ކ. މާލެ
|
23 ޖެނުއަރީ 2021 | ހޮނިހިރު 13:14
ޕާކިސްތާނުގެ އަވަށަކުން ކަރަންޓު ކަނޑާލައިފައިވަނިކޮށް
ޕާކިސްތާނުގެ އަވަށަކުން ކަރަންޓު ކަނޑާލައިފައިވަނިކޮށް
އިންޑިއާ ޓައިމްސް
ޕާކިސްތާނުގެ ބޮޑު ބަޔަކުން ކަރަންޓް ކަނޑާލުން
ޕާކިސްތާނުގެ ކަރަންޓު މައްސަލައިގައި ޗައިނާއިން ވަނީ އިހުމާލުވެފައި – ރިޕޯޓް
 
މި ޕްރޮޖެކްޓްގެ ދަށުން ޗައިނާގެ އައި.ޕީ.ސީ.ސީ ކުންފުނިން ޕާކިސްތާނުގެ ކަރަންޓް ޚިދުމަތް ރަނގަޅުކުރުމަށް އައު އިންޖީނުގެތައް ހެދުމާއި، ކަރަންޓް ނަރުތަކުގެ ފެންވަރު ރަނގަޅުކުރަން ޖެހޭ

ޕާކިސްތާނުގައި ކަރަންޓް ޚިދުމަތްދޭން ޗައިނާގެ ކުންފުނި އިންޑިޕެންޑެންޓް ޕަވަރ ޕްރޮޑިއުސަރސް (އައިޕީޕީ)އާ ހަވާލުކޮށްފައިވާއިރު، އެ ކުންފުނިން އެ ގައުމުގެ ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދައިނުދެވި ގިނަ ދުވަސްތަކެއް ވަމުން އައިސްފައިވާތީ އެކަމުގެ ޒިންމާ ޗައިނާ ސަރުކާރުން ނަގަންޖެހޭކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޗައިނާގެ ކުންފުންޏަކަށް ޕާކިސްތާނުގައި ކަރަންޓުގެ ޚިދުމަތްދޭން އެގައުމުގެ ސަރުކާރުން ހަވާލުކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ޕާކިސްތާނުގެ އިދިކޮޅު ޕާޓީތަކުން އަންނަނީ ބުނަމުންނެވެ. ޕާކިސްތާން – ޗައިނާ އިކޮނޮމިކް ކޮރިޑޯގެ ދަށުން ޗައިނާގެ ކުންފުންޏަކަށް ޕާކިސްތާނުގައި ކަރަންޓުގެ ޚިދުމަތް ރަނގަޅު ފެންވަރެއްގައި ދިނުމަށް ހަވާލުކޮށްފައިވަނީ 30 ބިލިއަން ޑޮލަރަށެވެ.

މި ޕްރޮޖެކްޓްގެ ދަށުން ޗައިނާގެ އައިޕީސީސީ ކުންފުނިން ޕާކިސްތާނުގެ ކަރަންޓް ޚިދުމަތް ރަނގަޅުކުރުމަށް އައު އިންޖީނުގެތައް ހެދުމާއި، ކަރަންޓް ނަރުތަކުގެ ފެންވަރު ރަނގަޅުކުރަންޖެހެއެވެ.

ޗައިނާގެ ކުންފުނިން ވަނީ މި ޕްރޮޖެކްޓްގެ ދަށުން ޕާކިސްތާނުގެ ބޮޑު ބައެއްގެ ކަރަންޓްގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށްދީފައެވެ. ނަމަވެސް އެ ކުންފުންޏަށް ޕާކިސްތާނު ސަރުކާރުން ދޭންޖެހޭ ފައިސާ ނުދެވި ލަސްވަމުން އަންނާތީ ޗައިނާގެ ކުންފުނިން ވަނީ ޕާކިސްތާނުގެ 10 އަވަށަކުން ކަރަންޓްގެ ޚިދުމަތް ކަނޑާލައިފައެވެ.

މި ކަމަށް ހައްލެއް ހޯދުމަށް ޕާކިސްތާނުގެ ސަރުކާރުން އައިޕީސީ.ސީ އާ މިހާރު މަޝްވަރާ ކުރަމުން އަންނައިރު، އެކުންފުނިން ވަނީ ޕާކިސްތާނު ސަރުކާރުން އެ ކުންފުންޏަށް ދޭން ޖެހޭ 3.75 ބިލިއަން ޑޮލަރު ލިބުމާއިއެކު އަލުން ކަރަންޓުގެ ޚިދުމަތް ދޭން ފަށާނެ ކަމުގައި ބުނެފައެވެ. އެހެންކަމުން ޕާކިސްތާނުގެ ސަރުކާރުން މިހާރު އަންނަނީ މިކަމަށް ހައްލެއް ހޯދުމަށް ޗައިނާގެ ސަރުކާރާއެކު މަޝްވަރާ ކުރުމަށް ތައްޔާރުވަމުންނެވެ.

ޕާކިސްތާނަކީ ދެކުނު އޭޝިއާގައި ޗައިނާއިން އެންމެ ގިނަ ތަރައްޤީގެ ޚިދުމަތް ފަށާފައިވާ ގައުމެވެ. އެގޮތުން ޗައިނާއިން ވަނީ ޕާކިސްތާނަށް ގިނަ ލޯނުތަކެއްދީ ތަރައްޤީގެ ޕްރޮޖެކްޓްތައް ހިންގުމަށް އެހީތެރިވެދީފައެވެ. ނަމަވެސް މިއީ ޕާކިސްތާން އަޅުވެތި ކޮށްލުމުގެ ސިޔާސަތުގެ ދަށުން ޗައިނާއިން ކުރަމުން އަންނަ ކަމެއް ކަމަށް އިންޑިއާއިން އަންނަނީ ބުނަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
100%
0%
0%
0%
ކޮމެންޓް