ކ. މާލެ
|
16 ޖެނުއަރީ 2021 | ހޮނިހިރު 01:59
ކޮވިޑަށް ޕޮޒިޓިވްވެފައިވާ ހާލު ބޮޑު މީހަކު ހޮސްޕިޓަލަށް ގެންދަނިކޮށް
ކޮވިޑަށް ޕޮޒިޓިވްވެފައިވާ ހާލު ބޮޑު މީހަކު ހޮސްޕިޓަލަށް ގެންދަނިކޮށް
ގޫގުލް
ކޮވިޑް-19
ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 2 މިލިއަނަށް
 
ކޮވިޑްގެ ބަލީގައި މަރުވާ މީހުން ފަހަކަށް އައިސް ވަނީ މަދުވެފައި
 
ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން މަރުވެފައި ވަނީ އެމެރިކާއިން

ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 2 މިލިއަނަށް އަރައިފި ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހުކުރު ދުވަހުގެ ހަވީރާއި ހަމައަށް މުޅި ދުނިޔެއިން 2،000،905 (ދެ މިލިއަން ނުވަސަތޭކަ ފަހެއް) މީހުން ވަނީ މަރުވެފައެވެ.

އެ ޔުނިވަރސިޓީއިން ހެދި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން މަރުވެފައިވަނީ އެމެރިކާއިންނެވެ. އެގައުމުން 389،000 (ތިން ލައްކަ އަށްޑިހަ ނުވަހާސް) މީހުން ވަނީ މަރުވެފައެވެ. އެގައުމަކީ މި ބައްޔަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ގައުމުވެސްމެއެވެ.

ހޮޕްސްކިން ޔުނިވަރސިޓީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ކޮވިޑް ޖެހިގެން ދެވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ ބްރެޒިލް އިންއެވެ. އަދި ތިންވަނަ އަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އިންޑިއާއިންނެވެ. ބްރެޒިލްއިން 207،000 (ދެލައްކަ ހަތްހާސް) މީހުން މަރުވެފައިވާއިރު އިންޑިއާއިން 152،000 (އެއްލައްކަ ފަންސާސް ދެހާސް) ވަނީ މި ބަލީގައި މަރުވެފައެވެ.

މި ތިން ގައުމުންވެސް އެންމެ ގިނައިން މީހުން މަރުވެފައިވަނީ ކޮވިޑްގެ ފުރަތަމަ ރާޅު ބިންދާލި ދުވަސްތަކުގައި ކަމަށް ރިޕޯޓްތަކުން ދައްކައެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ތިން ގައުމުން ފުރަތަމަ ރާޅާއިއެކު މި ބަލީގައި ގިނަ މީހުން މަރުވެފައިވަނީ އެ ގައުމުތަކުން ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް ހީނަރުވުމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކޮވިޑްގެ ބަލީގައި މަރުވާ މީހުން ފަހަކަށް އައިސް މަދުވެފައިވާއިރު، ގިނަ ގައުމުތަކުން އަންނަނީ މިހާރު ކޮވިޑްގެ ވެކްސިން ދޭން ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް