ކ. މާލެ
|
21 ޖެނުއަރީ 2021 | ބުރާސްފަތި 15:17
ހޯޕް ޓްރެވަލްސްއިން އެންމެ ފަހުން ތަޢާރަފްކުރި ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\" ލޯންޗު
ހޯޕް ޓްރެވަލްސްއިން އެންމެ ފަހުން ތަޢާރަފްކުރި ގަލްފް ކްރާފްޓްގެ "ސިލްވަރ ކެޓް 34" ލޯންޗު
ހޯޕް ޓްރެވަލްސްގެ އައު ލޯންޗު
ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ "ސިލްވަރ ކެޓް 34"
 
ހޯޕް ޓްރެވެލްސްއިން ޚިދުމަތްދިނުމަށް ބޭނުން ކުރަނީ ގަލްފް ކްރާފްޓްގެ އެންމެ ފަހުގެ ލޯންޗުތައް
 
މި ލޯންޗުގައި އެންމެ ފަހުގެ ފްލައިޓް ސީޓު ހިމެނޭ
 
މި ލޯންޗަކީ ޖުމްލަ 27 މީހުންގެ ޖާގައިގެ ލޯންޗެއް

ހޯޕް ޓްރެވަލްސްއިން ގަލްފް ކްރާފްޓްގެ އެންމެ ފަހުގެ ލޯންޗު މޮޑެލް، "ސިލްވަރ ކެޓް 34" ޚިދުމަތަށް ނެރެފިއެވެ.

ޖުމްލަ 27 މީހުންގެ ޖާގައިގެ ކަޓަމަރާން ސީރީޒްގެ މި ލޯންޗު ހޯޕް ޓްރެވަލްސްއިން ތަޢާރަފްކޮށްފައި ވަނީ ބުދަ ދުވަހުއެވެ. މި ލޯންޗުގެ ޚިދުމަތް ތަޢާރަފްކުރުމަށް ބޭއްވި ޚާއްޞަ ހަފްލާ ޝަރަފުވެރިކޮށްދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ހޯޕް ޓްރެވަލްސްއިން ތަޢާރަފްކުރި އެންމެފަހުގެ ފްލައިޓް ސީޓު ހިމެނޭ މި ލޯންޗާއެކު އެކުންފުނިން މިވަނީ ލެއިޝަރ މާކެޓަށް އަމާޒުހިފާފައެވެ. އެގޮތުން މި ލޯންޗަކީ ސީޓް އެޖަސްޓް ކޮށްލެވޭ އަދި ފޯން ޗާޖުކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ ލޯންޗެކެވެ. އެހެން ކަމުން މި ލޯންޗަކީ އެހެން މޮޑަލްތަކާ ޚިލާފަށް ދަތުރުކުރަން ފަސޭހަ ހިތްހަމަޖެހޭނެ ލޯންޗެއް ކަމަށް ހޯޕް ޓްރެވަލްސް އިން ފާހަގަކުރެއެވެ.

ހޯޕް ޓްރެވެލްސްއިން ޚިދުމަތް ދިނުމަށް ބޭނުން ކުރަނީ ގަލްފް ކްރާފްޓްގެ އެންމެ ފަހުގެ ލޯންޗުތައް ކަމަށާއި، އޭގެ ތެރޭގައި 27 މީހުންގެ ޖާގައިގެ ލޯންޗާއި، 50 މީހުންގެ ޖާގައިގެ ލޯންޗުގެ އިތުރުން 60 މީހުންގެ ޖާގައިގެ ލޯންޗުތައް ހިމެނޭ ކަމަށް އެކުންފުނިން ފާހަގަކުރެއެވެ.

ހޯޕް ޓްރެވަލަސްއިން ބުނީ އެކުންފުނިން ގެންގުޅޭ ލޯންޗުތަކަކީ ސީޓް އެޖަސްޓް ކޮށްލާ އަރާމު ދަތުރުތައް ކުރެވޭ ލޯންޗުތަކެއް ކަމުން މިއީ ދިގުރާސްތާ ދަތުރުތަކަށް އެންމެ އެކަށޭނަ ދަތުރުފަތުރުގެ ނިޒާމުކަމަށެވެ.

އެކުންފުނީގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ޓިކެޓިންނަށް ޚާއްޞަ ޕެސެންޖަރ އެޕްލިކޭޝަނެއް ވަރަށް އަވަހަށް ތަޢާރަފުކުރެވުގެންދާނެ ކަމަށް ހޯޕް ޓްރެވަލްސްއިން ބުނެއެވެ. އަދި ފެރީގެ އޮޕަރޭޝަނުން ފެށިގެން ކަސްޓަމަރުންނަށް އެކުންފުނިން ފޯރުކޮށްދޭ ހުރިހާ ޚިދުމަތެއް ބައްޓަން ކޮށްފައި ވަނީ ވީހާވެސް ޒަމާނީކޮށް، ކަސްޓަމަރުންނަށް ފަސޭހަވާނެ ގޮތަކަށް ކަމަށް ހޯޕް ޓްރެވަލްސް އިން ފާހަގަކުރެއެވެ.

ހޯޕް ޓްރެވަލްސްއިން ބުނީ އެކުންފުނި އުފެދުނު ފަހުން މިވީ މުއްދަތުގެ ތެރޭގައި ކަސްޓަމަރުން ހިތްހަމަޖެހޭ ފަދަ ގޮތަކަށް ޚިދުމަތްދިނުމަށް މަސައްކަތްކޮށްފައިވާނެ ކަމަށެވެ.

މި އަހަރަށް އެކުންފުނިން އެންމެ ބޮޑު އަމާޒެއް ހިފާފައި ވަނީ ރިސޯޓް މާކެޓަށް ޚާއްޞަކޮށް ގެސްޓުން އަދި ސްޓާފުން އުފުލުމުގައި ދެމުން އަންނަ ޚިދުމަތް އިތުރަށް ފުޅާކުރުމަށް ކަމަށާއި މި އަހަރު ތެރޭގައި އިތުރު ލޯންޗުތައް މާކެޓަށް ނެރުމަށް މަސައްކަތްކުރަމުންދާ ކަމަށް ހޯޕް ޓްރެވަލްސްއިން ބުނެއެވެ.

ހޯޕް ޓްރެވަލަސްއިން 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ސްޕީޑް ފެރީގެ ޚިދުމަތްދެމުން އަންނަ އިރު، މިވަގުތު ރާއްޖޭގެ ހަތަރު އަތޮޅެއްގެ 32 ރަށަކަށް އެކުންފުނިން އަންނަނީ ދަތުރުކުރަމުންނެވެ. އެއީ ހދ. ށ. އަދި ނ. އަތޮޅާއި ޅ. އަތޮޅަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
11%
50%
11%
11%
17%
0%
ކޮމެންޓް
21 ޖެނުއަރީ 2021 | ބުރާސްފަތި 17:45
ޙުސޭނު
26 ޑިސެމްބަރ 2020 ގައި ރ އަތޮޅަށްވެސް ހޯޕްގެ ދަތުރުތައް ފެށި. ނަމަވެސް މަސްދުވަސް ނުވަނީސް އެކަން ހުއްޓާލީ.
ގުޅުންހުރި