raajjemv logo
ރެމްގެ ވެބްސައިޓް ލޯންޗުކުރުން
ރެސްޓޯރެންޓް އެސޯސިއޭޝަންގެ ވެބްސައިޓް ލޯންޗުކޮށްފި
 
ވެބްސައިޓް ލޯންޗުކޮށްދެވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ފައްޔާޒު އިސްމާއިލް
ފާތިމަތު އުދުމާ
2,732
ކ. މާލެ |
22 ޖެނުއަރީ 2021 | ހުކުރު 23:14
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ފައްޔާޒު އިސްމާއިލް ރެމްގެ ވެބްސައިޓް ލޯންޗުކޮށްދެއްވަނީ

ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ވެބްސައިޓް ލޯންޗުކޮށްފިއެވެ.

ރެމްގެ ވެބްސައިޓް ލޯންޗުކޮށްދެވީ އެ އެސޯސިއޭޝަންގެ މެމްބަރސް އީވް ހަފްލާގައި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ފައްޔާޒު އިސްމާއިލް އެވެ.

ހުކުރު ދުވަހުގެރޭ ދޮންމަނިކު ސްކައި ވިއުގައި ކުރިއަށް ދިޔަ މި ހަފްލާގައި ވާހަކަ ދައްކަވަމުން ރެމްގެ ރައީސް ހާމިދު އަފީފް ވަނީ ކާބޯތަކެތީގެ ސިނާއަތަކީ ރާއްޖޭގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާ ސިނާއަތެއް ކަމަށާއި އެސިނާއަތުގައި މިހާރުވެސް 15،000ށް ވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރަމުންދާކަމަށް ވިދާޅުވެފައެވެ.

އެހެން ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ކާބޯތަކެތީގެ ވިޔަފާރީގެ ސިނާއަތަށް ގިނަ ގެއްލުންތަކެއް ލިބުނު ކަމަށާއި ރެމްއިން ކުރިއަށް ގެންދިޔަ ދިރާސާއަކުން ދައްކާގޮތުން ސިނާއަތުގައި މަސައްކަތްކުރާ 96.2 އިންސައްތަ މުވައްޒަފުންގެ ވަޒީފާ ގެއްލިފައިވާކަމަށް އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ ކޮވިޑްގެ ސަބަބުން ދިމާވި ގޮންޖެހުންތަކުގެ ސަބަބުން ވިޔަފާރިތައް ހުއްޓި މުވައްޒަފުން ވަޒީފާއިން ވަކިކޮށް، މުސާރަތައް ކުޑަކުރަން ޖެހުނު ނަމަވެސް ސިނާއަތުގެ ބައިވެރިންގެ އުންމީދަކީ އަދި އަމާޒަކީ ސިނާއަތުގެ މުސްތަގްބަލު ރަނގަޅުކުރުން ކަމަށެވެ.

ރެމްއިން ކުރިއަށް ގެންދިޔަ މި ހަފްލާގައި ރެމްގެ މަސައްކަތްތަކާއި ގުޅޭ ޕްރެޒެންޓޭޝަނެއް ދައްކާލާފައިވެއެވެ.

މި ހަފްލާގައި ރެމްގެ މެމްބަރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސަރުކާރު ކުންފުނިތަކުގެ އިސްފަރާތްތައްވެސް ވަނީ ބައިވެރިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް