ކ. މާލެ
|
18 ޖެނުއަރީ 2021 | ހޯމަ 02:09
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ޓްވިޓަރ
ޓްރަމްޕް ވައިޓްހައުސް އިން ނުކުމެވަޑައިގަތުން
ޓްރަމްޕު ވޮޝިންޓަނުން އަވަހަށް ދާން ބޭނުންވަނީ ކުރީގެ ރައީސްއެއްގެ ގޮތުގައި ދާން ބޭނުން ނުވާތީ!
 
ބައިޑަން ހުވާ ކުރުމުގެ ރަސްމިއްޔާތާއި ދިމާކޮށް ވޮޝިންގްޓަންގެ ސަލާމަތީ ކަންތައްތައް ވަނީ ވަރުގަދަ ކޮށްފަ
 
ވޯޓުގެ ނަތީޖާ ގަބޫލުނުކޮށް ނަތީޖާ ބަދަލު ކުރުމަށް ގިނަ މަސައްކަތްތަކެއް ޓްރަމްޕް ކުރައްވާފައިވޭ
 
ޓްރަމްޕް ވައިޓްހައުސް އިން ނުކުތުމަށްފަހު ވަޑައިގަންނަވާނީ ފްލޮރިޑާގައި ހުންނަ ޓްރަމްޕްގެ ލީގަލް ރެޒިޑެންސް އަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވޮޝިންޓަނުން އަވަހަށް ދާން ބޭނުންވަނީ ކުރީގެ ރައީސްއެއްގެ ގޮތުގައި ދާން ބޭނުން ނުވާތީ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑަން މަގާމުގެ ހުވާ ކުރައްވާއިރު، މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ހުންނަވާނީ ވޮޝިންގްޓަނުން ބޭރުގައި ކަމަށް އޮފިޝަލަކު ވިދާޅުވެފައިވާއިރު ސީއެންއެންގައި ރިޕޯޓު ކޮށްފައިވާ ގޮތުން ޓްރަމްޕް މި ނިންމުން ނިންމަވާފައިވަނީ ކުރީގެ ރައީސްއެއްގެ ހައިސިއްޔަތުން ވައިޓް ހައުސްއިން ނުކުންނަން ބޭނުންވެވަޑައިނުގަންނަވާތީއެވެ.

މީގެ އިތުރުން ސީއެންއެންއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ނިންމުން ޓްރަމްޕް ނިންމެވި އަނެއް ސަބަބަކީ ވައިޓް ހައުސްއިން ނުކުމެ ވަޑައިގެން އެއަރ ފޯސް 1 ބޭނުން ކުރުމަށް ޖޯ ބައިޑަންގެ ފަރާތުން އެދުމަށް ބޭނުންވެވަޑައިނުގަންނަވާތީއެވެ.

އޮފިޝަލަކު ވިދާޅުވި ގޮތުގައި ބުދަ ދުވަހު ހެނދުނު ޓްރަމްޕް ހެލިކޮޕްޓަރުގައި ވޮޝިންގްޓަނުން ނުކުމެވަޑައިގަންނަވާނެއެވެ. މިއާއި އެކު ޓްރަމްޕް ވެގެން ދާނީ ފާއިތުވި ގަރުނުގެ ތެރޭގައި އިންތިހާބީ ރައީސްގެ ހުވާ ކުރުމުގެ ރަސްމިޔާތުގައި ބައިވެރިވެވަޑައި ނުގަންނަވާ ފުރަތަމަ ރައީސަށެވެ.

ނަން ހާމަ ނުކުރުމަށް އެދި ޓްރިބިއުން ނޫހަށް މައުލޫމާތުދިން އޮފިޝަލް ވަނީ ޓްރަމްޕް ވައިޓްހައުސް އިން ނުކުތުމަށްފަހު ވަޑައިގަންނަވާނީ ފްލޮރިޑާގައި ހުންނަ ޓްރަމްޕްގެ ލީގަލް ރެޒިޑެންސަށްކަމަށް ވިދާޅުވެފައެވެ.

ވޯޓަށް ފަހު ދެ މަސް ވަންދެން ވޯޓުގެ ނަތީޖާ ގަބޫލުނުކޮށް ނަތީޖާ ބަދަލު ކުރުމަށް ގިނަ މަސައްކަތްތަކެއް ޓްރަމްޕް ކުރައްވާފައިވާ އިރު، ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ޓްރަމްޕް ބައިވެރިވުމަށް އެމެރިކާގެ ގިނަ ބަޔަކު ނޭދެއެވެ.

މީގެ އިތުރުން ބައިޑަން މަގާމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތާއި ދިމާކޮށް ވޮޝިންގްޓަންގެ ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމަށްޓަކައި ވޮޝިންގްޓަނަށް 25,000 ސިފައިން ނެރެފައިވާ ކަމަށް އެމެރިކާގެ ދިފާއި ވުޒާރާ ޕެންޓަގަން އިން ވަނީ ބުނެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
19%
10%
10%
33%
24%
5%
ކޮމެންޓް