raajjemv logo
ބަރަހަނާ ޙާލު މިސްކިތަށް ވަން މީހާ
ބަރަހަނާކޮށްހުރެ އިސްލާމީ މަރުކަޒަށް ވަދެއުޅުނު ބިދޭސީމީހާ ފޮނުވާ ނުލެވި އުޅެނިކޮށް، އަންހެނުންތަކަކަށް ފުރައްސާރަ ކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް
 
އެއީ އުމުރުން 50 އަހަރުގެ މީހެއް
 
ފުލުހުން އޭރު އޭނާ ހައްޔަރު ކުރުމަށްފަހު، ފަހުން ވަނީ ދޫކޮށްލާފައި
 
ބަރަހަނާ ހާލުގައި ހުރެ އިސްލާމީ މަރުކަޒަށް އޭނާ ވަން
ލައިޝާ އަހްމަދު
10,918
ކ. މާލެ |
23 ޖެނުއަރީ 2021 | ހޮނިހިރު 22:55
ބަރަހަނާކޮށް ހުރެ އިސްލާމީ މަރުކަޒަށް ވަދެއުޅުނު މީހާ ފުލުހުން ދެވަނަ ފަހަރަށް ހައްޔަރު ކުރަނީ
ޕޮލިސް

ބަރަހަނާ ހާލުގައި ހުރެ އިސްލާމީ މަރުކަޒަށް ވަދެ އުޅުނު ބަންގްލަދޭޝް މީހާ ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާކަން ފުލުހުން ހާމަ ކޮށްފައިވަނިކޮށް، އަންހެނުންތަކަކަށް ފުރައްސާރަކޮށްގެން އޭނާ އަނެއްކާވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ބަރަހަނާ ހާލުގައި ހުރެ އިސްލާމީ މަރުކަޒަށް އޭނާ ވަދެފައިވަނީ މިހިނގާ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުގެރޭގެ ވަގުތެއްގައެވެ. އޭރު ފުލުހުން ވަނީ އޭނާ ހައްޔަރު ކުރުމަށްފަހު، ފަހުން ދޫކޮށްލާފައެވެ. އަދި އެމީހާގެ ސްޕޮންސަރއާ ގުޅިގެން ބަންގްލަދޭޝަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެމީހާއަކީ ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެއް ކަމަށް މިހާތަނަށް ބެލިބެލުމުން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން އޭރު ހާމަ ކޮށްފައިވެއެވެ.

އެ ހާދިސާ ހިނގިތާ ހަފްތާއެއް ނުވަނީސް އަނެއްކާވެސް އެމީހާ މިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަންހެނުންތަކަކަށް ފުރައްސާރަކޮށްގެން އޭނާ ހައްޔަރު ކޮށްފައިވަނީ ހޮނިހިރު ދުވަހުއެވެ. އެކަމާ ގުޅޭގޮތުން ފުލުހުން ބުނީ، ހޮނިހިރު ދުވަހުގެ މެންދުރު 13:05 އެހާކަންހާއިރު ކާނިވާ ސަރަހައްދުގައިވާ، މާލެ ޑޮލަރު އޭޓީއެމް ކައިރިން އަންހެނުންތަކަކަށް ފުރައްސާރަކޮށް އާންމުންނަށް އުނދަގޫ ކުރަމުންދަނިކޮށް އޭނާ ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އޭނާއަކީ އުމުރުން 50 އަހަރުގެ މީހެއްކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މިމައްސަލަ ވަރަށް ގާތުން ބަލަމުންދާނެކަމަށް މީގެ ކުރިންވެސް ފުލުހުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
އަންތަރީސް ވެއްޖެ
15%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
77%
ރުޅި ގަދަ ވެއްޖެ
8%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
24 ޖެނުއަރީ 2021 | އާދީއްތަ 12:36
ދުރުމި
މާގާތުން ބަލަމުންދާތީ މައްސަލައަކީ. އާންމު އުސޫލުން ބަލަމުންދާނަމަ، ތިކަން މިހާރު އޮންނާނީ ހައްލުކުރެވިފަ....