raajjemv logo
ޗައިނާއިން ޕާކިސްތާނަށް ހަދިޔާކުރާ ވެކްސިން
ޗައިނާއިން ހަދިޔާކުރާ 5 ލައްކަ ޑޯޒް ވެކްސިނާއިއެކު ޕާކިސްތާނުގެ ފޮރިން މިނިސްޓަރުގެ ޝުކުރު ޗައިނާއަށް
 
މިހާރު ދެ ވެކްސިނަކަށް ޝަރުތުތަކަކާއެކު ބޭނުން ކުރުމުގެ ހުއްދަ ދެވިފައިވޭ
 
ޕާކިސްތާނަށް ވެކްސިން ގެނައުމަށްޓަކައި ވެކްސިން އުފައްދާފައިވާ އެހެން ކުންފުނިތަކާ ވެސް ދަނީ މަޝްވަރާ ކުރަމުން
ޝާމާ ޝުއައިބް
6,738
ކ. މާލެ |
22 ޖެނުއަރީ 2021 | ހުކުރު 23:10
ގުރޭޝީ ވިދާޅުވީ ކޮވިޑް-19އާއި ދެކޮޅަށް މަސައްކަތް ކުރުމަށް ޗައިނާއިން ޕާކިސްތާނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް

ޗައިނާއިން ޕާކިސްތާނަށް ކޮވިޑް-19 ވެކްސިންގެ 5 ލައްކަ ޑޯޒް ހަދިޔާ ކުރަން ނިންމުމާއި ގުޅިގެން ޕާކިސްތާނުގެ ފޮރިން މިނިސްޓަރ ޝާހު މަހުމޫދު ގުރޭޝީ ޗައިނާއަށް ޝުކުރުއަދާ ކުރައްވައިފިއެވެ.

ޗައިނާއިން ކޮވިޑް-19ށް އުފައްދާފައިވާ ވެކްސިން އިމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ޕާކިސްތާނުން ވަނީ ދާދި ފަހުން ދީފައެވެ.

ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައި ގުރޭޝީ ވިދާޅުވީ ކޮވިޑް-19އާއި ދެކޮޅަށް މަސައްކަތް ކުރުމަށް ޗައިނާއިން ޕާކިސްތާނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރު ކޮށްދީފައިވާކަމަށެވެ. އަދި ޗައިނާއިން 5 ލައްކަ ޑޯޒް ހަދިޔާ ކުރަން ނިންމާފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ވެކްސިނާއި ގުޅިގެން ޕާކިސްތާނުގެ ހެލްތް މިނިސްޓްރީން ބުނީ ޕާކިސްތާނަށް ވެކްސިން ގެނައުމަށްޓަކައި ވެކްސިން އުފައްދާފައިވާ އެހެން ކުންފުނިތަކާ ވެސް މަޝްވަރާ ކުރަމުން ދާކަމަށެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ މިހާރު ދެ ވެކްސިނަކަށް ޝަރުތުތަކަކާއެކު ބޭނުން ކުރުމުގެ ހުއްދަ ދެވިފައިވާ ކަމަށެވެ. އަދި ބޭނުން ކުރަން ހުއްދަ ދިން ދެ ވެކްސިނުގެވެސް ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
20%
އަންތަރީސް ވެއްޖެ
80%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް