ކ. މާލެ
|
22 ޖެނުއަރީ 2021 | ހުކުރު 07:51
އެމެރިކާގެ 46 ވަނަ ރައީސް، ޖޯ ބައިޑެން ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ރަސްމިއްޔާތުގެ ތެރެއިން
އެމެރިކާގެ 46 ވަނަ ރައީސް، ޖޯ ބައިޑެން ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ރަސްމިއްޔާތުގެ ތެރެއިން
އޭއެފްޕީ
މުސްލިމް ބޭން އުވާލުން
ވެރިކަމުގެ ފުރަތަމަ ދުވަހު 'މުސްލިމް ބޭން' ބައިޑެން އުވާލައްވައިފި
 
ވެރިކަމުގެ ފުރަތަމަ ދުވަހު ބައިޑެން ވަނީ 15 އަމަރެއްގައި ސޮއި ކުރައްވާފައި

އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރެއްވުމައްފަހު ރައީސް ޖޯ ބައިޑެން ވަނީ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ބައެއް ސިޔާސަތުތަކަށް ބަދަލުގެނެސް 'މުސްލިމް ބޭން' އުވާލައްވައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ޓްރަމްޕްގެ ސަރުކާރުން ލިބުނު އެންމެ ބޮޑު ގެއްލުންތަކުން އަރައިގަތުމަށް ބައިޑަން ވަނީ މިހާތަނަށް 15 އަމަރެއްގައި ސޮއިކުރައްވާފައެވެ. އަދި މިހާތަނަށް ސޮއިކުރެއްވި އަމުރުތަކަށް އެ ބަދަލު ގެނައުމަށް އެއްވެސް ވަގުތެއް ބޭކާރު ކުރެވެން ނެތް ކަމަށް ބައިޑެން ވަނީ ވިދާޅުވެފައެވެ.

ވެރިކަމުގެ ފުރަތަމަ ދުވަހު 15 އަމުރެއްގައި ސޮއި ކުރެއްވުމަށްފަހު ބައިޑެން ވިދާޅުވީ ސޮއިކުރެވުނު ބައެއް ރިޔާސީ އަމުރުތަކުގެ ސަބަބުން ކޮވިޑްގެ ޕެންޑަމިކުން އަރައިގަތުމަށް އެހީ ލިބޭނެ ކަމަށާއި، މީގެ ކުރިން އެމެރިކާއިން މަސައްކަތް ކޮށްފައިނުވާ މިންވަރަށް މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރެވޭނެ ކަމަށާ، އަދި އެކަށީގެވާ ވަރަށް އެހީ ނުލިބޭ ކޮމިއުނިޓީތަކަށް އެހީތެރިވެދެވޭނެ ކަމަށެވެ.

ވެރިކަމާ ހަވާލުވުމަށްފަހު ބައިޑެން އެޅުއްވި މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި 2017 ވަނަ އަހަރު މުސްލިމުންގެ އާބާދީ ބޮޑު ހަތް ގައުމެއްގެ މީހުން، އެމެރިކާއަށް ދިޔުން މަނާ ކުރާ އަމަރު އުވާލުން ހިމެނެއެވެ. މިއީ ބައިޑެންގެ ކެމްޕެއިންގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދެއް ވެސް މެއެވެ.

2017 ވަނަ އަހަރު ޓްރަމްޕްގެ ވެރިކަމުގައި މުސްލިމް ބޭން ގައުމުތަކެއް ގޮތުގައި ކަނޑައަޅާފައި އޮތީ އީރާން، އީރާގް، ސީރިއާ، ޔަމަން، ސޯމާލިއާ، ސޫދާން އަދި ލީބިޔާއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
80%
0%
20%
0%
0%
ކޮމެންޓް