ކ. މާލެ
|
21 ޖެނުއަރީ 2021 | ބުރާސްފަތި 15:51
އަހްމަދު އާދަމް މަނިކު
އަހްމަދު އާދަމް މަނިކު
އެމްއެންޑީއެފް
މީހަކު ގެއްލިގެން ހޯދަނީ
މަހަށްދިޔަ މީހަކު ގެއްލިގެން ހޯދަނީ
 
މި މީހާގެ ޚަބަރެއް ނުވެގެން ހޯދަމުންދަނީ ބުރާސްފަތި ދުވަހުގެ ފަތިހު 05:30 ހާއިރުން ފެށިގެން

މަހަށްދިޔަ މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށް މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެމް.އެން.ޑީ.އެފް.އިން ހޯދަމުންދަނީ އުމުރުން 81 އަހަރުގެ ކ. މާފުށި ޝޭޑީގްރޯވް، އަހްމަދު އާދަމް މަނިކު ނަމަކަށް ކިޔާ މީހެކެވެ. އެމް.އެން.ޑީ.އެފް.އިން ބުނީ 18 ފޫޓްގެ ރިޔަލު ދޯންޏެއްގައި އެމީހާ ކ. މާފުށިން އެކަނި ފުރާފައިވާ ކަަމަށެވެ. އަދި އެ މީހާގެ ޚަބަރެއް ނުވެގެން ހޯދަމުންދަނީ ބުރާސްފަތި ދުވަހުގެ ފަތިހު 05:30 ހާއިރުން ފެށިގެން ކަމަށް ވެސް އެމް.އެން.ޑީ.އެފް.އިން ބުންޏެވެ.

އަހްމަދު އާދަމް މަނިކު މަހަށްދިޔަ ރިޔަލު ދޯނި

އަހްމަދު އާދަމް މަނިކު ގެއްލުނުކަމުގެ ރިޕޯޓް އެމް.އެން.ޑީ.އެފް.އަށް ލިބިފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރު 02:14 ހާއިރުއެވެ. އެމީހާ ހޯދުމުގެ މަސައްކަތް އެމް.އެން.ޑީ.އެފް.އިން އަންނަނީ ކުރަމުންނެވެ.

މި މީހާއާއި ދޯނީގެ ޚަބަރެއް ވެއްޖެނަމަ ލަސްނުކުރައްވާ އެމް.އެން.ޑީ.އެފް. ކޯސްޓްގަރޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށް ވަނީ އެދިފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
100%
0%
0%
0%
ކޮމެންޓް