raajjemv logo
އިތާފުށި - ދަ ޕްރައިވެޓް އައިލެންޑް
ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
 
މި ރިސޯޓުގައި އެއްފަހަރާ 24 ގެސްޓުންނަށް ހިދުމަތްދެވޭނެ
 
އިތާފުށި ޕްރައިވެޓް އައިލެންޑަކީ 32،000 ސްކުއަރ މީޓަރު ބޮޑު ރަށެއް
ފާތިމަތު އުދުމާ
46,317
ކ. މާލެ |
15 ޖެނުއަރީ 2021 | ހުކުރު 22:16
އިތާފުށި - ދަ ޕްރައިވެޓް އައިލެންޑް

ރާއްޖޭގައި އެންމެ ފަހުން ހުޅުވިގެން ދިޔަ "އިތާފުށި - ދަ ޕްރައިވެޓް އައިލެންޑް" ގައި ރެއަކަށް 80،000 އެމެރިކާ ޑޮލަރު ހޭދަކުރަންޖެހެއެވެ.

ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ޕްރައިވެޓް އައިލެންޑަކީ 32،000 ސްކުއަރ މީޓަރު ބޮޑު ރަށެކެވެ. އަދި މިއީ މިހާތަނަށް ރާއްޖޭގައި ތަރައްގީކުރެވުނު އެންމެ ބޮޑު ރިސޯޓެވެ.

މި ރިސޯޓުގައި އެއްފަހަރާ 24 ގެސްޓުންނަށް ތިން އިމާރާތެއްގައި ހިދުމަތްދެވޭ އިރު، މި އިން ކޮންމެ އިމާރާތަކުންވެސް ފަސޭހަކަމާއި އެކު ގޮޑުދޮށަށް ދެވޭނެއެވެ. މި އިމާރާތްތަކުގައި ތެރޭގައި އިންޑޯރ އަދި އައުޓްޑޯރ ރެއިން ޝަވާރ އަކާއި އިންފިނިޓީ ޕޫލެއް އަދި ޖަކޫޒީއެއް ހިމެނޭ ދެ ކޮޓަރީގެ ވޯޓާ ވިލާ އެއްގެ އިތުރުން ދެ ސްވިމިންޕޫލް ހިމެނޭ ތިން ކޮޓަރީގެ ވޯޓާ ވިލާއެއް ހިމެނެއެވެ. މީގެ އިތުރުން ރިސޯޓްގައި ހިމެނޭ ހަތަރު ކޮޓަރީގެ ވިލާގައި ދެ ކިންގ ބެޑްރޫމް، ދެ ކުއީން ބެޑްރޫމް، ޖެކޫޒީ އެއް އަދި ބޮޑު ލިވިން އޭރިއާއެއް ހިމެނެއެވެ.

ރިސޯޓްތަރައްގީކޮށްފައި ވަނީ ރާއްޖޭގެ ސަގާފީ ކުލަތަކާއި އެކު ޒަމާނީ ގޮތަކަށެވެ. އަދި ރިސޯޓަށް ޒިޔާރަތްކުރާ ކޮންމެ ގެސްޓަކަށް ހިދުމަތްކުރުމަށް ހާއްސަ ސްޓާފުން ތިބޭނެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓާއި 40 މިނެޓް ދުރުގައި އޮންނަ މިރޯސަޓަކީ އެކަހެރިކޮށް ޗުއްޓީހޭދަކޮށްލަން ބޭނުންވާ ފަރާތްތަކަށް އެންމެ ފުރިހަމަ މަންޒިލް ކަމަށް ވޮލްޑޯފް އެސްޓޯރިއާގެ މައި ކުންފުނި ހިލްޓަން އޭޝިއާ ޕެސިފިކްގެ ލަގްޒަރީ އެންޑް ލައިފްސްޓައިލްގެ ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.

މި ހުރިހާ ހިދުމަތްތަކުގެ އިތުރުން އިތާފުށި ޕްރައިވެޓް އައިލެންޑުން، ގެސްޓުންނަށް މީރު ކާނާ ލިބޭނެ ކަމަށް ފާހަގަކޮށްފައިވާ އިރު، މި ރަށް އޮންނަނީ އިތާފުށީގެ މައި ރިސޯޓާއި މާދުރުނޫން ހިސާބެއްގައި ކަމުން ފަސޭހަކަމާއި އެކު އެ ރިސޯޓަށް ޒިޔާރަތްކުރުމުގެ ފުރުސަތުވެސް ގެސްޓުންނަށް ލިބިގެންދާނެއެވެ.

މީގެ އިތުރުން މި ރަށަށް ޒިޔާރަތްކުރާ ގެސްޓުންނަށް ޔޮޓް ޓްރިޕްސްއާއި، ޑައިވިންގެ އިތުރުން ގިނަ އަދަދެއްގެ ވޯޓާ ސްޕޯޓްސް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ރިޒުނާ ޒަރީރު
66%
އަންތަރީސް ވެއްޖެ
12%
އުފާ ވެއްޖެ
1%
ދެރަ ވެއްޖެ
7%
ރުޅި ގަދަ ވެއްޖެ
13%
މޮޔަވެއްޖެ
1%
ލިޔުން ރަނގަޅު
ކޮމެންޓް