ކ. މާލެ
|
23 ޖެނުއަރީ 2021 | ހޮނިހިރު 23:45
އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ޞާދިގު (ސޯބެ)
އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ޞާދިގު (ސޯބެ)
އެޑިޝަން.އެމްވީ
އައްޑޫ ސިޓީގައި ހިނގަމުންދާ މަޝްރޫއުތައް
ކޮވިޑްގެ ހާލަތުގައިވެސް އެއްވެސް މަޝްރޫއުއަކަށް ހުއްޓުމެއް ނާދޭ- މޭޔަރު ޞާދިގު
 
ސަރުކާރުގެ ގިނަ މިނިސްޓްރީތަކެއް ހިމެނޭހެން ބޮޑެތި މަޝްރޫއުތަކެއް ހިންގުމަށް މަސައްކަތް ކުރެވެމުން ދޭ
 
ބައެއް މަޝްރޫއުތަކުގެ އަގު ބޮޑުވެގެން ދިޔަ ނަމަވެސް މަސައްކަތް ދިޔައީ ކުރިއަށް
 
ބައެއް ޕްރޮޖެކްޓްތަކަށް ބަދަލު ގެނައުމާއި އެކުގައިވެސް މަސައްކަތް ކުރެވިގެން ދިޔަ

ކޮވިޑް-19ގެ ބަލިމަޑުކަމުގައިވެސް އައްޑޫ ސިޓީގައި ހިނގަމުން އައި އެއްވެސް މަޝްރޫއުއަކަށް ހުއްޓުމެއް އައިސްފައިނުވާކަމަށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ޞާދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.

ޞާދިގު ވިދާޅުވީ މި ސަރުކާރުން އައްޑޫ ސިޓީގެ ތަރައްގީއަށް ވަރަށް ބޮޑު ސަމާލުކަމެއް ދީފައިވާ ކަމަށެވެ.

އެގޮތުން ކޮވިޑްގެ ހާލަތުގައި ގައުމުގެ އިގްތިސާދު ވަރަށް ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައިވެސް ހިނގަމުން އައި އެއްވެސް މަޝްރޫއުއެއް ހުއްޓިފައި ނުވާކަމަށް ވިދާޅުވެ ޞާދިގު ވިދާޅުވީ ބައެއް ޕްރޮޖެކްޓްތަކަށް ބަދަލު ގެނައުމާއި އެކުގައިވެސް މަސައްކަތް ކުރެވިގެން ދިޔަ ކަމަށެވެ.

މީގެ އިތުރުން ޞާދިގު ވިދާޅުވީ ބަދަލު ގެނެވުނު ޕްރޮޖެކްތަކުގެ ސަބަބުން އަގުތަކަށް ބަދަލު އައި ކަމަށާއި ބައެއް މަޝްރޫއުތަކުގެ އަގު ބޮޑުވެގެން ދިޔަ ނަމަވެސް މަސައްކަތް ކުރިއަށް ދިޔަ ކަމަށެވެ.

ޞާދިގު ވިދާޅުވީ މުޅި އައްޑޫސިޓީގެ ބޮޑު ޕްރޮޖެކްޓެއް އިންޑިއަން އެގްޒިމް ބޭންކާއިއެކު ކުރެވެމުން އަންނަ ކަމަށާއި މިކަމުންވެސް ސަރުކާރުން އައްޑޫ ސިޓީއަށް ދެއްވާ އަހައްމިއްޔަތުކަން ހާމަ ވެގެންދާ ކަމަށެވެ.

ޞާދިގު އިތުރަށް ވިދާޅުވީ ސަރުކާރުގެ ގިނަ މިނިސްޓްރީތަކެއް ހިމެނޭހެން މުޅި ސަރުކާރާއިއެކު ބޮޑެތި މަޝްރޫއުތަކެއް ހިންގުމަށް މަސައްކަތް ކުރެވެމުން ދާކަމަށެވެ.

އަދި 2017 ވަނަ އަހަރު އެކުލަވާލާފައިވާ ޕްލޭންތައް ރިވިއު ކުރުމަށްފަހު ބަދަލުތައް ގެނެވިފައިވަނީ މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ވައުދުތައް އެކުލަވާލެވިގެން ކަމަށްވެސް ޞާދިގު ވަނީ ފާހަގަ ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
100%
0%
0%
0%
0%
0%
ކޮމެންޓް