raajjemv logo
ރައީސް މައުމޫން ޖާބިރު އަތުން ނެންގެވި ލޯނުގެ މައް
ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
 
އެ ފައިސާއަށް އޭނާ ކުރި ކަމެއް ބަލައިދިނުމަށް ދިޔާނާ އެދިވަޑައިގެންފައިވޭ
 
އޭގެ ތެރެއިން 24 މިލިއަން ރުފިޔާ ފާރިޝްއާ ހާވަލުކުރެއްވީ ދިޔާނާ
ޝުރުފާ މުހައްމަދު
12,501
ކ. މާލެ |
23 ޖެނުއަރީ 2021 | ހޮނިހިރު 19:16
ފާރިސް މައުމޫން
މުހައްމަދު ޝަރުހާން

މިދިޔަ ރިޔާސީ އިންތިހާބުގެތެރޭގައި އަނބުރާދައްކަވާގޮތަށް ކުރީގެ ރައީސް މައުމޫން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އަތުން ނެންގެވި ފައިސާއާ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް ހަވާލުވެވަޑައިގަތުމަށް ފަހު އޭނާ އެ ފައިސާއަށް ހިޔާނާތްތެރިވެވަވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ޖާބިރުގެ އަނބިކަނބަލުން އަދި ކުރީގެ އެޓާނީ ޖެނެރަލް ދިޔާނާ ސައީދު ފުލުހަށް މައްސަލަ ހުށަހަޅުއްވައިފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ރައީސް މައުމޫނު ޖާބިރު އަތުން 29 މިލިއަން ރުފިޔާ ނަގާފައިވާކަމަށް ޖާބިރު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި އެ ފައިސާ އަނބުރާ ދައްކަވާނެ ކަމަށް ވިދާޅުވި ނަމަވެސް އެކަން ކުރައްވާފައިނުވާކަމަށް ވެސް ވިދާޅުވެއެވެ. ނަމަވެސް ރައީސް މައުމޫން ވަނީ ޖާބިރުގެ އެވާހަކަތައް އެކި ފަހަރުމަތިން ދޮގުކުރައްވާފަ އެވެ.

އެ މައްސަލަގައި ޖާބިރު ވަނީ ރައީސް މައުމޫނާއި ދެކޮޅަށް ކޯޓަށް ވެސް މައްސަލަ ހުށަހަޅުއްވާފަ އެވެ.

އެކަމާ ގުޅިގެން ދިޔާނާ ފުލުހަށް މައްސަލަ ހުށަހެޅުއްވި ސިޓީގައި ވިދާޅުވެފައިވަނީ ޖާބިރު ރައީސް މައުމޫނަށް ދެއްވި ފައިސާގެ ބޮޑުބައެއް ރައީސް މައުމޫނާއި ހަވާލުކުރެއްވުމުގެ ޒިންމާ ނެންގެވީ އޭނާ ކަމަށެވެ. އެގޮތުން ރައީސް މައުމޫންގެ އެދިވަޑައިގަތުމުގެ މަތިން 24 މިލިއަން ރުފިޔާ އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫންއާ ހަވާލުކުރެއްްވި ކަމަށް ދިޔާނާ ވިދާޅުވެފައި ވެއެވެ. ނަމަވެސް ރައީސް މައުމޫނަށް އެފައިސާ ލިބިވަޑައިގެންފައިނުވާ ނަމަ އެއީ ފާރީސް އެ ފައިސާ އަށް ހިޔާނާތްތެރިވީކަމަށް ވެސް ދިޔާނާ ވިދާޅުވެފައި ވެއެވެ. އަދި އެ ފައިސާއަށް ފާރިސް މައުމޫން ހެއްދެވި ގޮތެއް ބައްލަވައިދެއްވުމަށް ވެސް އެދިވަޑައިގެންފައިވެއެވެ.

ދިޔާނާގެ ސިޓީގައި ވަނީ ރަހުނަކާ ނުލައި ޖާބިރު އެހާބޮޑު އަދަދެއްގެ ފައިސާ ރައީސް މައުމޫނަށް ދެއްވީ ރައީސް މައުމޫނުގެ ބަސްފުޅު ގެރެންޓީއަކަށް ފުދޭ ކަމަށް ވިދާޅުވެ ވަރަށް އިތުބާރުކުރައްވާފައި ކަމަށެވެ.

އެ މައްސަލަ ޖާބިރު ކޯޓަށް ވެސް ހުށަހަޅުއްވާފައިވާއިރު އެކަމުގައި ރައިސް މައުމޫނަށް އެއްވެސް ހެއްކެއް ދެއްކިފައި ނުވާ ކަމަށާއި، ހަމައެކަނި ވިދާޅުވީ ފައިސާ ލިބިވަޑައިނުގަންނަވާކަމަށް، ކަމަށް ވެސް ދިޔާނާ ވިދާޅުވި އެވެ. އަދި އެއްވެސް ހެއްކެއް ހާޒިރުކުރުމެއް ނެތި މައްސަލައިގެ ހުކުމް ކުރުމާ ހަމައަށް ގާތްވެފައިވާތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި ވީއެންމެ އަވަހަށް ހިޔާނާތުގެ ތަހުގީގު ފާރިސްގެ މައްޗަށް ކޮށްދެއްވުމަށްވެސް ދިޔާނާ އެދިވަޑައިގެންފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
44%
އަންތަރީސް ވެއްޖެ
33%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
11%
ރުޅި ގަދަ ވެއްޖެ
11%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
24 ޖެނުއަރީ 2021 | އާދީއްތަ 07:31
ޖާބިރާ ދިޔާނާގެ ނަން ކަބަރަކަށް ނާރާ ގިނަ ދުަވަސް ވެގެން ނުވާނެ! ކޮންމެވެސް ސުރުޚީއެއް އަޅާލަން ވާނެ!
23 ޖެނުއަރީ 2021 | ހޮނިހިރު 20:22
ސައްލެ
މިއޮތީ ޝަޚްސު އޮޅުވާލަފަ. ފާރިޝްއެއް ނޫން. ފަރިސް މައުމޫން.