ކ. މާލެ
|
15 ޖެނުއަރީ 2021 | ހުކުރު 11:32
މާލޭގައި އަލަށް ހެދި ސިންތެޓިކް ޓްރެކް
މާލޭގައި އަލަށް ހެދި ސިންތެޓިކް ޓްރެކް
ކުޅިވަރާ ބެހޭ ވުޒާރާ
ޓްރެކް ހުޅުވާއިރު ސަމާލުވާންވީ ގިނަ ބަދަލުތަކެއް
ސިންތެޓިކް ޓްރެކްގައި ކަސްރަތު ކްލާސްތަކާއި ބޫޓް ކޭމްޕްތައް ނުބޭއްވޭނެ
 
ބޫޓް ކޭމްޕާއި ކަސްރަތު ހަރަކާތްތައް ހިންގުން މިހާރު ވަނީ މަނާކޮށްފައި
 
އެކި ކަންކަމަށް ވަކި ލޭންތައް ވަނީ ކަނޑައަޅާފައި
 
ކެއިން ބުއިން ވަނީ މަނާކޮށްފައި
 
ސިންތެޓިކް ޓްރެކް ބޭނުންކުރުމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައި

ސިންތެޓިކް ޓްރެކް ހުޅުވާއިރު އާންމުން ސަމާލުވާންވީ ގިނަ ބަދަލުތަކެއް އާންމުކޮށްފިއެވެ.

މި ބަދަލުތަކުގެ ތަފްސީލް ހިއްސާކުރައްވާފައިވަނީ މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަހުމަދު މަޙުލޫފް މިމަހުގެ 17 ވަނަ ދުވަހު ޓްރެކް ހުޅުވާނެކަން ހާމަކުރައްވާ ކުރެއްވި ޓުވީޓެއްގައެވެ.

މިނިސްޓަރ މަޙުލޫފްގެ ޓުވީޓްގައި ވަނީ، ސިންތެޓިކް ޓްރެކް ހުޅުވާފައި ހުންނާނެ ގަޑިއާއި، ޓްރެކް ބޭނުން ކުރާއިރު އާންމުން ސަމާލުވާންވީކަންކަން ތަފްސީލުކޮށްދެއްވާފައެވެ. އެގޮތުން ޓްރެކް ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެވެސް ފަތިހު ފަހަކުން ހެނދުނު އަށަކަށް އަދި އިރުއޮއްސި ހަޔަކުން ދަންވަރު ބާރައަށެވެ. މިގޮތައް ޓްރެކްއަށް ވަދެވޭ ވަކި ގަޑިތަކެއް ކަނޑައެޅީ ޓްރެކް ބެލެހެއްޓުމުގެ ކަންކަން ފަސޭހަކޮށް ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ގޮތް ހެދުމައްކަމަށް ޔޫތު މިނިސްޓްރީއިން މަޢުލޫމާތުދެއެވެ. މިނިސްޓަރ މަޙުލޫފް ވަނީ އައު ޓްރެކްގެ އެކި ލޭންތަކައި ސަރަހައްދުތައް ޚާއްސަކޮށްފައިވާ ކަންކަމުގެ ތަފްސީލުވެސް ހިއްސާކުރައްވާފައެވެ. އެގޮތުން މީގެ ކުރިންވެސް ވިނަގަނޑު އޮތް ސަރަހައްދުގެ 35 ޔާޑުގެ ސަރަހައްދެއް ކްރިކެޓަށް ޚާއްސަކޮށްފައިވާއިރު، އިތުރު އެއްވެސް ކުޅިވަރެއް އަދި އިތުރު ހަރަކާތެއްވެސް މި ސަރަހައްދުގައި ހިންގުން މަނާވީއެވެ.

އެކުވެނި ޓްރެކްއަކީ މީގެ ކުރިން އެކި ފަރާތްތަކުން ކަސްރަތު ކްލާސްތަކާއި ބޫޓް ކޭމްޕްތައް ގިނަ އަދަދަކަށް ކުރިއަށްގެންދިޔަ ސަރަހައްދަކަށްވާއިރު، މިގެނައި ބަދަލާއެކު ސިންތެޓިކް ޓްރެކްގައި މިފަދަ ހަރަކާތެއް ދެން ނުހިންގޭނެއެވެ.

