ކ. މާލެ
|
15 ޖެނުއަރީ 2021 | ހުކުރު 11:40
ކޮރޯނާވައިރަސް، އައު ވޭރިއަންޓްތައް ދެނެގަނެވުމާއެކު ސައިންސްވެރިން ވަނީ މިވޭރިއަންޓްތައް އިތުރަށް ދިރާސާކޮށްފައި
ކޮރޯނާވައިރަސް، އައު ވޭރިއަންޓްތައް ދެނެގަނެވުމާއެކު ސައިންސްވެރިން ވަނީ މިވޭރިއަންޓްތައް އިތުރަށް ދިރާސާކޮށްފައި
ބީބީސީ
ކޮވިޑްގެ އައު ވޭރިއަންޓްތައް
އިނގިރޭސިވިލާތް، ބްރެޒިލް އަދި ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑްގެ އައު ވޭރިއަންޓްތައް: ކަންބޮޑުވާންޖެހެނީ ކިހާ މިންވަރަކަށް؟
 
ސައިންސްވެރިން އަންނަނީ މިވެކްސިންތައް އައު ވޭރިއަންޓްތަކާއި ދެކޮޅަށް މަސައްކަތްކުރާނެ ކަމަށް ބުނަމުން
 
އައު ވޭރިއަންޓްތަކަކީ ކުރިން ފެނުނު ކޮވިޑް ވައިރަސްގެ ވޭރިއަންޓްތަކަށްވުރެ އަވަހަށް ފެތުރޭ ވޭރިއަންޓްތަކެއް

ކޮރޯނާވައިރަސްގެ އައު ވޭރިއަންޓްތަކެއް މިވަގުތު ފެންނަމުން ދާއިރު މި އައު ވޭރިއަންޓް ވައިރަސްގެ އަސްލަށްވުރެ މާއަވަހަށް ފެތުރެމުން އަންނަކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ. އައު ވޭރިއަންޓްތައް ދެނެގަނެވުމާއެކު ސައިންސްވެރިން ވަނީ މިވޭރިއަންޓްތައް އިތުރަށް ދިރާސާކޮށް މިވޭރިއަންޓްތައް ކޮންޓްރޯލްކުރުމަށް ކުރެވޭނެ ކަންތައްތަކާއި ކުރިމަތިކުރުވާނެ ގެއްލުންތައް ބެލުމުގެ މަސައްކަތް ފަށާފައެވެ.

އައު ވޭރިއަންޓްތަކަކީ ކޮބާ؟

ކޮރޯނާވައިރަސްގެ އައު ވޭރިއަންޓްތަކުގެ ތެރެއިން ސައިންސްވެރިންގެ ސަމާލުކަން މިވަގުތު ހުއްޓިފައިވަނީ މަދު ވޭރިއަންޓްތަކަކަށެވެ. އެވޭރިއަންޓްތަކަކީ:

-ޔޫކޭ ވޭރިއަންޓް: މިވޭރިއަންޓު އެންމެ ބޮޑަށް ފެނިފައިވަނީ އިނގިރޭސިވިލާތުންނެވެ. މިހާތަނަށް އައިއިރު އިނގިރޭސިވިލާތުން ފެނުނު މިއައު ވޭރިއަންޓް 50ށް ވުރެ ގިނަ ގައުމުން ވަނީ ފެނިފައެވެ.

-ދެކުނު އެފްރިކާ ވޭރިއަންޓް: ދެކުނު އެފްރިކާއިން ފެނިފައިވާ އައު ވޭރިއަންޓް މިހާތަނަށް އައިއިރު 20 ގައުމަކުން ވަނީ ފެނިފައެވެ. އޭގެތެރޭގައި އިނގިރޭސިވިލާތްވެސް ހިމެނެއެވެ.

-ބްރެޒިލްއިން ފެނިފައިވާ އައު ވޭރިއަންޓް

ވައިރަސް އިން އައު ވޭރިއަންޓްތައް އުފެދުމާއި މިޔުޓޭޓްވުމަކީ އަބަދުވެސް ހިނގަމުން އަންނަކަމެކެވެ. އެހެންކަމުން ކޮވިޑް-19ގެ އައު ވޭރިއަންޓް ފެނުމާއި ކޮރޯނާވައިރަސް މިޔުޓޭޓް ވަމުންދިޔުމަކީ އައު ކަމެއް ނޫނެނެވެ. ކޮވިޑްގެ އެތައް ހާސް ވޭރިއަންޓެއް މިހާރުވެސް ދުނިޔޭގެ އެކިކަންކޮޅުތަކުން ފެންނަމުންދާނެއެވެ.

