raajjemv logo
ކުރީގެ ރައީސް ޔާމީން މިނިވަންކުރަން ގޮވާލުން
ރައީސް ޔާމީން މިނިވަންކުރަން ގޮވާލާ އިދިކޮޅުން ސީދާ ހަރަކާތަށް
 
އެމަނިކުފާނުގެ އިތުރު މައްސަލަތައް މިހާރުވެސް ކޯޓުގައި ކުރިއަށްދޭ
 
ހައިކޯޓުންވެސް ވަނީ އެ ހުކުމަށް ތާއީދުކޮށްފައި
 
ހުކުމަކީ އެއްވެސް އަސާސެއް ނެތް ހުކުމެއް ކަމަށް އިދިކޮޅުން ބުނޭ
ޝުރުފާ މުހައްމަދު
12,643
ކ. މާލެ |
23 ޖެނުއަރީ 2021 | ހޮނިހިރު 18:43
ރައީސް ޔާމީން މިނިވަންކުރަން ގޮވާލާ އިދިކޮޅުން ބޭއްވި މުޒާހަރާ
ޓްވިޓަރ

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށްލައި ފަސް މިލިއަން ރުފިޔާ އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުންކުރި ހުކުމް ހައިކޯޓުން ދެމެހެއްޓުމާ ގުޅިގެން އެކަމާ ދެކޮޅަށް ސީދާ ހަރަކާތަށް ނިކުންނަން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނިންމައިފިއެވެ.

އިދިކޮޅުން މިގޮތަށް ނިންމީ ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް ކުއްލި ބައްދަލުވުމުގައި އެކަމަށް ގަރާރު ހުށަހަޅައި ބަހުސް ކުރުމަށް ފަހުގައެވެ. އެ ގަރާރު އިއްވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމިންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ނިންމައި ކްރިމިނަލް ކޯޓުން އިއްވި ހުކުމަކީ އެއްވެސް އަސާސެއް ނެތް ހުކުމެއް ކަމަށާއި އެއީ ސިޔާސީ މަގްސަދެއްގައި އިންސާފެއް ނެތި އިއްވާފައިވާ ހުކުމެއް ކަމަށެވެ. އަދި އެ ހުކުމަށް ހައި ކޯޓުން ތާއިދުކުރުމަކީވެސް ސިޔާސީ ކަމެއް ކަމުގައި އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ހުކުމް އިއްވީ ނޮވެމްބަރު 2019 ގައެވެ. އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެފައި ވަނީ ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް އެމަނިކުފާނުގެ އެކައުންޓަށް ދެފަހަރަކު ޖަމާވެފައި ވުމާއި، އޭސީސީއާއެކު ހެދި އެކްސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބަހައްޓަން އެއްބަސްވެވަޑައިގަތުމަށް ފަހު އެ ފައިސާގެ އަސްލު އޮޅުވާލެއްވި މައްސަލައިގައެވެ.

ކްރިމިނަލް ކޯޓުގެ އެ ހުކުމް ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން އެ ކޯޓުންވެސް ވަނީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައެވެ.

ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ހުކުމެއް އިއްވާފައިވާއިރު މިހާރުވެސް އެމަނިކުފާނުގެ އިތުރު މައްސަލަތައް ދަނީ ކުރިއަށެވެ. އެގޮތުން އެމްއެމްޕީއާރްސީގައި ހިމެނޭ ރ. ފުއްގިރި މައްސަލައިގެ ދައުވާ އުފުލައި ޝަރިއަތުގެ މަރުހަލާ މިހާރު ވެސް ދަނީ ކުރިއަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
7%
އަންތަރީސް ވެއްޖެ
40%
އުފާ ވެއްޖެ
7%
ދެރަ ވެއްޖެ
47%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް