ކ. މާލެ
|
17 ޖެނުއަރީ 2021 | އާދީއްތަ 06:09
އެމިރޭޓްސްގެ ފްލައިޓެއް
އެމިރޭޓްސްގެ ފްލައިޓެއް
ރޮއިޓަރސް
އެމިރޭޓްސް އެއަރލައިން
ދުބާއީގެ އެމިރޭޓްސް އިން އޮސްޓްރޭލިއާގެ ތިން ސިޓީއަކަށް ދަތުރު ކުރުން ހުއްޓާލަނީ
 
ދަތުރު ކުރުން ހުއްޓާލަން ނިންމާފައިވަނީ އޮޕަރޭޝަނަލް ސަބަބުތަކާ ހެދި

ދުބާއީގެ އެމިރޭޓްސް އެއަރލައިން އިން އޮސްޓްރޭލިއާގެ ތިން ސިޓީއަކަށް ދަތުރުކުރުން ހުއްޓާލަން ނިންމައިފިއެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއަރލައިން އިން ދަތުރުތައް ހުއްޓާލަން ނިންމާފައިވަނީ މެލްބޯން، ސިޑްނީ އަދި ބްރިސްބޭންއަށެވެ. އެމިރޭޓްސް އިން ބުނެފައިވަނީ އެ ތިން ސިޓީއަށް ވެސް ދަތުރު ކުރުން ހުއްޓާލަން ނިންމާފައިވަނީ އޮޕަރޭޝަނަލް ސަބަބުތަކާ ހެދި ކަމަށެވެ.

މި ތިން ސިޓީއަށް އެންމެ ފަހު ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. އެއަށްފަހު އެއްވެސް ދަތުރެއް ނުކުރާނެކަަމަށް އެމިރޭޓްސް އިން ބުނެފައިވާއިރު މި ސިޓީތަކަށް އަލުން އަނބުރާ ދަތުރުތައް ފަށާނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އޮސްޓްރޭލިއާ އިން 2020 ވަނަ އަހަރުގެ މާރޗު މަހު އެގައުމުގެ ބޯޑަރުތައް ބަންދު ކޮށްފައިވާއިރު އެގައުމުގެ ރައްޔިތުން އަނބުރާ ޤައުމަށް އައުމުގެ ފުރުސަތު އޮސްޓްރޭލިއާ އިން އަންނަނީ ވަކި އުސޫލުތަކެއްގެ މަތިން ދެމުންނެވެ. އެގޮތުން ޤައުމަށް އަނބުރާ އެތެރެވާ މީހުން ވަރަށް ހަރުކަށި އުސޫލެއްގެ ދަށުން ދެ ހަފްތާގެ ކަރަންޓީންގެ މުއްދަތެއް ފުރިހަމަ ކުރަން ޖެހެއެވެ.

އޭވިއޭޝަން ބިޒްނަސް އެވޯޑް ހަފްލާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް އެއަރލައިން އޮފް ދަ އިޔަރ އެވޯޑް އެމިރޭޓްސް އެއަރވޭސް އަށް ވަނީ ދާދިފަހުން ލިބިފައެވެ.

އެމިރޭޓްސް އިން ބުނެފައިވަނީ ކޮވިޑްގެ ހާލަތަށްފަހު މިހާރު އެއަރލައިންގެ 70 އިންސައްތަ އޮޕަރޭޝަން ފަށާފައިވާ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
50%
0%
50%
0%
0%
0%
ކޮމެންޓް