ކ. މާލެ
|
16 ޖެނުއަރީ 2021 | ހޮނިހިރު 23:34
އެމްޕީއެލްގައި ބިއްލޫރި ޕެލެޓް ވެއްޓުނު ހާދިސާ ހިނގި ސަރަހައްދު
އެމްޕީއެލްގައި ބިއްލޫރި ޕެލެޓް ވެއްޓުނު ހާދިސާ ހިނގި ސަރަހައްދު
ސޯޝަލް މީޑިއާ
ބިއްލޫރި ޕެލެޓް ވެއްޓުނު މައްސަލަ
ބިއްލޫރި ޕެލެޓް ވެއްޓުނު މައްސަލައިގެ ތަހުޤީޤު ނިމުމަކާ ގާތްވެއްޖެ: އެމްޕީއެލް
 
މި ހާދިސާގައި ބިއްލޫރި ޕެލެޓްގައި ދަށުވި މީހާއަށް ފަރުވާދެމުންދަނިކޮށް ނިޔާވެފައިވަނީ ހޮނިހިރު ދުވަހު

ބިއްލޫރި ޕެލެޓް ވެއްޓުނު މައްސަލައިގެ ތަހުޤީޤު ނިމުމަކާ ގާތްވެއްޖެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ އިބްރާޙިމް ޢަބްދުﷲ ވިދާޅުވީ އެ މައްސަލައިގެ ތަހުޤީޤު ނިމުމަކާ ގާތްވެފައިވާއިރު ފުލުހުންނާ ވެސް މައުލޫމާތު ހިއްސާ ކުރަމުންދާ ކަމަށެވެ.

އިބްރާޙިމް ޢަބްދުﷲ ވިދާޅުވީ ސަލާމަތީ ގޮތުން ރަނގަޅު ކުރަންޖެހޭ ކަންތައްތަކުގެ ލަފާ ލިބިފައިވާ ކަމަށާއި އެގޮތުން މީހުން ތަމްރީން ކުރުމާއި އެކަމަށް އެކަށޭނެ އާލާތް ބޭނުން ކުރުން ހިމެނޭ ކަމަށެވެ.

އެމްޕީއެލް ސަރަޙައްދުން ބިއްލޫރި ޕެލެޓެއް ވެއްޓި ތާށިވެގެން ލިބުނު އަނިޔާއަށް ފަރުވާ ދެމުން ދަނިކޮށް ނ. ލަންދޫއަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ ޢަބްދުﷲ އާސިމް ވަނީ އައިޖީއެމްއެޗްގައި ހޮނިހިރު ދުވަހު ނިޔާވެފައެވެ.

މި ހާދިސާގައި ނިޔާވި ޢަބްދުﷲ އާސިމްގެ ކަށުނަމާދު އޮތީ ހޮނިިހިރު ދުވަހުގެ މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
17%
83%
0%
0%
0%
ކޮމެންޓް