ކ. މާލެ
|
15 ޖެނުއަރީ 2021 | ހުކުރު 16:06
ބެއިޖިންގ ގައި މީހުން މާސްކު އަޅައިގެން
ބެއިޖިންގ ގައި މީހުން މާސްކު އަޅައިގެން
ރޮއިޓަރސް
ކޮވިޑް-19 ޗައިނާގެ ހާލަތު
ކޮވިޑްގެ ދެވަނަ ރާޅާއެކު ޗައިނާއަށް އަނެއްކާވެސް ނުތަނަވަސްކަން
 
ހޭބެއި ކްލަސްޓަރގެ ފުރަތަމަ ކޭސް ފެނިފައިވަނީ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު
 
ޗައިނާގެ ދެ ސަރަހައްދެއްގައި މިވަގުތު އަންނަނީ ވައިރަސް ފެތުރެމުން
 
ހޭބެއި ޕްރޮވިންސުން ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ފަހުން ކޮވިޑް ޖެހިގެން ފުރަތަމަ ފަހަރަށް މީހަކު މަރުވެގެން ރިޕޯޓްކޮށްފައި

ޗައިނާގެ އުތުރު އަދި އިރުއުތުރު ސަރަހައްދުގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެން ފެށުމާއެކު ޗައިނާއިން މިވަނީ އަނެއްކާވެސް އެތައް މިލިއަން ބަޔަކު ލޮކްޑައުންކޮށްފައެވެ.

ދެވަނަ ރާޅާއެކު އެންމެ ހާލަތު ގޯސްވެފައިވަނީ ހޭބެއި ޕްރޮވިންސުގެ މައި ސިޓީކަމުގައިވާ ޝިޖިއަޒުއަންގ އެވެ. ހޭބެއި ޕްރޮވިންސުން ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ފަހުން ޗައިނާއިން ކޮވިޑް ޖެހިގެން ފުރަތަމަ ފަހަރަށް މީހަކު މަރުވެގެން ރިޕޯޓްކޮށްފައެވެ.

އައު ކޭސްތައް ފެތުރެން ފެށީ ކިހިނެއް؟

ޗައިނާގެ ދެ ސަރަހައްދެއްގައި މިވަގުތު އަންނަނީ ވައިރަސް ފެތުރެމުންނެވެ. އެގޮތުން ހޭބެއި ޕްރޮވިންސުގެ މައި ސިޓީކަމުގައިވާ ޝިޖިއަޒުއަންގ ވައިރަސް ފެތުރެމުން އަންނައިރު އިރުއުތުރުގައި އޮންނަ ހިލޯންގޖިއެންގ ޕްރޮވިންސުގައިވެސް އަންނަނީ ވައިރަސް ފެތުރެމުންނެވެ.

ހޭބެއި ކްލަސްޓަރގެ ފުރަތަމަ ކޭސް ފެނިފައިވަނީ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު ކަމަށް ސިއްހީ މާހިރުން ބުނެއެވެ. އެހެންނަމަވެސް އެކުލަސްޓަރގެ ކޭސްތައް ނޮވެމްބަރ މަހުގެ ކުރީކޮޅުން ފެށިގެން ފެންނަމުން ގޮސްފައިވާ ކަމަށާއި ފާއިތުވި މަސްތަކުގައި ވައިރަސް މުޅި ޕްރޮވިންސަށް ފެތުރިފައިވަނީ ކަމަށް ގަބޫލުކުރެވޭކަމަށް ސިއްހީ މާހިރުން ބުނެއެވެ.

މިކުލަސްޓަރ ފެށިފައިވަނީ ޗައިނާއަށް އެތެރެވި މީހެއްގެ ފުށުންކަން އަދި އެނގެން ނެތްކަމަށާއި އެހެންނަމަވެސް މިކުލަސްޓަރގެ އެންމެ ފުރަތަމަ ކޭސްއަކީ ޗައިނާއަށް އެތެރެވި މީހަކަށްވެދާނެކަމަށް އޮފިޝަލުން ބުނެއެވެ.

އިރުއުތުރުގައި އޮންނަ ހިލޯންގޖިއެންގ ޕްރޮވިންސުން ފެންނަމުންދާ ކޭސްތަކަކީ މިއަހަރު ފެށުނުއިރު ފެންނަން ފެށި ލޯކަލް ޓްރާންސްމިޝަންއެކެވެ. މިއީ ރަޝިޔާއިން އައިސްފައިވާ ކާގޯ ބޯޓުތަކުން ފެތުރިފައިވާ ކޭސްތަކެއްކަމަށް ގަބޫލުކުރެވޭ ކަމަށް އޮފިޝަލުން ބުނެއެވެ.

އެސަރަހައްދުގައި ފެތުރެމުންދާ ވައިރަސްގެ ސްޓްރެއިން ރަޝިޔާއިން މިދިޔަ އަހަރު ފެނިފައިވާ ވައިރަސްގެ ސްޓްރެއިން އާ އެއްގޮތްކަމަށް އޮފިޝަލުން ބުނެއެވެ.

