ކ. މާލެ
|
23 ޖެނުއަރީ 2021 | ހޮނިހިރު 21:07
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓްރީ
މިނިސްޓަރ ޝާހިދު ހާރިޖީ ވަޒީރުންނާ ބައްދަލުކުރެއްވ
3 ގައުމެއްގެ ހާރިޖީ ވަޒީރުންނާ މިނިސްޓަރ ޝާހިދު ބައްދަލުކުރައްވައިފި
 
މިނިސްޓަރ ޝާހިދު އިންޑިއާ އަދި ޗައިނާގެ ސަފީރުންނާއި ބައްދަލުކުރައްވާފައި ވަނީ ފޮރިން މިނިސްޓްރީގައި
 
މިނިސްޓަރ ޝާހިދު ވާޗުއަލްކޮށް ބައްދަލުކުރައްވާފައި ވަނީ ތައިލޭންޑް، އެމެރިކާ އަދި ރަޝިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުންނާއި
 
މިނިސްޓަރ ޝާހިދު ވަނީ ގަޔާނާ، ލާއޯސް އަދި ބެލީޒްގެ ފޮރިން މިނިސްޓަރުންނާއިއެކު ވާޗުއަލް ބައްދަލުވުންތައް ބާއްވާފައި

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ތިން ގައުމެއްގެ ހާރިޖީ ވަޒީރުންނާއި ފަސް ގައުމަކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުންނާއި ނިމިދިޔަ ހަފްތާގައި ބައްދަލުކުރައްވާފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރ ޝާހިދު ވަރޗުއަލްކޮށް ބައްދަލުކުރެއްވީ ގަޔާނާގެ ފޮރިން މިނިސްޓަރ ހިއުޓޮޓް، ލާއޯސްގެ ފޮރިން މިނިސްޓަރ ސެލުމްޝޭ ކޮމަސިތު އަދި ބެލީޒްގެ ފޮރިން މިނިސްޓަރ އީމޮން ކޯޓްނޭ އާއިކަމަށެވެ. މި ބައްދަލުވުންތަކުގައި އެގައުމުތަކާއެކު ރާއްޖެއިން ދަމަހައްޓަމުން އަންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، ބައިނަލްއަގްވާމީ މަސްރަހުގައި ގުޅިގެން އިތުރަށް މަސައްކަތްކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ބައެއް ގައުމުތަކުގެ ސަފީރުންނާއެކުވެސް މިނިސްޓަރ ކުރިއަށް ގެންދެވި ވަރޗުއަލް ބައްދަލްވުންތަކުގެ ތެރެއިން ތައިލެންޑުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޗުލަމަނީ ޗަރަތްސުވަން ވަނީ އެކަމަނާގެ ސަފީރުކަމުގެ ދައުރު ފުރިހަމަކުރެއްވުމުގެ ގޮތުން މިނިސްޓަރ ޝާހިދުއާއެކު ވަދާއީ ބައްދަލުވުން ބާއްވަވާފައި ކަމަށް މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެލައިނާ ޓެޕްލިޓްޒް އާއެކު ކުރެއްވި މަޝްވަރާތަކުގައި، މިއަހަރުވެސް ރާއްޖެއާ އެމެރިކާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގައި އުއްމީދުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވެފައިވާކަމަށެވެ.

އަދި ރަޝިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޔޫރީ މަޓޭރީއާއެކު ބޭއްވެވި މަޝްވަރާތަކުގައިވެސް ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވައި، ދިވެހި ކަނޑުމަހަށް ރަޝިޔާގެ ބާޒާރުން އިތުރު ފުރުސަތު ހޯދުމާ ބެހޭ ގޮތުން މިނިސްޓަރ ޝާހިދު މަޝްވަރާކުރައްވާފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން އިންޑިއާ އަދި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުންނާއި ފޮރިން މިނިސްޓްރީގައި މިނިސްޓަރ ބައްދަލުކުރައްވާފައިވާ ކަމަށާއި އެގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން ވަނީ ބައެއް ފޮރިން މިނިސްޓަރުންނާއި ސަފީރުންނާ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން ޖޯޖިއާގެ ފޮރިން މިނިސްޓަރު، މިނިސްޓަރުކަމުގެ އިތުރު ދައުރަކަށް އައްޔަންކުރެއްވުމާއި، ވައިސް ޕްރައިމް މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ޑޭވިޑް ޒަލްކަލިއާނީއަށް މިނިސްޓަރ ޝާހިދު ތަހުނިޔާގެ މެސެޖެއް ފޮނުވާފައިވާކަމަށް ބުނެފައެވެ. އަދި ޒިމްބާބްވޭގެ ހާރިޖީ ވަޒީރު ޑރ. ސިބުސީސޯ މޯޔޯ އަވަހާރަވުމާ ގުޅިގެން ތައުޒިޔާގެ މެސެޖެއް ވެސް މިނިސްޓަރ ވަނީ ފޮނުއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
0%
0%
0%
ކޮމެންޓް