ކ. މާލެ
|
19 ޖެނުއަރީ 2021 | އަންގާރަ 18:54
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)
ޔޫސުފް ސޮފްވާން ރަޝީދު
ޓެކްސް ދައްކާ ފަރާތްތަކުގެ ޗާޓަރު
މީރާގެ ޓެކްސް ދައްކާ ފަރާތްތަކުގެ ޗާޓަރަށް އައު ބަދަލުތަކެއް
 
މީރާގެ ޚިދުމަތުގެ ފެންވަރުގެ މިންގަޑުތަކަށް ވަނީ ބަދަލުގެނެސްފައި
 
މި ޗާޓަރުގެ ބޭނުމަކީ މީރާއިން ޚިދުމަތް ހޯދާ ފަރާތްތަކަށް އެހީތެރިވެދިނުން
 
މި ޗާޓަރުގައި ޓެކްސް ދައްކާ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތައް ބަޔާންކުރެވިފައިވޭ

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ "ޓެކްސް ދައްކާ ފަރާތްތަކުގެ ޗާޓަރު"، އިތުރު ބަދަލުތަކަކާއެކު އަލުން ޝާއިއުކޮށްފިއެވެ.

މީރާގެ ޓެކްސް ދައްކާ ފަރާތްތަކުގެ ޗާޓަރަކީ މީރާއިން ފޯރުވައިދޭ ޚިދުމަތްތަކުގެ ފެންވަރާއި، މީރާގެ ކިބައިން ޓެކްސް ދައްކާ ފަރާތްތަކާއި އަދި އެހެނިހެން ފަރާތްތަކުން އުންމީދުކުރެވިދާނެ ކަންތައްތައް ހިމަނައިގެން މީރާއިން ތައާރަފުކޮށްފައިވާ ޗާޓަރެކެވެ. މީގެ އިތުރުން، މި ޗާޓަރުގައި ޓެކްސް ދައްކާ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތައްވެސް ބަޔާންކުރެވިފައިވެއެވެ.

މި ޗާޓަރުގެ ބޭނުމަކީ މީރާއިން ޚިދުމަތް ހޯދާ ފަރާތްތަކަށް އެހީތެރިވެދިނުމުގެ އިތުރުން، ޚިދުމަތް ހޯދާ ފަރާތްތަކުންވެސް މީރާއަށް އެހީތެރިވެދިނުން ކަމަށް މީރާއިން މައުލޫމާތުދެއެވެ.

ޓެކްސް ދައްކާ ފަރާތްތަކުގެ ޗާޓަރަށް ގެނެވިފައިވާ ބަދަލުތަކަށް ބަލާއިރު، މީރާގެ ޚިދުމަތުގެ ފެންވަރުގެ މިންގަޑުތަކަށް ވަނީ ބަދަލުގެނެސްފައެވެ. މީގެ އިތުރުން، ޓެކުހާ ގުޅޭ ޒިންމާތައް އަދާކުރުމުގައި މީރާގެ އޮންލައިން ޚިދުމަތްތައް ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކޮށް، މި ވަސީލަތްތައް ބޭނުންކުރުމަށް އިސްކަންދިނުމަށް ބާރުއަޅައިފައިވާކަން ފާހަގަކުރެވެއެވެ.

މި ޗާޓަރުގައި ކަނޑައަޅައިފައިވާ ޚިދުމަތުގެ ފެންވަރުތަކާ އެއްހަމައަށް މީރާގެ ޚިދުމަތްތައް ދިނުމަށް މީރާއިން ބޮޑު އިސްކަމެއް ދޭނެކަމަށް އެ އޮތޯރިޓީން ހާމަކުރެއެވެ. އަދި މީރާގެ އަމާޒަކީ ޓެކްސް ދައްކާ ފަރާތްތަކަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުވައިދޭ ޕްރޮފެޝަނަލް މުއައްސަސާއެއްގެ ގޮތުގައި އަބަދުވެސް އޮތުންކަމަށް އެ އޮތޯރިޓީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް