ކ. މާލެ
|
30 އޭޕްރިލް 2017 | އާދީއްތަ 02:52
އިންޑިއާގައި އަލަށް ނެރުނު ކޮފީ ސްޓޭމްޕް
އިންޑިއާގައި އަލަށް ނެރުނު ކޮފީ ސްޓޭމްޕް
ޓްވިޓަރ
ކޮފީ ސްޓޭމްޕް
ކޮފީ ވަސްދުވާ ސްޓޭމްޕް އިންޑިއާގައި ނެރެފި
 
މީ ވަސްދުވާ ގޮތައް އިންޑިއާގައި ނެރުނު ތިންވަނަ ސްޓޭމްޕް

 އިންޑިއާގެ "ކޮފީ ބޯޑު" އާއި "އިންޑިއާ ޕޯސްޓް" ގުޅިގެން ކޮފީ ވަސްދުވާ ސްޓޭމްޕެއް ނެރެފިއެވެ.

ސްޓޭމްޕްގެ އަގަކީ އިންޑިއާގެ 100 ރުޕީސް އެވެ.

ސްޓޭމްޕްގައިވާ ކުރެހުމުގައި ވަނީ ކޮފީ ބީން އާއި ކޮފީ ޖޯޑެކެވެ.

ކޮފީ ސްޓޭމްޕް އިފްތިތިހް ކޮށްދެއްވީ، އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓަރާއި، ޓެލެކޮމް މިނިސްޓަރ، ބެންގަލޫރުގެ ޖެނެރަލް ޕޯސްޓް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިއީ ޚާއްސަ ވަހެއް ހިމަނައިގެން އިންޑިއާގައި ސްޓޭމްޕެއް ނެރުނު ފުރަތަމަ ފަހަރެއް ނޫނެވެ. "ދަ ހިންދޫ" އިން ބުނެފައިވަނީ، ކެލާ ވަސް ދުވާ ސްޓޭމްޕް 2006 ވަނަ އަހަރު ނެރުމަށްފަހު، 2007 ވަނަ އަހަރު ފިނިފެންމާ ވަސްދުވާ ސްޓޭމްޕްވެސް އިންޑިއާގައި ނެރެފައިވާ ކަމަށެވެ.

އިންޑިއާ އަކީ ފުޅާ ދާއިރާއެއްގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކޮފީ އެކްސްޕޯޓް ކުރާ ގައުމެކެވެ. އެންމެ ގިނައިން އިންޑިއާގެ ކޮފީ އެކްސްޕޯޓް ކުރަނީ އިޓަލީއަށެވެ.

އިންޑިއާގެ ކޮފީ ބޯޑުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ އަލަށް ތައާރަފް ކުރި ކޮފީ ސްޓޭމްޕަށް ވަރަށް ބޮޑު ޑިމާންޑެއް އެބަ އޮތް ކަމަށާއި، ސްޓޭމްޕް ލޯންޗް ކުރުމާއެކު މީހުން ސްޓޭމްޕް ގަންނަން ކިއު ހަދަން ފެށި ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
0%
0%
0%
0%
0%
0%
ކޮމެންޓް