ކ. މާލެ
|
22 ޖެނުއަރީ 2021 | ހުކުރު 15:38
ހިންމަފުށި ކައިރީގައި އޮންނަ ފިނޮޅުގެ ވެލިގަނޑަށް ގެއްލުންތަކެއް ދީފައި
ހިންމަފުށި ކައިރީގައި އޮންނަ ފިނޮޅުގެ ވެލިގަނޑަށް ގެއްލުންތަކެއް ދީފައި
ރާއްޖެއެމްވީ
ފިނޮޅަކަށް ގެއްލުން ދިނުން
ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
 
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ބުރާސްފަތި ދުވަހުގެރޭ 20:40 ހާއިރު
 
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީޤުކުރަމުން
 
ރިޕޯޓް ލިބުމާއެކު ފުލުހުން ވަނީ އެ ސަރަޙައްދަށް ގޮސް އެކަން ހުއްޓުވާފައި

ކ ހިންމަފުށި ކައިރީގައި އޮންނަ ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ތަހުޤީޤުކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ، ހިންމަފުށި ކައިރީގައި އޮންނަ ފިނޮޅަކަށް ވެލިގަނޑެއްގެ މެދުން ކޯރު ކަނޑަމުންދާ މައްސަލައެއް ބުރާސްފަތި ދުވަހުގެރޭ 20:40 ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީީ ހިންމަފުށީ ކައުންސިލުން ކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.

އެކަމުގެ ރިޕޯޓް ލިބުމާއެކު ފުލުހުން ވަނީ އެ ސަރަޙައްދަށް ގޮސް އެކަން ހުއްޓުވާފައެވެ.

ފުލުހުން ވަނީ މި މައްސަލަ އެންވަޔަރމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަށް އަންގާފައެވެ، އަދި އީ.ޕީ.އޭ.ގެ ލަފާގެ މަތިން އެވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް ވެސް ފުލުހުން ވަނީ އަޅާފައެވެ.

އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ" އަށް މަޢުލޫމާތު ދެއްވަމުން އެ އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ނައީމް ވިދާޅުވީ، އެއީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި، އެކަން ބެއްލެވުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ. އަދި އެކަމާ ގުޅިގެން ފިޔަވަޅު އެޅުމުގައި ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ވެސް ނައީމް ވިދާޅުވިއެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލުތައް ހިއްސާ ކުރައްވަމުން ކައުންސިލުގެ ރައީސް ޝާން ވިދާޅުވީ، އެކަން ކޮށްފައިވަނީ ހިންމަފުށި ކައިރީގައި އޮންނަ ރިސޯޓަކުން ކަމަށާއި، އެފަދަ ކަމެއް ހިނގާކަމުގެ މަޢުލޫމާތު ލިބުނީ އާންމު ރައްޔިތުންގެ ފަރާތުން ކަމަށެވެ.

އޭނާ ވިދާޅުވީ، މިއީ ކައުންސިލާ އެއްވެސް ވަރަކަށް މަޝްވަރާ ކުރުމެއް ނެތި ކޮށްފައިވާ ކަމެއް ކަމަށާއި، އެކަން ކުރި މަޤްޞަދު ސާފު ނުވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ވެސް ދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
4%
0%
0%
88%
0%
8%
ކޮމެންޓް
22 ޖެނުއަރީ 2021 | ހުކުރު 23:01
ާަަަފފއާހް
ޢެއްވެސް ކަމެއްނުކުރެވޭނެ އީޕީއޭ ގައި ތިބީނަގޫ ފިތި ފާތިބިބައެއް. ވަޒީ ފާގެ ދަހިވެތިކަމުގާ އުޅޭބައެއް.
22 ޖެނުއަރީ 2021 | ހުކުރު 18:16
ހުސެން ކަތީބު
ތިޔަ ކަންކަމަށްވުރެން ކުރިން ހުއްޓުވްން ޖެހޭނީ ރަށުން އެކަން ކުރާ ފަރާއީތްތައް
22 ޖެނުއަރީ 2021 | ހުކުރު 18:13
ލަންދޫ މޫސަ
ހަމަ އެގޮތަށް ރޭގަނޑު ފިނޮޅަށް މަސްތުވާން ދާ ފަރާއިތްތައްވެސް ހުއްޓުވަންޖެހޭ
22 ޖެނުއަރީ 2021 | ހުކުރު 18:10
މާމުދިންގޭ ނިހާދު
ޝާން ތިޔަކަން ހުއްޓުވި ގޮތަށް ރަށުން ވަގަށް މާލެ ގޮސް ރަށަށް އާރާ މީހުންވެސް ހުއްޓުވަންޖެހޭ ފުލުހުން މެދުވެރިކޮއް
22 ޖެނުއަރީ 2021 | ހުކުރު 15:55
ައަންނައުނު
ސަސްޓެއިނަބިލިޓީއޭ، ލޯކަލް އެންޑް ގޮލޯބަލް ސެންސިބިލިޓީއޭ ކިޔާ ތަރިޖަހާ މީހުންކުރި މި ދަށު ދަރަޖައިގެ ، ހަޑި މުޑުދާރު އަމަލު ކުއްވެރި ކުރަން. އަދި އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު ވަގުތުން ވަގުތައް އެޅުމަށް ގޮވާލަން. **ޑިސްކަސްޓިން**