ކ. މާލެ
|
18 ޖެނުއަރީ 2021 | ހޯމަ 13:08
އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭސް ކޯޕަރޭޝަން (އެސްޑީއެފްސީ)
އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭސް ކޯޕަރޭޝަން (އެސްޑީއެފްސީ)
ރާއްޖެއެމްވީ
އެސްޑީއެފްސީ
އިކޮނޮމިކް ރިކަވަރީ ޕެކޭޖްގެ ދަށުން މިދިޔަ އަހަރު 381 މިލިއަން ރުފިޔާގެ ލޯން ދޫކޮށްފައިވާ ކަމަށް އެސްޑީއެފްސީއިން ބުނެފި
 
އެންމެ ގިނަ ލޯނު ދޫކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅުންހުރި ވިޔަފާރިތަކަށާއި ކޮމާޝަލް ވިޔަފާރިތަކަށް

އިކޮނޮމިކް ރިކަވަރީ ޕެކޭޖްގެ ދަށުން މިދިޔަ އަހަރު 381 މިލިއަން ރުފިޔާގެ ލޯން ދޫކޮށްފައިވާ ކަމަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ބުނެފިއެވެ.

އެސްޑީއެފްސީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން 2020 ވަނަ އަހަރު ސަރުކާރުގެ އިޤްތިޞާދީ ރިކަވަރީ ޕެކޭޖްގެ ދަށުން ކޮވިޑް-19 ވިޔަފާރި އެހީގެ ނަމުގައި ފިނޭންސް މިނިސްޓްރީއާ ގުޅިގެން ޖުމްލަ 2205 ލޯނު ދޫކޮށްފައިވެއެވެ. އޭގެ ތެރޭގައި އަމިއްލަ ވިޔަފާރި ކުރާ 639 ފަރާތަކަށް ލޯންދޫކޮށްފައިވާއިރު 1414 ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް ލޯން ދޫކޮށްފައިވެއެވެ.

މިލޯނުތަކުގެ ސަބަބުން ވިޔަފާރިތަކަށާއި އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީދަތިތަކަށް ލުޔެއް ލިބި، އެފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޮޑު އެހީތެރިކަމެއް ލިބިގެން ދިޔަ ކަމަށް އެސްޑީއެފްސީއިން ފާހަގަކުރެއެވެ.

އެސްޑީއެފްސީ އިން ބުނީ އެންމެ ގިނަ ލޯނު ދޫކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި ވިޔަފާރިތަކަށާއި ކޮމާޝަލް ވިޔަފާރިތަކަށް ކަމަށާއި އަދި ސަރުކާރުން އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންއާ އެއްގޮތްވާގޮތުގެ މަތީން އެސްޑީއެފްސީ އިން މިހާތަނަށް ދޫކޮށްފައިވާ ލޯނުތަކުގެ 33 އިންސައްތަ ލޯނަކީ އަންހެނުންނާއި ޒުވާނުންނަށް ދޫކޮށްފައިވާ ލޯނުތައް ކަމަށެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭ ގޮތަށް 144 ރަށެއްގައި ވިޔަފާރި ހިންގާ ކުރިއެރުވުމަށް އެސްޑީއެފްސީއިން ލޯނު ދޫކޮށްފައިވާ އެސްޑީއެފްސީއިން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް