ކ. މާލެ
|
18 ޖެނުއަރީ 2021 | ހޯމަ 07:20
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)
ޔޫސުފް ސޮފްވާން ރަޝީދު
އެމްއެމްއޭ
މަނީޗޭންޖަރުންގެ އަހަރީ ފީ ޕޭމަންޓް ޕޯޓަލް މެދުވެރިކޮށް ދެއްކޭނެ: އެމްއެމްއޭ
 
އެމްއެމްއޭއިން ވަނީ ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރި ކުރުމުގެ ލައިސަންސް ދޫކުރުން މެދުކަނޑާލާފައި

މަނީ ޗޭންޖަރުންގެ އަހަރީ ފީ ޕޭމަންޓް ޕޯޓަލް މެދުވެރިކޮށް ދެއްކޭނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭ.އިން ބުނީ 17 ޖަނަވަރީ އިން ފެށިގެން 2021 ވަނަ އަހަރަށް ދައްކަން ޖެހޭ މަނީ ޗޭންޖަރުންގެ އަހަރީ ފީ އެ އޮތޯރިޓީގެ ޕޭމަންޓް ޕޯޓަލް މެދުވެރިކޮށް ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ. މަނީ ޗޭންޖަރުންގެ ލައިސަންސް ނަގާފައިވާ ފަރާތްތަކުން މާރޗު މަހުގެ 31 ވަނަ ދުވަހުގެ ކުރިން އެމްއެމްއޭ ޕޯޓަލް މެދުވެރިކޮށް މިއަހަރުގެ ފީ ދައްކާ ނިންމަން ޖެހޭނެ ކަމަށެވެ.

އެމްއެމްއޭ.އިން މަނީޗޭންޖަރުންގެ އަހަރީ ފީ ޕޭމަންޓް ޕޯޓަލް މެދުވެރިކޮށް ދެއްކޭނެ ފަސޭހަ އިންތިޒާމެއް ހަމަޖައްސާފައިވާއިރު އެމްއެމްއޭ.އިން ވަނީ ދާދި ފަހުން ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސަންސް ދޫކުރުން މެދުކަނޑާލާފައެވެ.

ރާއްޖޭގެ އާބާދީއާ އަޅައި ބަލާއިރު، ގިނަ އަދަދެއްގެ ވިޔަފާރިތަކަކަށް ބޭރު ފައިސާގަނެވިއްކުމުގެ ލައިސަންސް އެ އޮތޯރިޓީން ދޫކޮށްފައިވާ ކަމަށް އޭރު އެ އޮތޯރިޓީއިން ވަނީ ބުނެފައެވެ.

މަނީ ޗޭންޖަރުންގެ ޚިދުމަތް ދިނުމަށް، 300 އަށްވުރެ ގިނަ ފަރާތަކުން ލައިސަންސް ނަގާފައިވާ ކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް