ކ. މާލެ
|
18 ޖެނުއަރީ 2021 | ހޯމަ 07:54
ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން އެންމެ ފުރަތަމަ ވެކްސިން ޖަހާފައިވަނީ އުމުރުން 59 އަހަރުގެ ނަރުހަކަށް
ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން އެންމެ ފުރަތަމަ ވެކްސިން ޖަހާފައިވަނީ އުމުރުން 59 އަހަރުގެ ނަރުހަކަށް
އީޕީއޭ
ކޮވިޑް-19: ބްރެޒިލްގެ ހާލަތު
ބްރެޒިލްގައި ކޮވިޑް ވެކްސިންޖެހުމުގެ ޕްރޮގްރާމް ފަށައިފި
 
ވެކްސިންގެ ޑޯޒްތައް ބްރެޒިލްގެ 27 ސްޓޭޓެއްގައި ބެހުމަށް ވަނީ ނިންމާފައި

ބްރެޒިލްގައި ކޮވިޑް-19 އަށް ވެކްސިންޖެހުމުގެ ޕްރޮގްރާމް ފަށައިފިއެވެ.

އެ ޤައުމުން ދެ ވެކްސިނެއް ބޭނުން ކުރުމުގެ އިމަރޖެންސީ ހުއްދަ ދޫކޮށްފައިވާއިރު އިމިއުނައިޒޭޝަން ޕްރޮގްރާމްގެ ދަށުން އެ ޤައުމުގައި އެންމެ ފުރަތަމަ ވެކްސިން ޖަހާފައިވަނީ އުމުރުން 59 އަހަރުގެ ނަރުހެކެވެ.

ބްރެޒިލްގެ ހެލްތް ރެގިއުލޭޓަރީ އެޖެންސީއިން ހުއްދަދީފައި ވަނީ އެސްޓްރަޒެނެކާއާއި އޮކްސްފޯރޑް ޔުނިވަރސިޓީ ގުޅިގެން ކޮވިޑް-19 އަށް އެފެއްދި ވެކްސިނާއި ޗައިނާގެ ސިނޯވެކް ކުންފުނިން ކޮވިޑް-19 އަށް އުފެއްދި ވެކްސިނަށެވެ. މި ދެ ވެކްސިންގެ ޑޯޒްތައް ބްރެޒިލްގެ 27 ސްޓޭޓެއްގައި ބެހުމަށް ވަނީ ނިންމާފައެވެ.

އެހެން ޤައުމުތަކާ އަޅައިބަލާއިރު ބްރެޒިލްގައި ވެކްސިންދިނުމުގެ ޕްރޮގްރާމް ލަހުން ފަށާފައިވާއިރު އެ ޤައުމަކީ ކޮވިޑުގެ ޖެހިގެން ދެވަނައަށް އެންމެ ގިނައިން މީހުން މަރުވާ ޤައުމެވެ. އެގައުމުގެ ހެލްތު މިނިސްޓަރ އެޑުއަޑޯ ވިދާޅުވެފައިވަނީ މި ޕްރޮގްރާމްގެ ދަށުން 211 މިލިއަން މީހުންނަށް ވެކްސިންދިނުމަށް ނިންމާފައިވާ ކަމަށެވެ.

އަނެއްކޮޅުން ބްރެޒިލްއަށް ކޮވިޑްގެ ދެވަނަ ވޭވެއް އައިސްފައިވާއިރު ބަލި މީހުންނައިގެން ހޮސްޕިޓަލްތައް ފުރެމުން އަންނަކަމަށް އެގައުމުގެ ހެލްތު މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި މަރުވާ މީހުންގެ އަދަދުތައް އިތުރުވަމުން އަންނައިރު ސިއްހީ މަސައްކަތްތެރިންގެ ދަތިތަކާ ކުރިމަތިވަމުން އަންނަކަމަށް ވެސް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

ހޮސްޕިޓަލްތައް ފުރެމުން އަންނައިރު ބަލި މީހުންނަށް ބޭނުންވާ މިންވަރަށް އޮކްސިޖަން ނުލިބުމުގެ މައްސަލަ މިހާރު ވަނީ ކުރިމަތިވެފައެވެ. މިއީ ވެސް މިވަގުތު މަރުވާ މީހުންގެ އަދަދު އިތުރުވެފައިވާ ސަބަބެއްކަމަށް ސިއްހީ މާހިރުން ބުނެއެވެ.

އަނެއްކޮޅުން ވައިރަސްގެ އައު ވޭރިއަންޓް ބްރެޒިލްގައި މިހާރު ފެތުރިފައިވާނެ ކަމަށް ސިއްހީ މާހިރުން ދެކެއެވެ. އެއީ ބްރެޒިލްއިން ޖަޕާނަށް ދިޔަ މީހެއްގެ ފުށުން އައު ވޭރިއަންޓް ފެނިފައިވުމުގެ ސަބަބުންނެވެ. އެހެންކަމުން މިހާރު ހަލުވިމިނުގައި ކޭސްތައް އިތުރުވަމުން އަންނަނީ އެހެންވެގެންކަމަށް ބެލެވޭކަމަށް ސިއްހީ މާހިރުން ބުނެއެވެ.

ބްރެޒިލްގައި 8 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާއިރު މަރުވެފައިވާ މީހުންގެ އަދަދު ދެ ލައްކައަށްވުރެ މައްޗަށް އަރައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި