ކ. މާލެ
|
23 ޖެނުއަރީ 2021 | ހޮނިހިރު 13:16
ފުލުހުންގެ ކާރެއް، މިމައްސަލަ ގާތުން ބަލަމުންދާނެ ކަމަށް ފުލުހުން ބުނޭ،
ފުލުހުންގެ ކާރެއް، މިމައްސަލަ ގާތުން ބަލަމުންދާނެ ކަމަށް ފުލުހުން ބުނޭ،
ޕޮލިސް
އިސްލާމީ މަރުކަޒަށް ބަރަހަނާކޮށް ވަތް މައްސަލަ
ބަރަހަނާކޮށް ހުރެ އިސްލާމީ މަރުކަޒަށް ވަދެއުޅުނު މީހާ ގައުމަށް ފޮނުވާލަނީ!
 
އެމީހާގެ ސްޕޮންސަރއާ ގުޅިގެން ބަންގްލަދޭޝްއަށް ފޮނުވާލުމުގެ މަސައްކަތް ދަނީ ކުރަމުން
 
އެ ވީޑިއޯ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވި
 
މިހާދިސާ ހިނގީ ޖެނުއަރީ މަހުގެ 21ވީ ބުރާސްފަތި ދުވަހުގެ ރޭގެ އިޝާ ނަމާދަށްފަހު

ބަރަހަނާ ހާލުގައި ހުރެ އިސްލާމީ މަރުކަޒަށް ވެދެ އުޅުނު މީހަކީ ނަފްސާނީ މައްސަލަ ހުންނަ މީހެއް ކަމަށް ފުލުހުން ބުނެފިއެވެ.

ބަރަހަނާ ހާލުގައި ހުރެ އިސްލާމީ މަރުކަޒަށް ބިދޭސީއަކު ވަނުމާ ގުޅިގެން އެ ވަގުތު މިސްކިތުގެ ތެރޭގައި ތިބި ބަޔަކު ވަނީ އޭނާ ބޭރަށް ނެރެފައެވެ. އެވީޑިއޯ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލް ވެފައިވާއިރު، ފިލަން މަސައްކަތްކުރާ ކަމަށް ބުނެ، އެމީހާ ވައްޓާލާތަން މި ވީޑިއޯއިން ފެނެއެވެ. އޭގެފަހުން ފުލުހުން އައިސް އެ މީހާ ހައްޔަރުކުރެއެވެ.

މިހިނގާ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުގެ ރޭ އިޝާ ނަމާދަށްފަހު ހިނގި މިހާދިސާއާ ގުޅިގެން ފުލުހުން ބުނީ އެމީހާ މިހާރު ދޫކޮށްލާފައިވާ ކަމަށާއި، އެމީހާގެ ސްޕޮންސަރއާ ގުޅިގެން މިހާރު ބަންގްލަދޭޝްއަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފުލުހުން ބުނީ އެމީހާއަކީ ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެއް ކަމަށް މިހާތަނަށް ބެލިބެލުމުން ފާހަގަކުރެވިފައިވާ ކަމަށެވެ.

މިމައްސަލަ ވަރަށް ގާތުން ބަލަމުންދާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
33%
0%
33%
11%
22%
0%
ކޮމެންޓް