އައު ޓްރެކްގައި 9 ލޭންއެއް ހުރިއިރު ލޭން 1 އިން 3 އާއިހަމައަށް ވާ ލޭންތައް ޚާއްސަކޮށްފައިވަނީ އެތްލެޓިކްސް އެސޯސިއޭޝަންއަށެވެ. ލޭން 4 އިން 7އަށް ވާ ލޭންތައް ދިގު ދުވުން ދުވާ ދުވުންތެރިންނަށް ޚާއްސަކޮށްފައިވާއިރު، ލޭން 8 އަދި 9 ޙާއްސަކޮށްފައިވަނީ ޖޮގިން އަދި ހިނގާ މީހުންނަށެވެ. މިފަދަ ގޮތަކަށް ލޭންތައް ޚާއްސަކޮށްފައިވަނީ، ވީހާވެސް ގިނަ ފަރާތްތަކަކަށް އެއްވެސް ދަތިކަމެއް ނެތި އެއްފަހަރާ ޓްރެކްގެ ބޭނުން ހިފޭގޮތައް ހެދުމައްކަމަށް ޔޫތު މިނިސްޓްރީއިން މަޢުލޫމާތު ދެއްވައެވެ. ޔޫތު މިނިސްޓްރީއިން ވަނީ ޓްރެކްގެ ރައްކާތެރިކަމައްޓަކައި މި ޓްރެކްގައި ފުޓްބޯޅަކުޅޭ ބޫޓް ބޭނުން ނުކުރެވޭނެކަންވެސް ހާމަކޮށްފައެވެ. މީގެ އިތުރުން ޓްރެކްގެ ތެރޭގައި ކެއިން ބުމުގެ އެއްވެސް ހަރަކާތެއް ދެން ނުބޭއްވޭނެއެވެ.

އެކުވެނި ދުވާ ޓްރެކުގައި ސިންތެޓިކް އެޅިއިރު، މީގެ ކުރިން ހުޅުމާލޭގައި ވަނީ ސިންތެޓިކް ޓްރެކެއް ގާއިމުކޮށްފައެވެ. އެއާއެކު އެތުލެޓިކްސް މުބާރާތްތައް ބޭއްވުމަށާއި، ގައުމީ އެތުލެޓިކްސް ޓީމުގެ ދުވުންތެރިން ތަމްރީނުކުރުމަށް ބޭނުންކުރަމުން އަންނަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
11%
51%
11%
9%
13%
5%
ކޮމެންޓް
17 ޖެނުއަރީ 2021 | އާދީއްތަ 08:56
ސަޅި
ޓްރެކް ހުޅުވުނީމަ ކިތަނެމެ ހާވެސް ރަގަޅު، އެކަމު މިގޮތަށް މިކަން ހިގާތޯ ބަލާނީ ކާކުބާ؟ ކޮބާތަ 35 ޔާރޑުގެ ބޭނުމަކީ.... ކްރިކެޓް ކުޅެނީ 70 ޔާރޑްގެ ބައުންޑަރީއެއްގަ...
16 ޖެނުއަރީ 2021 | ހޮނިހިރު 04:17
ޙަ
ޢާދެ ދިވެހިންނަށް ނުބޭއްވޭނެ. ޢިންޑިޔާ މީހުނަށް ޔޯގާ ބޭއްވޭނެ
16 ޖެނުއަރީ 2021 | ހޮނިހިރު 02:09
ޟާނު
ކަސްރަތު ކުލާސް ނުބޭއްވޭވާހަކަ މީގަ ނެއް މަހްލޫ ފު ބުނެ ފަކަ ބަރު ޓައިރު ރޯޕް ބޭނުންނުކުރެވޭވާހަކައޮތީ
16 ޖެނުއަރީ 2021 | ހޮނިހިރު 02:00
ކައިޖީން
ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ފުޓްބޯލް ޓްރޭނިންގް ޝޫޒްގައި ދުވުން ނުހުއްޓުވާ މާލޭގައި އެޅުނު ޓްރެކުގައި ނުދުވެވޭ ގޮތަށް ހެދީ މި ސަރުކާރުން ހެދި ތަނަކަށް ހުޅުމާލެ ޓްރެކް ނުވާތީތޯ؟
15 ޖެނުއަރީ 2021 | ހުކުރު 23:15
ރާގުންޑާ
ކުރީ ސަރުކާރު ކުރީ ސަރުކާރު! ޝުކުރިއްޔާ ރައީސް ޔާމީން!
ގުޅުންހުރި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި
ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ދިވެހި ސިފައިންނަށް ގެދޮރުވެރިކަން ޔަގީންކޮށްދޭނަން: ރައީސް މުއިއްޒު