ކ. މާލެ
|
23 ޖެނުއަރީ 2021 | ހޮނިހިރު 22:29
ކޮވިޑް ސާމްޕަލް ނަގައި ޓެސްޓު ކުރަނީ- މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 1015
ކޮވިޑް ސާމްޕަލް ނަގައި ޓެސްޓު ކުރަނީ- މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 1015
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ޙާލަތު
އިތުރު 55 މީހުން ކޮވިޑަށް ޕޮޒިޓިވްވެ، ހޮސްޕިޓަލުގައި ފަރުވާދޭ މީހުންގެ އަދަދު މައްޗަށް
 
ރިސޯޓުތަކުން ޕޮޒިޓިވްވި 15 މީހެއްވެސް ހިމެނޭ
 
މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 31 މީހަކު ހިމެނޭ
 
ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވެފައިވަނީ 50 މީހެއް

ރާއްޖެއިން އިތުރު 55 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ފަހުގެ މައުލޫމާތުތައް ދައްކާ ގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑަށް ޓެސްޓް ކުރުމަށް 2748 ސާމްޕަލެއް ނަގާފައިވާއިރު، އޭގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 55 މީހެކެވެ. އެއީ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 31 މީހަކާއި، މީހުން ދިރިއުޅޭ ރަށަކުން ޕޮޒިޓިވްވި 9 މީހެއްގެ އިތުރުން، ރިސޯޓުތަކުން ޕޮޒިޓިވްވި 15 މީހެކެވެ.

އެޗްޕީއޭއިން މައުލޫމާތު ދޭ ގޮތުގައި ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިހާރު ފަރުވާދެމުން ދަނީ 77 މީހަކަށް ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެއާއެކު، ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 14،885އަށް އަރާފައެވެ. އަދި އިތުރު 82 މީހަކު ބަލިން ފަސޭހަވެފައިވާއިރު، މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިގެން ބަލިން ފަސޭހަވި މީހުންގެ ޖުމްލަ އަދަދަކީ 13،813 އެވެ. މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 1015އެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވެފައިވަނީ 50 މީހެކެވެ. އެންމެ ފަހުން ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވެފައިވަނީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ރާއްޖެއިން ފާއިތުވި ދުވަސްތަކުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް މިވަނީ އިތުރުވެފައެވެ. އެގޮތުން މިހާރު އާންމުކޮށް ރާއްޖެއިން ފެންނަ ކޭސްތަކުގެ އަދަދު އުޅެނީ ފަންސާހުންވެސް މަތީގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
100%
0%
0%
0%
ކޮމެންޓް