކުރާ އަސަރުތަކަކީ ގިނަ ފަހަރަށް ވައިރަސްއާ ދެކޮޅަށް ހަށިގަނޑު ރައްކާތެރިކުރުމަށް ދިފާޢީ ނިޒާމުން މަސައްކަތްކުރާކަމުގެ އަލާމާތްތައް ކަމަށްވެސް އެ އޭޖެންސީން ބުނެއެވެ.

ކޮވިޑް-19 އަށް ހުށަހެޅުމުގެ ސަބަބުން ބައްޔާ ދެކޮޅަށް ދިފާއީ ނިޒާމުގައި ރައްކާތެރިކަން އުފެދި ދެމިހުންނަ މުއްދަތު އަދި ރަނގަޅަށް ހޯދިފައި ނެތުމުން ބަލި ޖެހި ރަނގަޅު ވެފައިވާ މީހާއަށް ވެސް ވެކްސިން ޖަހާނެއެވެ. އަދި ވެކްސިން ޖެހުމުގެ ކުރިން އެންޓިބޮޑީ ޓެސްޓު ހަދާކަށް ނުޖެހޭނެއެވެ.

ކޮވިޑް-19ގެ ބަލި މަޑުކަން ތަހައްމަލު ކުރަމުންދާ މީހުން، ބަލިން ރަނގަޅުވެ ބަލީގެ އަލާމާތްތައް ފިލައިދަންދެން ވެކްސިން ޖަހާކަށް ނުޖެހޭނެ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
50%
10%
0%
30%
0%
10%
ކޮމެންޓް