ކުރީގައި ފެނުނު ކޭސްތަކާއި މިހާރު ފެންނަ ކޭސްތަކުގެ ތަފާތަކީ ކޮބާ؟

ޗައިނާގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި ހޭބެއި ޕްރޮވިންސްގައި މިހާރު ފެންނަމުންދާ ކޭސްތަކުގެ ތެރެއިން ގިނަ ކޭސްތައް ފެންނަމުންދަނީ އެހާބޮޑަށް ތަރައްޤީނުވާ ސިއްހީ ނިޒާމުގެ ފެންވަރު ދަށް ސަރަހައްދުތަކުންނެވެ. އެހެންކަމުން ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް އެޅުމަށް ދަތިތަކާއި ކުރިމަތިވަމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.

ޗައިނާގެ ކަމާބެހޭ އިދާރާތަކުން ވަނީ ޗައިނީޒް ނިއު އިޔަރ އާ ދިމާކޮށް ޗައިނާގެ ރައްޔިތުން އަނބުރާ ގައުމަށް އަންނާތީ ވައިރަސް އެސަރަހައްދުގައި ފެތުރިގެން ހިނގައިދާނެތީ އެކަން ކޮންޓްރޯލްކުރުމަށް މަސައްކަތްކޮށްފައެވެ.

އެސަރަހައްދުގެ އޮފިޝަލުން ބުނާގޮތުގައި އެސަރަހައްދުގެ އާބާދީ އަށް ބަލާއިރު ނިސްބަތުން ފެންނަ ކޭސްތަކުގެ މިންވަރުގެ އަދަދު މަދެވެ. އެހެންނަމަވެސް ޗައިނާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އިން އިންޒާރު ދީފައިވަނީ ހޭބެއި ޕްރޮވިންސްގައި ވައިރަސް ފެތުރޭ މިންވަރު ކުރީފަހަރާއި އަޅާބަލާއިރު އިތުރުވަމުންދާތީއެވެ.

މީގެއިތުރުން ސިއްހީ މާހިރުންވެސް ވަނީ މިހާރު ފެނިގެން މިއުޅޭ ސްޓްރެއިން ދެނެގަތުމަށް ގިނަ ދުވަސްތަކެއް ނަގާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން 14 ދުވަހުގެ މުއްދަތުގެ ކަރަންޓީނަށް ފަހުންވެސް ވައިރަސް އަށް މީހުން އަންނަނީ ޕޮޒިޓިވްވަމުންނެވެ.

ވައިރަސްގެ އައު ރާޅާއެކު ހުރި ގޮންޖެހުންތަކަކީ ކޮބާ؟

ފާއިތުވިގެން ދިޔަ 10 މަސް ދުވަހާ އަޅާބަލާއިރު މިހާރު ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު ވަނީ އިތުރުވެފައެވެ. އެހެންނަމަވެސް ޗައިނާއިން ވަނީ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އަވަސް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެތައް މިލިއަން ބަޔަކު ލޮކްޑައުންކޮށް ވައިރަސް އަށް ޓެސްޓް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އަދި ހޭބެއި ޕްރޮވިންސްގެ ހުރިހާ ސިޓީތަކަށް ދަތުރުކުރުމުގައި ވަނީ ފިޔަވަޅުތައް އަޅާފައެވެ. ވަކިން ޚާއްސަކޮށް ހޭބެއި ޕްރޮވިންސަށް ވަދެ ނިކުމެވާ މަގުތަކަށް ވަނީ ޚާއްސަ ސަމާލުކަމެއްދީފައެވެ. މީގެއިތުރުން ޑިސެމްބަރ މަހުން ފެށިގެން އެޕްރޮވިންސުން ބޭރަށް ދަތުރުކޮށްފައިވާ މީހުން ދެނެގަތުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ޗައިނާގެ ސީޑީސީން ބުނެފައިވަނީ ޗައިނާއިން މިހާރު ވަނީ ކޮވިޑް-19 އަކީ ކޯއްޗެއް ކިހިނެއް ފެތުރޭ ވައިރަސް އެއްކަން ރަނގަޅަށް ދެނެގަނެފައިކަމަށެވެ. އެހެންކަމުން ކުރީފަހަރު ދިމާވިގޮތަށް ގިނަ އަދަދެއްގެ ކޭސްތަކެއް އެއްފަހަރާ ފެނުމަކީވުން ނާދިރުކަމެއްކަމަށް ސީޑީސީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
40%
0%
20%
40%
ކޮމެންޓް
ގުޅުންހުރި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި
ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ދިވެހި ސިފައިންނަށް ގެދޮރުވެރިކަން ޔަގީންކޮށްދޭނަން: ރައީސް މުއިއްޒު