އެހެންނަމަވެސް މީގެތެރެއިން ނުރައްކާތެރި ވޭރިއަންޓްތައް ފެންނަނީ މަދުންނެވެ. އަދި ބައެއް ވޭރިއަންޓްތަކަކީ ނުރައްކާތެރިކަން ކުޑަވެފައި ހަލުވިކަމާއެކު ފެތުރޭ ވޭރިއަންޓްތަކެވެ.

މިވޭރިއަންޓްތައް ކިހާ ސީރިއަސް؟

މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން އެނގޭގޮތުގައި އިނގިރޭސިވިލާތް، ދެކުނު އެފްރިކާ އަދި ބްރެޒިލް އިން ފެނިފައިވާ ވޭރިއަންޓްތަކަކީ ކުރިން ފެނުނު ކޮވިޑް ވައިރަސްގެ ވޭރިއަންޓްތަކަށްވުރެ އަވަހަށް ފެތުރޭ ވޭރިއަންޓްތަކެވެ.

އެއީ މިތިން ވޭރިއަންޓުގެވެސް ޖެނެޓިކް އަށް އައިސްފައިވާ ބަދަލުގެ ސަބަބުންނެވެ. އެއާއެކު އަވަހަށް ވައިރަސް ފެތުރި ފަސޭހައިން ވައިރަސް ޖެހެއެވެ.

މާހިރުން ގަބޫލުކުރާގޮތުގައި އިނގިރޭސިވިލާތުން ސެޕްޓެމްބަރ މަހު ފެނުނު އައު ވޭރިއަންޓު ވައިރަސްގެ އަސްލަށްވުރެ ފެތުރޭ މިންވަރު 70 އިންސައްތަ އިތުރެވެ. ނަމަވެސް އެގައުމުގެ ޕަބްލިކް ހެލްތުން ބުނެފައިވަނީ އައު ވޭރިއަންޓުން ވައިރަސް ފެތުރެނީ 30 އާއި 50 އިންސައްތަ އާ ދެމެދުގައި ކަމަށެވެ. އިނގިރޭސިވިލާތް ތިން ވަނަ ލޮކްޑައުންއަކަށް ދާންޖެހުނީ މި ވޭރިއަންޓުގެ ސަބަބުން ކޭސްތައް ފެންނަ މިންވަރު ކޮންޓްރޯލް ނުވުމުގެ ސަބަބުންނެވެ.

ދެކުނު އެފްރިކާއިން ވޭރިއަންޓް ފެނިފައިވަނީ އޮކްޓޯބަރ މަހުއެވެ. މިވޭރިއަންޓް ގައި އިނގިރޭސިވިލާތުން ފެނިފައިވާ ވޭރިއަންޓާ ތަފާތު ކަންތައްތަކެއް ހުރެއެވެ. އެހެންނަމަވެސް މި ދެ ވޭރިއަންޓުގެވެސް މިޔުޓޭޝަން ހުރީ އެއްގޮތަކަށެވެ.

ދެކުނު އެފްރިކާއިން ފެނުނު ވޭރިއަންޓު މިހާރު ކޮވިޑަށް އުފައްދާފައިވާ ވެކްސިންތަކަށް މަސައްކަތްކުރާ މިންވަރަށް ބަދަލުތަކެއް ގެނުވަފާނެކަމަށް ސައިންސްވެރިން ބުނެއެވެ.

އިނގިރޭސިވިލާތުން ވަނީ ދެކުނު އެފްރިކާއިން އެގައުމަށް ފްލައިޓް އައުމާއި ދިޔުން މަނާކޮށްފައެވެ. މީގެއިތުރުން ފާއިތުވި ދުވަސްތަކުގައި އެގައުމަށް ދަތުރުކޮށްފައިވާ އަދި ކޮންޓެކްޓް ވެފައިވާނަމަވެސް ވީއެންމެ އަވަހަކަށް ކަރަންޓީނު ވުމަށް ވަނީ އެގައުމުގެ ސަރުކާރުން އަންގާފައެވެ.

