ކ. މާލެ
|
23 ޖެނުއަރީ 2021 | ހޮނިހިރު 19:21
ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓްރީ
ޓޫރިޒަމް މިނިސްޓްރީ ތެރެއަށް ޤާނޫނާ ޤަވާއިދުގެ ނުފޫޒް ފޯރާނެ، އެހެން ނުފޫޒެއް ނުފޯރާނެ: ޑރ. މައުސޫމް
 
މުވައްޒަފުން މިކަންތައްތަކަށް ވިސްނައިގެން އުޅުމުން ރިސޯޓުތަކުން ފެންނަ ކޭސްތައް މަދުވެގެންދާނެ
 
ބައެއް ރިސޯޓުތަކުގެ މުވައްޒަފުން ގައިދުރުކަން ނުބަހައްޓާ މާސްކް ނާޅާ އުޅޭ
 
މިނިސްޓްރީ ތެރެއަށް އިތުރު ނުފޫޒެއް ނުފޯރާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި

ޓޫރިޒަމް މިނިސްޓްރީ ތެރެއަށް ޤާނޫނާ ޤަވާއިދުގެ ނުފޫޒް ފޯރާނެކަމަށާއި އެހެންނަމަވެސް އެހެން ނުފޫޒެއް ނުފޯރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަމުން މިނިސްޓަރ މައުސޫމު ވިދާޅުވީ މިނިސްޓްރީ ތެރެއަށް އިތުރު ނުފޫޒެއް ނުފޯރާނެ ކަމަށް އަދި މި ނުފޫޒަށް ޓޫރިޒަމް މިނިސްޓްރީން މަރުހަބާ ކިޔާނެ ކަމަށެވެ.

ރިސޯޓުތަކުން ފެންނަ ޕޮޒިޓިވް ކޭސްތައް އިތުރުވާ މައްސަލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ބައެއް ރިސޯޓުތަކުގެ މުވައްޒަފުން ގައިދުރުކަން ނުބަހައްޓާ މާސްކް ނާޅާ އުޅޭ ކަމަށެވެ. އަދި ޓޫރިޒަމް މިނިސްޓްރީން އިސްކަން ދެނީ ފިޔަވަޅު އަޅަން ނޫން ކަމަށާއި ކަންތައްތައް ރަނގަޅުކުރަން ކަމަށް ވެސް ވިދާޅުވިއެވެ. ރިސޯޓުތަކުގެ މުވައްޒަފުން މިކަންތައްތަކަށް ވިސްނައިގެން އުޅުމުން އެ ރިސޯޓުތަކުން ފެންނަ ކޭސްތައް މަދުވެގެންދާނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރިސޯޓުތައް މޮނީޓަރިންގ ގެ ހާލަތަށް އައުމަކީ އެއްވެސް ހާލެއްގައި އެދޭ ކަމެއް ނޫންކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީއަކީ އަބަދުވެސް ރިސޯޓުތަކުގެ މުވައްޒަފުންނާއި ގުޅިގެން އެކީގައި މަސައްކަތް ކުރާނެ މިނިސްޓްރީއެއް ކަމަށާއި މުވައްޒަފުންގެ ސަރވިސްޗާޖުގެ މައުލޫމާތު ހިއްސާކޮށްގެން އެއްވެސް މުވައްޒަފަކަށް އެކަމުގެ ނޭދެވޭ އަސަރު ނާންނާނެ ކަމަށެވެ.

ކޮވިޑްގެ ސަބަބުން ފަތުރުވެރިކަމުގެ އިންޑަސްޓްރީ ބަދަލުވެއްޖެކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީއަކީ ސެލްފް ރެގިއުލޭޓަރީ އިންޑަސްޓްރީއެއް ކަމަށެވެ.

ޕްރޮގްރާމްގައި އިތުރަށް ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ ޑޮމެސްޓިކް ޓޫރިޒަމް ޤާނޫނުގެ ތެރެއަށް ވަދެފައި ނެތް ކަމަށާއި 2021ގައި ރާއްޖެއަށް ވަންނަ ޑޮލަރު ރާއްޖޭގައި ބެހެއްޓުމަށްޓަކައި ޑޮމެސްޓިކް ޓޫރިޒަމް ފުޅާކުރުން މުހިންމު ކަމަށެވެ.

އެއީ ވަރުގަދަ ކުރަން ޖެހޭ އެކްޓިވިޓީއެއް
ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް

މިއަހަރަކީ ޓޫރިޒަމް އިންވެސްމަންޓް އަހަރެއްގެ ގޮތުގައި ތާރީހުގައި ލިޔެވިގެންދާނެ އަހަރެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 2020 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގެ ފަތުރުވެރިކަމަށް ލިބުނު ކުރިއެރުންތައް ފަހަތަށް ސޮއްސާލުމަށް ޖާގަ ނުދީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެކުލަވާލާފައިވާ ގައިޑްލައިންތަކަށް ފުރިހަމައަށް އަމަލުކުރުމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމްވަނީ ގޮވާލައްވާފައެވެ.

ފާއިތުވި އަހަރު ސަރުކާރުން ކަނޑައަޅާފައިވާ 550،000 ފަތުރުވެރިންގެ ޓާގެޓު ހާސިލްވެފައިވާއިރު، މި އަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ ޓާގެޓަކީ 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
0%
0%
100%
ކޮމެންޓް