ކ. މާލެ
|
24 ޖެނުއަރީ 2021 | އާދީއްތަ 03:27
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އެތެރަހަށީގެ ޑޮކްޓަރު މުހައްމަދު އަލީ
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އެތެރަހަށީގެ ޑޮކްޓަރު މުހައްމަދު އަލީ
ރާއްޖެއެމްވީ
ކޮވިޑް-19
ރާއްޖޭގައި ޕޮޒިޓިވް ކޭސްތައް އިތުރުވަނީ، ގައިޑްލައިނަށް ފޮލޯ ކުރައްވާ: ޑރ މުހައްމަދު އަލީ
 
ސިއްހީ މާހިރުންގެ ލަފާގެ މަތިން ކަންކަން ބައްޓަން ކުރަންޖެހޭ
 
ދުނިޔޭގެ ނިސްބަތުން ބަލި ޖެހޭ މީހުން އަންނަނީ އިތުރުވަމުން
 
ތަކުރާރުކޮށް ބައެއް މީހުންގެ އެންޓި ބޮޑީ ޓެސްޓު ހަދާފައިވާނެ

ކޮވިޑް-19 ގެ ދެވަނަ ރާޅާއެކު ދުނިޔޭގައި މި ބައްޔަށް ހުށަހެޅޭ މީހުންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން އަންނައިރު، ރާއްޖޭގައި ރެކޯޑްކުރާ ކޭސްތަކުގެ އަދަދުވެސް އިތުރުވަމުން އަންނަ ކަމަށާއި، އެހެންކަމުން ސިއްހީ މާހިރުން ދެއްވާ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އެތެރަހަށީގެ ޑޮކްޓަރު މުހައްމަދު އަލީ އިލްތިމާސް ކުރައްވައިފިއެވެ.

މި މަސް ތެރޭގައި ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކޮންމެ ދުވަހަކު ވެސް 50 އިން މަތީގައި ހުރިއިރު، މި ބަލީގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ވެސް އަންނަނީ މަތި ވަމުންނެވެ. އެއާއެކު ރާއްޖޭގެ ސިއްހީ މާހިރުން އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ކޮވިޑަށް ހުށަހެޅޭ މީހުންގެ އަދަދު އިތުރުވެ ބައެއް ގައުމުތައް ލޮކްޑައުން ކުރަން ޖެހުމާ ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ޑރ މުހައްމަދު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑާ ގުޅިގެން އެކި ގައުމުތަކުގައި ހިނގަމުން އަންނަ ކަންކަން ދަސްކުރަންޖެހޭ ކަމަށާއި، އެ ގައުމުތައް ލޮކްޑައުނަކަށްފަހު ލޮކްޑައުންއެއް ކުރަމުން އަންނަ ކަމަށެވެ. އަދި އެކަން ދިވެހީން ވެސް ތަހައްމަލުކޮށްފައިވާ ކަމަށާއި އިތުރަށް މި ބަލި ރާއްޖޭގައި ފެތުރުނަ ނުދީ ސިއްހީ މާހިރުންގެ އިރުޝާދުތަކަށް ބޯލަނބަންޖެހޭ ކަމަށް ޑރ މުހައްމަދު އަލީ ވިދާޅުވިއެވެ.

ރާއްޖޭގައި މި ވަގުތު ކޮވިޑްގެ ހާލަތު އެންމެ ރަނގަޅު ނޫން ނަމަވެސް، މި ބަލިން ރައްކާތެރިވުމަށްޓަކައި ބޭނުންކުރާ ވެކްސިން ވަނީ ރާއްޖެ ގެނެސްފައެވެ. އަދި ވެކްސިން ދޭންޖެހޭ ކެޓަގަރީތައް އާންމުކޮށް މިކަމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ހެލްތު މިނިސްޓްރީން އަންނަނީ ވަމުންނެވެ.

ފާއިތުވި 24 ގަޑިއިރަށް ބަލާއިރު، ރާއްޖެއިން ވަނީ 55 މީހަކަށް ކޮވިޑް ޖެހިގެން ރިޕޯޓްކޮށްފައެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ އަދަދު ވަނީ 77 އަށް އަރާފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 14،885 އަށް އަރާފައިވާއިރު، މި ބަލިން ފަސޭހަވި މީހުންގެ ޖުމްލަ އަދަދު ވަނީ 13،813 އަށް އަރާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
80%
0%
0%
20%
ކޮމެންޓް
24 ޖެނުއަރީ 2021 | އާދީއްތަ 15:11
ރާގުންޑާ
ކޮން ބައެއްތޯ އާންމުން ދެއްތޯ! ބޮޑެތިންނަކީ ކިވިޑް ފްރީ ބައެއް. އުޅެނީ އުޅޭނެ ގޮތަކަށް. ފިޔަވަޅު އޮންނަނީ ރައްޔިތުން ގައިމަތީ ތާށިވެފަ.