ބްރެޒިލް އިން ވޭރިއަންޓް ފެނިފައިވަނީ ޖުލައި މަހުގެ ތެރޭގައެވެ. މިވޭރިއަންޓް ވަނީ މިފަހަކުން ބްރެޒިލް އިން ޖަޕާނަށް ދިޔަ ހަތަރު މީހެއްގެ ގައިން ފެނިފައެވެ. މިވޭރިއަންޓުގެ މިޔުޓޭޝަންތައް ދެކުނު އެފްރިކާއިން ފެނުނު މިޔުޓޭޝަންތަކާއި އެއްގޮތެވެ.

އަލަށް ފެނުނު ކަންތައްތަކާއި ގުޅިގެން އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ ދެކުނު އެމެރިކާ އާއި ޕޯރޗުގަލް އިން ފްލައިޓް އައުން މަނާކޮށްފައެވެ.

ކޮވިޑް ވެކްސިން އައު ވޭރިއަންޓްތަކަށް މަސައްކަތްކުރޭތަ؟

މިހާރު ކޮވިޑަށް އުފައްދާފައިވާ ވެކްސިންތަކަކީ މި ވައިރަސްގެ ކުރީގެ ވޭރިއަންޓްތަކަށް އުފައްދާފައިވާ ވެކްސިންތަކެވެ. އެހެންނަމަވެސް ސައިންސްވެރިން އަންނަނީ މިވެކްސިންތައް އައު ވޭރިއަންޓްތަކާއި ދެކޮޅަށް މަސައްކަތްކުރާނެ ކަމަށް ބުނަމުންނެވެ. ނަމަވެސް އަދި އެކަން ކަށަވަރު ކުރެވިފައެއްނުވެއެވެ. ލެބޯޓްރީތަކުގައި އަންނަނީ އެކަން ބެލުމުގެ މަސައްކަތް ކުރަމުންނެވެ.

ވެކްސިން އިންސާނާގެ ހަށިގަނޑު ވައިރަސްގެ އެކި ބައިތަކާއި ދެކޮޅަށް މަސައްކަތްކުރުވުމަށް ޓްރެއިން ކުރުވައެވެ. އެހެންނަމަވެސް އައު ވޭރިއަންޓްތަކުން ފެނިގެން އުޅޭ މިޔުޓޭޓް އާ ދެކޮޅަށް ވެކްސިން އަށް އެކަން ކުރެވޭނެތޯ އެއީ ސުވާލެކެވެ.

މިވައިރަސްގެ އިތުރު ވޭރިއަންޓްތައް ކުރިޔަށް އޮތްތަނުގައިވެސް ފެންނަމުންދާނެއެވެ. އެހެންކަމުން ވެކްސިންތައް އުފައްދަންޖެހޭނީ އެންމެ ގޯސް ހާލަތަށް ބަލާ ވޭރިއަންޓްތަކާ ދެކޮޅަށް މަސައްކަތްކުރެވޭ ގޮތަށް ވެކްސިނަށް ބަދަލު ގެނެވޭ ގޮތަށް ކަމަށް މާހިރުން ބުނެއެވެ.

ފްލޫ ވެކްސިނަށް ކޮންމެ އަހަރު އައު ޑޯޒެއް ދެމުންދާ ގޮތަށް ކޮރޯނާވައިރަސް އަށްވެސް އެގޮތަށް ވުމަކީ އެކަށީގެންވާ ކަމެއްކަމަށް މާހިރުން ބުނެއެވެ.

އައު ވޭރިއަންޓް ނުރައްކާތެރިތަ؟

މިހާތަނަށް އައިއިރު އައު ވޭރިއަންޓުން ސީރިއަސް ގެއްލުންތަކެއް އިންސާނާގެ ހަށިގަނޑަށް ފޯރުވާ ފުރާނައަށް ނުރައްކާވާ މިންވަރަށް ދާކަމެއް ހޯދިފައެއްނުވެއެވެ.

އެހެންނަމަވެސް ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ނުވަތަ ވައިރަސް އިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ އަތް ދޮވުމާއި ގައިދުރުކަން ގެންގުޅުމާއި މާސްކު އެޅުން ފަދަ ކަންކަން ކުރުމުން މިވޭރިއަންޓު ޖެހުމުން ރައްކާތެރިކޮށްދޭނެއެވެ. އަދި ވަކިން ޚާއްސަކޮށް އައު ވޭރިއަންޓްތަކަކީ އަވަހަށް ފެތުރޭ ވޭރިއަންޓްތަކަކަށް ވުމުން މިކަންކަމަށް ދޭންޖެހޭ ސަމާލުކަން ވަކިން ބޮޑެވެ.

ސޯސް: ބީބީސީ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް