ކ. މާލެ
|
21 ޖެނުއަރީ 2021 | ބުރާސްފަތި 18:00
ނިޔާވެފައިވަނީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެއް
ނިޔާވެފައިވަނީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެއް
ރާއްޖެއެމްވީ
ކޮވިޑް ޖެހިގެން މީހަކު ނިޔާވުން
ކޮވިޑް ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެ، މިއީ ރާއްޖެއިން ނިޔާވި 50 ވަނަ މީހާ
 
ނިޔާވެފައިވަނީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެއް

ކޮވިޑް ޖެހިގެން ރާއްޖެއިން 50 ވަނަ މީހާ ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ބުރާސްފަތި ދުވަހުގެ ހެނދުނު 09:50 ގައި އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެއް ޚަބަރު ހުސްވެގެން އައިޖީއެމްއެޗް ހޮސްޕިޓަލްގެ އިމަރޖެންސީ ރޫމްއަށް ގެންދެވުނު ކަމަށެވެ. އަދި 10:14 ގައި އެމީހާ ނިޔާވެފައިވާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

މިއީ ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި 50 ވަނަ މީހާއެވެ. ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ކޭސްތަކުގެ ޖުމްލަ އަދަދު 14،712 އަށް އަރާފައިވާއިރު، އޭގެ ތެރެއިން މިހާރު ފަރުވާދެމުން އަންނަނީ 1،017 މީހުންނަށެވެ.

މިހާތަނަށް 13،639 މީހުން މި ބަލިން ފަސޭހަވެފައިވާއިރު މިހާރު ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަކަން ފާހަގަކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
25%
0%
75%
0%
0%
0%
ކޮމެންޓް