ކ. މާލެ
|
16 ޖެނުއަރީ 2021 | ހޮނިހިރު 23:29
ބ.ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން
ބ.ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން
އެމްޑަބްލިޔުއެސްސީ
ގޮއިދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢު
ބ ގޮއިދޫގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ފަށައިފި
 
ބ. ގޮއިދޫގައި 8.7 ކިލޯ މީޓަރުގެ ނަރުދަމާގެ މައި ނެޓްވޯރކެއް ގާއިމުކުރެވޭނެ
 
ފެން ރައްކާ ކުރުމަށްޓަކައި 300 ކިއުބިކް މީޓަރުގެ ދެ ތާނގީ ބެހެއްޓުމަށް ވެސް ވަނީ ހަމަޖެހިފައި
 
ފެން ޕްލާންޓް ފެސިލިޓީ ބިލްޑިންގެ 31 އިންސައްތަ މަސައްކަތް ވަނީ ނިމިފައި
 
ގޮއިދޫގައި 15.9 ކިލޯ މީޓަރުގެ ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމުކުރުމަށްވަނީ ހަމަޖެހިފައި

ރާއްޖޭގެ ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ބ. ގޮއިދޫގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް އިފްތިތާޙުކޮށްފިއެވެ.

ހޮނިހިރު ދުވަހު ބ. ގޮއިދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢު އިފްތިތާޙުކޮށްދެއްވީ އެމްޑަބްލިޔުއެސްސީގެ ޗެއާމަން އަހުމަދު މައުސޫމާއި މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދެވެ.

މި މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން ބ. ގޮއިދޫގައި 15.9 ކިލޯ މީޓަރުގެ ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި، ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ފެސިލިޓީ ބެހެއްޓުމަށާއި ފެން ރައްކާ ކުރުމަށްޓަކައި 300 ކިއުބިކް މީޓަރުގެ ދެ ތާނގީ ބެހެއްޓުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ފެން ޕްލާންޓް ފެސިލިޓީ ބިލްޑިންގެ 31 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. މި މަސައްކަތުގެ ދަށުން ގޭބިސީތަކުގައި ފެންމީޓަރު ބަހައްޓައި ފެނުގެ ކަނެކްޝަން ގުޅައިދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ބ. ގޮއިދޫގައި 8.7 ކިލޯ މީޓަރުގެ ނަރުދަމާގެ މައި ނެޓްވޯރކެއް ގާއިމުކުރެވޭނެއެވެ. މި މަސައްކަތުގެ ދަށުން ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު އެމްޑަބްލިއުއެސްސީއިން އަންނަނީ ކުރަމުންނެވެ.

މީގެ އިތުރުންވެސް، މި މަޝްރޫޢުގެ ދަށުން ތިން ޕަންޕިން ސްޓޭޝަނާއި ސީ އައުޓް ފޯލްއެއް ގާއިމުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުމަށް ވެސް ހަމަޖެހިފައިވާކަމަށް އެމްޑަބްލިއުއެސްސީއިން ވަނީ ބުނެފައެވެ.

މި މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުއަށް 46 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
100%
0%
0%
0%
0%
ކޮމެންޓް