ކ. މާލެ
|
21 ޖެނުއަރީ 2021 | ބުރާސްފަތި 23:30
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސް އޮފީސް
ގަވަރނިންގ ބޯޑް
ރާއްޖޭގެ އުތުރާއި ދެކުނުގެ ރީޖަނަލް ހޮސްޕިޓަލްތަކުގެ ގަވަރނިންގ ބޯޑް އެކުލަވާލައިފި
 
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑްގައި ހިމެނެނީ 6 މެމްބަރުން
 
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ގަވަރނިންގ ބޯޑްގައި ހިމެނީ 7 މެމްބަރުން

ރާއްޖޭގެ އުތުރާއި ދެކުނުގެ ރީޖަނަލް ހޮސްޕިޓަލްތަކުގެ ގަވަރނިންގ ބޯޑް އެކުލަވާލައިފިއެވެ. މި ދެ ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑް އެކުލަވާލާ މެމްބަރުން އައްޔަނުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ގަވަރނިންގ ބޯޑަށް 7 ބޭފުޅަކު 2021 ޖަނަވަރީ 19 ވަނަ ދުވަހު ވަނީ އައްޔަންކުރައްވާފައެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ގަވަރނިންގ ބޯޑަކީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި، މީދޫ ސިއްޙީ މަރުކަޒާއި، މަރަދޫ ސިއްޙީ މަރުކަޒާއި، ފޭދޫ ސިއްޙީ މަރުކަޒާއި، ހުޅުދޫ ސިއްޙީ މަރުކަޒު ހިންގުމުގެ ކަންކަން ބެލެހެއްޓުމަށް އުފައްދަވާފައިވާ ބޯޑެކެވެ. މި ބޯޑު އެކުލަވައިލައްވާފައިވާއިރު މި ބޯޑުގެ މެމްބަރުންގެ ގޮތުގައި ހިމެނެނީ، އަޙްމަދު ޒާހިރު (މާހީ، ސ. ހިތަދޫ)، ޑޮކްޓަރ މުޙައްމަދު ޞާލިޙް (ކުއްޅަވައްގެ، ސ. ހުޅުދޫ)، ޑޮކްޓަރ ޢަލީ ނަޡީމް (މއ. އެލީޒިއަމް)، އާމިނަތު ޝާއިނާ ޢަބްދުﷲ (ގ. ޕޫލްކިނާރާ)، އާމިނަތު މުޙައްމަދުދީދީ (ބަންޑާރަދަޑިގެ، ސ. މީދޫ)، ޒާހިދާ އިބްރާހީމް (ޢަސްރުމާގެ، މާދަޑު، ޏ. ފުވައްމުލައް) އަދި ޢަބްދުﷲ ޞާދިޤު (ކައުސަރު، ސ. ހިތަދޫ)އެވެ.

މި ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައި ވަނީ އަޙްމަދު ޒާހިރެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑް މިއަދު އެކުލަވައިލައްވައި، ބޯޑުގެ މެންބަރުކަމުގެ މަޤާމަށް ހަ ބޭފުޅަކު ވަނީ ޢައްޔަންކުރައްވާފައެވެ. މި ބޯޑްގައި ހިމެނެނީ އާމިނަތު ޤާސިމް (ތަރި، ހދ. ކުޅުދުއްފުށި)، ޑޮކްޓަރ އާމިނަތު ނަޛީރު (މ. ކެލްވީނިއާ)، މުއުމިނާ ޢަބްދުﷲ (ޒީނިޔާ، ދޫޑިގަން، ޏ. ފުވައްމުލައް)، ޙަސަން ޝުޖާޢު (ހަނީމޫން، ހދ. ކުޅުދުއްފުށި)، ޢަބްދުއްލަޠީފް ހަސަން (މަޝާއިރު، ހދ. ކުޅުދުއްފުށި) އަދި އަޙްމަދު ދާއޫދު (ރޯމާ، ހދ.ކުޅުދުއްފުށި)އެވެ.

މި ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރެއްވީ އާމިނަތު ޤާސިމެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
100%
0%
0%
0%
0%
0%
ކޮމެންޓް