ކ. މާލެ
|
17 ޖެނުއަރީ 2021 | އާދީއްތަ 08:53
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު
ޝުއައިބް މުހައްމަދު އިގްބާލް
އިންޑިއާ އިން ރާއްޖެއަށް ވެކްސިން ފޯރުކޮށްދިނުން
އިންޑިއާއިން ވަރަށް އަވަހަށް ރާއްޖެއަށް ވެކްސިން ފޯރުކޮށްދޭނެ
 
އިންޑިއާގެ ނެއިބަރހޫޑް ފަސްޓް ޕޮލިސީގެ ދަށުން އަވައްޓެރި ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް އިސްކަންދޭނެ
 
ދިމާވާ ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ އިޖާބަދޭނީ އިންޑިއާ އިން

އިންޑިއާއިން ވަރަށް އަވަހަށް ރާއްޖެއަށް ކޮވިޑް-19 ވެކްސިން ފޯރުކޮށްދޭނެ ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި އިންޑިއާއިން އަބަދުވެސް މަސައްކަތްކުރަނީ ކޮނޑާއި ކޮނޑު ޖައްސައިގެން ކަމަށާއި ކޮވިޑް-19 ގެ މިހާލަތުގައި ވެސް އެ ކަންތައްތައް ފެނިގެންދާކަން ފާހަގަކުރައްވައި މާލެ އެކުވެނި ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ވަނީ ދިމާވާ ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ އިޖާބަދޭނީ އިންޑިއާއިން ކަމަށް ވިދާޅުވެފައެވެ.

ސަފީރު ވަނީ އިންޑިއާ އަކީ ފާމަސޫޓިކަލް ބޮޑެތި ކުންފުނިތައް ހިމެނޭ ގައުމަކަށް ވުމުން އިންޑިއާގެ ނެއިބަރހޫޑް ފަސްޓް ޕޮލިސީގެ ދަށުން އަވައްޓެރި ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް އިސްކަންދޭނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ވިދާޅުވެފައިވާ ބަސްފުޅު ތަކުރާރުކުރައްވާފައެވެ. އިންޑިއާއިން ވަނީ ނެއިބަރހޫޑް ޕޮލިސީގެ ދަށުން ވެސް ރާއްޖެއަށް ހާއްޞަ އިސްކަމެއް ދޭނެކަމަށް ތަކުރާރުކޮށް ބުނެފައެވެ.

މީގެ އިތުރުން ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުމަކީ ތާރީޚީ އަދި ހައްސާސް ގުޅުމެއް ކަމަށާއި، އިންޑިއާއިން އަބަދުވެސް ރާއްޖޭގެ ސަރުކާރުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެއްބާރުލުން ދޭނެކަމަށް ސަފީރު ވަނީ ވިދާޅުވެފައެވެ.

އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދީފައިވާ ގްރާންޓް އެސިސްޓެންޓްގެ ދަށުން ކުރިއަށް ގެންދާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޕްރޮޖެކްޓްސްއަށް އަލިއަޅުއްވާލައްވާ ވާހަަކަފުޅު ދައްކަވަމުން އިންޑިއާގެ ސަފީރު ވަނީ މިއީ ދެގައުމުގެ ދެމެދުގައި އޮތް ޑައިނަމިކް ގުޅުން ވަރަށް ރަނގަޅަށް ދައްކުވައިދޭ ޕްރޮޖެކްޓެއް ކަމަށް ވިދާޅުވެފައެވެ. މިއީ މުޖުތަމަޢުއާ ވަރަށް ބޮޑަށް ގުޅިފައިވާ ޕްރޮޖެކްޓްތަކެއް ކަމަށާއި މި ޕްރޮޖެކްޓްތަކުގެ ސަބަބުން ދިވެހިންނަށް އާމްދަނީ ހޯދާނެ އިތުރު މަގުތައް ފަހިވެގެންދާނެ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ވަނީ ހައި އިމްޕެކްޓް ކޮމިއުނިޓީ ޕްރޮޖެކްޓް ކުރިއަށް ގެންދެވެނީ ދެފުށް ފެންނަ ގޮތަކަށް ކަމުން، މިއީ މުޖުތަމަޢުގެ އިތުރުން ދިވެހި ސަރުކާރަށް ވެސް ފައިދާ ހުރި ޕްރޮޖެކްޓެއްކަން ފާހަގަކުރައްވާފައެވެ.

އިންޑިއާއިން ވަރަށް އަވަހަށް ރާއްޖެއަށް ވެކްސިން ފޯރުކޮށްދޭނެ ކަމަށް އިންޑިއާގެ ސަފީރު ވިދާޅުވެފައިވާ އިރު، ހޮނިހިރު ދުވަހު އިންޑިއާ އިން ވަނީ ދުނިޔޭގައި ކުރިއަށް ގެންދެވޭ އެންމެ ބޮޑު ވެކްސިން ދިނުމުގެ ޕްރޮގްރާމް އެގައުމުގައި ފަށާފައެވެ. އިންޑިއާގެ 1.3 ބިލިއަން މީހުންގެ މުޅި އާބާދީއަށް ވެކްސިން ދިނުމުގެ އަމާޒުގައި އެގައުން ވެކްސިނޭޝަން ޕްރޮގްރާމް ފަށާފައިވާ އިރު، އެގައުމުގެ ގިނަ އަދަދެއްގެ ފާމަސޫޓިކަލް ކުންފުނިތަކަކުން ދަނީ ވެކްސިން އުފެއްދުމުގެ މަސައްކަތްކުރަމުންނެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ސުބްރަމާނިޔަމް ޖައިޝަންކަރު ވަނީ އިންޑިއާގެ އެކި ހިސާބުތަކަށް ވެކްސިން ފޯރުކޮށްދެވުމާ އެކު، އެހެން ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް އެގައުމުން ފަށާނެ ކަމަށް ވިދާޅުވެފައެވެ.

އިންޑިއާ އިން ވަނީ މިހާތަނަށް އައި އިރު ކޮވިޑްގެ ދެ ވެކްސިނެއް އެގައުމުގައި ބޭނުން ކުރުމުގެ ހުއްދަ ދީފައެވެ. އެއީ އެގައުމުގެ ފާމަސޫޓިކަލް ކުންފުންޏެއް ކަމަށްވާ ބާރަތް ބައޯޓެކް އިން ކޮވިޑް-19 އަށް އުފެއްދި ވެކްސިނާއި ސިރަމް އިންސްޓިޓިއުޓުން އުފައްދާ އެސްޓްރަޒެނެކާ އާއި އޮކްސްފޯޑް ޔުނިވާސިޓީގެ ކޮވިޑް ވެކްސިނެވެ. ސެރަމް އިންސްޓިޓިއުޓުން ވަނީ އެކުންފުނިން އުފައްދާ ވެކްސިން އެމަޖެންސީކޮށް ބޭނުންކުުރުމުގެ ހުއްދަ ދިނުމަށް އެދި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއަށް މިހާރު ހުށަހަޅާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
13%
75%
0%
0%
0%
13%
ކޮމެންޓް
17 ޖެނުއަރީ 2021 | އާދީއްތަ 10:16
ސާބަހޭ
މިސްކިތު ބޭބެ ވަސްދުވީމާވެސް ފުރަތަމަ ފިޔަވަޅު އެޅީ އިންޑިޔާއިން