ކ. މާލެ
|
24 ޖެނުއަރީ 2021 | އާދީއްތަ 03:35
ރައްޔިތުން މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން
ރައްޔިތުން މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން
މަޖިލިސް
ހޮރައިޒަން ފިޝަރީޒް
ހޮރައިޒަންގެ މައްސަލަ ހައްލުނުވެ މުވައްޒަފުން ހާލުގައި ޖެހުމަކީ ކަންބޮޑުވާކަމެއް: މެންބަރު ފިރުޝާން
 
ފިރުޝާން، މަޖިލީހުގެ ރައީސަށް އެޑްރެސްކޮށް ސިޓީ ފޮނުއްވާފައިވަނީ އޮކްޓޯބަރ މަހުގެ 5 ވަނަ ދުވަހު
 
ބިމުން ލިބޭ ކުލި ސީދާ ލިބެމުންދާނީ ހޯނޑެއްދޫ ކައުންސިލަށާއި ރައްޔިތުންނަށް
 
މަސް ފެކްޓްރީ އެޅުމުގެ މަޝްރޫޢުއަށް 15 އަހަރު ވީ އިރުވެސް މަސައްކަތް ނުނިމޭ

ހޮރައިޒަން ފިޝަރީޒްގެ ހޯނޑެއްދޫ ކޮމްޕްލެކްސްގެ މައްސަލަ ހައްލުނުވެ މުވައްޒަފުން ހާލުގައި ޖެހުމަކީ ނުހަނު ކަންބޮޑުވާކަމެއް ކަމަށް ރައްޔިތުން މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވިދާޅުވެއްޖެއެވެ.

ވިލާ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއް ކަމުގައިވާ ހޮރައިޒަން ފިޝަރީޒްގެ ހޯނޑެއްދޫ ކޮމްޕްލެކްސްއިން އެންމެ އެދެވޭ ގޮތުގައި ޚިދުމަތް ނުދެވި ގިނަ އަހަރުތަކެއް ވެފައިވާއިރު، އެ ކުންފުންޏަށް މަސް ފެކްޓްރީ އެޅުމަށް ހޯނޑެއްދޫއިން ދޫކޮށްފައިވާ ބިމުން ރަށު ކައުންސިލަށް ކުލި ނުލިބޭ މައްސަލައަކީ އެ ރަށާއި އެ އަތޮޅުގެ ގިނަ ރައްޔިތުންގެ ޝަކުވާއެކެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ހޮރައިޒަންގެ މުވައްޒިފުންގެ މުސާރައަށް ބޮޑެތި ބަދަލުތަކެއް ގެނަސް، ގިނަ މުވައްޒަފުންތަކެއް އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އެކަމާ ގުޅިގެން މެންބަރު ފިރުޝާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކޮވިޑްގެ ބަލިމަޑުކަމާއެކު މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލަކީ ސީދާ އެ މުވައްޒަފުންނަށް ދިން ބޮޑު އަނިޔާއެއް ކަމަށާއި، ހޮރައިޒަންގެ މައްސަލަ ހައްލުނުވެ މުވައްޒަފުން ހާލުގައި ޖެހުމަކީ ނުހަނު ކަންބޮޑުވާކަމެއް ކަމަށެވެ.

މީގެ އިތުރުން މެންބަރު ފިރުޝާން ވަނީ ހޮރައިޒަން މައްސަލަ ވީ އެންމެ އަވަހަށް ހައްލުކޮށް އެ ކުންފުނި އޮޕަރޭޝަނަށް ގެނައުމަށް އެ ކުންފުންޏާ ދޭތެރޭ ފިޔަވަޅު އަޅައި ދިނުމަށް އެދިލައްވާފައެވެ. މީގެ އިތުރުން މެންބަރު ފިރުޝާންގެ ކުރެއްވި ޓުވީޓުގައި ވަނީ ހޮރައިޒަން ފިޝަރީޒްގެ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެނައުމަށް ހޮރައިޒަންގެ ޕޭރެންޓް ކުންފުނި ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ އިން ނެރުނު ސާކިއުލާއެއްވެސް އާންމުކުރައްވާފައެވެ. އަދި މިހާރު އެ ސައިޓުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑުގެ ފޮޓޯއެއް ވެސް އާންމުކުރައްވާފައެވެ.

މަސްފެކްޓްރީ އެއް ހެދުމަށްޓަކައި ހޮރައިޒަން ފިޝަރީޒަށް ގދ. ހޯނޑެއްދޫން ދުކޮށްފައިވާ ބިމުގައި މަސް ފެކްޓްރީ އެޅުމުގެ މަޝްރޫޢުއަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހަށް 15 އަހަރު ވީ އިރުވެސް، އެ މަސައްކަތަށް އެއްވެސް ސަރުކާރަކުން އަޅައިނުލުމުގެ ސަބަބުން އެކަމުގެ ކަންބޮޑުވުން ހިއްސާ ކުރައްވާ މެންބަރު ފިރުޝާން ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ސަމާލުކަމަށް އެކަން ގެންނަވާފައެވެ.

މީގެ އިތުރުން މެންބަރު ވަނީ މި މައްސަލަ މަޖިލީހުގެ ސަމާލުކަމަށް ގެނެސް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު މަޖިލީހަށް ހާޒިރުކޮށް ސުވާލު ވެސް ކޮށްފައެވެ.

ރާއްޖޭގެ ދެކުނުގެ ޒޯނުގެ ރަށްތަކުން މަސް ގަނެ، މަސް ބަންދު ކުރާނެ ފެކްޓަރީއެއް ހޯނޑެއްދޫގައި ގާއިމު ކުރުމަށް ހޮރައިޒަން އާއި ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 8 ޑިސެމްބަރު 2005 ގައެވެ. އެ އެއްބަސްވުމުގެ ދަށުން ހޯނޑެއްދޫން 13 ހެކްޓަރުގެ ބިމެއް ވެސް އެ ކުންފުންޏަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވެއެވެ. އެހެން ނަމަވެސް 15 އަހަރު ވެގެން ގޮސްފައިވާއިރު ވެސް މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެއެެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
100%
0%
ކޮމެންޓް
24 ޖެނުއަރީ 2021 | އާދީއްތަ 12:11
މޯޑު
ތީހަމަ ވަގުތުން ނަގަންޖެހޭ ތަނެއް ގާސިމު ސަރުކާރު ހިންގާފާޓީގެ ކޯލިޝަނޭ ކިޔައްކަމަކު ރައްޔިތުން ނާއި ގުޅިފައިވާ ބޮޑު މައްސަލައަކަށް ވެފައި މުވައްޱަފުން ނައް ދެނީ އެންމެ 900ރުފިޔާ އެވެސް ހައިކަ މުވަޒަފުން