ކ. މާލެ
|
23 ޖެނުއަރީ 2021 | ހޮނިހިރު 15:43
ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއާސިސް
ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއާސިސް
ރޮއިޓަރސް
އިންޑިއާއިން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން
ކޮވިޑުގެ ވަބާއިން ސަލާމަތްވުމަށް އިންޑިއާއިން ކުރަމުންދާ މަސައްކަތަށް ޓެޑްރޯސްގެ ތަޢުރީފް
 
ކޮވިޝީލްޑް ވެކްސިން ހޯދުމަށް އެދި ގިނަ ޤައުމުތަކުން އެދެމުންދޭ
 
މި ބަލިމަޑުކަމުން އަރައިގަނެވޭނީ ހުރިހާ ޤައުމުތަކުން ވެސް މިކަމުގައި އެކަތިގަނޑަކަށްވެގެން
 
އިންޑިއާއިން ބްރެޒިލްއަށް ވެކްސިން ފޯރުކޮށްދީފައިވޭ

ކޮވިޑް-19 ވަބާއިން ސަލާމަތްވުމަށް އަވަށްޓެރި އިންޑިއާއިން ކުރަމުންދާ މަސައްކަތްތަކަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއާސިސް ތަޢުރީފްކުރައްވައި ވާހަކަ ދައްކަވައިފިއެވެ.

ޓެޑްރޯސް އެ މޭރުމުން ވާހަކަ ދައްކަވާފައިވަނީ އިންޑިއާއިން ބްރެޒިލްއަށް ވެކްސިން ފޯރުކޮށްދިނުމާ ގުޅިގެން އެ ޤައުމުގެ ރައީސް ޚައިރް ބޮލްސޮނާރޯ އިންޑިއާއަށް ޝުކުރު ދަންނަވާފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އިންޑިއާއިން ވަނީ އެ ޤައުމުން އުފައްދާފައިވާ އެސްޓްރަޒެނެކާ ކޮވިޑް ވެކްސިންގެ އިންޑިއާ ވާރޝަން ކަމަށްވާ "ކޮވިޝީލްޑް" ވެކްސިންގެ ޑޯޒްތައް ބްރެޒިލްއަށް ފޯރުކޮށްދީފައެވެ.

އެކަމާ ގުޅޭގޮތުން ޓެޑްރޯސް ކުރެއްވި ޓްވީޓެއްގައި ވަނީ މި ބަލިމަޑުކަމުން އަރައިގަތުމުގައި އިންޑިއާއިން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފް ކުރައްވާފައެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ޓެގް ކުރައްވައި ޓެޑްރޯސް ކުރެއްވި ޓްވީޓެއްގައި ވަނީ މި ބަލިމަޑުކަމުން އަރައިގަނެވޭނީ ހުރިހާ ޤައުމުތަކުން ވެސް މިކަމުގައި އެކަތިގަނޑަކަށްވެގެން މަސައްކަތް ކޮށްގެންކަން ފާހަގަ ކުރައްވާފައެވެ.

އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ހޯދުމަށް އެދި ގިނަ ޤައުމުތަކުން އެދެމުންދާއިރު، އިންޑިއާއިން ވެކްސިން ޖަހަން ފެށިތާ 4 ދުވަސް ތެރޭގައި އެ ޤައުމުން ވަނީ އެހެން ޤައުމުތަކަށް ވެކްސިން ފޯރުކޮށްދޭން ފަށާފައެވެ. އޭގެ ތެރޭގައި ރާއްޖެއާއި، ބޫޓާނާއި، ބަންގްލަދޭޝް އަދި ނޭޕާލް ހިމެނެއެވެ.

މީގެ އިތުރުން ވެސް އިންޑިއާއިން ވަނީ މި ވެކްސިންގެ އެއްލައްކަ ޑޯޒް ވެކްސިން މޮރިޝަސްއަށް، 1.5 މިލިއަން ޑޯޒް ވެކްސިން މިއަންމާއަށް، 50،000 ޑޯޒް ވެކްސިން ސީޝެލްސްއަށް، ދެމިލިއަން ޑޯޒް ވެކްސިން ބްރެޒިލްއަށް އަދި ދެމިލިއަން ޑޯޒް ވެކްސިން މޮރޮކޯއަށް ފޮނުވާފައެވެ. އަދިވެސް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިންޑިއާގެ މިވެކްސިން އިތުރު ގައުމުތަކަށް ފޮނުވާނެ ކަމަށް އެގައުމުގެ ސަރުކާރުން ހާމަކޮށްފައިވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
20%
0%
0%
0%
80%
ކޮމެންޓް