raajjemv logo
މުޙައްމަދު އާދަމް އިސްތިއުފާދިނުން
ޔޫވީގެ ކޯޗުގެ މަގާމުން މުޙައްމަދު އާދަމް އިސްތިއުފާދީފި
 
ލީގުގައި މިހާތަނަށް މޮޅެއް ނުލިބި އޮތް ހަމައެކަނި ޓީމަކީ ޔޫވީ
 
ޔޫވީގެ ކޯޗުގެ މަގާމުން އާދަމް އިސްތިއުފާދިނީ ލީގުގައި ސަސްއާ އެއްވަރުވި މެޗަށްފަހު
އިސްމާޢީލް ޝާހް
3,216
ކ. މާލެ |
17 ޖެނުއަރީ 2021 | އާދީއްތަ 00:25
ޔޫވީގެ ކޯޗުގެ މަގާމުން އިސްތިއުފާދިން މުޙައްމަދު އާދަމް
އެފްއޭއެމް

ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ކޯޗުގެ މަގާމުން މުޙައްމަދު އާދަމް އިސްތިއުފާދީފިއެވެ.

ޔޫވީގެ ކޯޗުގެ މަގާމުން އާދަމް އިސްތިއުފާދިނީ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ 1-1 ގެ ނަތީޖާއަކުން އެއްވަރުވި މެޗަށްފަހުއެވެ.

އެ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އާދަމް ބުނީ ޕޯސްޓް-މެޗު ޕްރެސްއަށް އައީ އިސްތިއުފާގެ ސިޓީ ހަވާލުކުރުމަށްފަހު ކަމަށެވެ. އަދި އެ ޓީމަށް ދިމާވެފައިވާ ޕްރެޝަރު ހޭންޑަލްކުރަން ދަސްވެފައި ނެތް ކަމަށާއި، މައްސަލަ އުޅެނީ ކުޅުންތެރިން ތެރޭގައި ކަމަށެވެ. އަދި ޔޫވީއާއެކު ދިމާވީ ކުޅިވަރުގައި މިހާތަނަށް އޭނާ ދިމާނުވާ ކަންތައްތަކެއް ކަމަށާއި، އެކަމަކު މެނޭޖުމަންޓާ އެއްވެސް މައްސަލައެއް ނެތް ކަމަށްވެސް އާދަމް ބުންޏެވެ. އަދި މި ވަގުތު އެންމެ ރަނގަޅީ އޭނާ އެ ޓީމާ ވަކިވެ، އައު މީހަކަށް ފުރުސަތު ދިނުން ކަމަށްވެސް އާދަމް ވަނީ ބުނެފައެވެ.

ޔޫވީގެ ކޯޗުގެ މަގާމުން އާދަމް އިސްތިއުފާދިންއިރު، ލީގުގައި މިހާތަނަށް މޮޅެއް ނުލިބި އޮތް ހަމައެކަނި ޓީމަކީ ޔޫވީއެވެ. އެއާއެކު ޔޫވީ އޮތީ ތާވަލުގެ ފުލުގައި ކުޅުނު ހަ މެޗުން ލިބުނު އެންމެ ތިން ޕޮއިންޓާއެކުއެވެ.

އާދަމަކީ މި ސީޒަން ފެށި ފަހުން މިހާތަނަށް ޓީމަކުން ވަކިވި ތިންވަނަ ކޯޗެވެ. މީގެ ކުރިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗަކަށް ހުރި މުޙައްމަދު ނިޒާމް (ނިޒާމްބެ) އާއި އީގަލްސްގެ ކޯޗަކަށް ހުރި މުހައްމަދު ޝިޔާޒް (މޯހަން) ވަނީ ޓީމާއެކު ހަދާފައިވާ އެއްބަސްވުން އުވާލައި، ޓީމު ދޫކޮށްލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
100%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް