ކ. މާލެ
|
15 ޖެނުއަރީ 2021 | ހުކުރު 04:55
އިންޑޮނޭޝިޔާގެ ސިއްހީ މަސައްކަތްތެރިއެއް ކޮވިޑަށް ޓެސްޓް ކުރުމަށް މީހެއްގެ ސާމްޕަލް ނެގުމަށް މަސައްކަތްކުރަނީ
އިންޑޮނޭޝިޔާގެ ސިއްހީ މަސައްކަތްތެރިއެއް ކޮވިޑަށް ޓެސްޓް ކުރުމަށް މީހެއްގެ ސާމްޕަލް ނެގުމަށް މަސައްކަތްކުރަނީ
ރޮއިޓަރސް
އިންޑޮނޭޝިޔާގައި ކޮވިޑް ވެކްސިން ޖެހުން
އިންޑޮނޭޝިޔާގެ ޕްރައިވެޓް ސެކްޓަރ އަށް ވެކްސިން ގަތުމުގެ ފުރުސަތު ހުޅުވާލަނީ
 
ކޮންމެހެން ދޭންޖެހޭ މީހުންނަށް ވެކްސިން ދިނުމަށްފަހު ޕްރައިވެޓް ސެކްޓަރ އަށް އެފުރުސަތު ހުޅުވާލާނެ
 
ވެކްސިން ދިނުމުގައި އެންމެ ފުރަތަމަ އިސްކަންދޭ މީހުންގެ ތެރޭގައި ސިއްހީ މަސައްކަތްތެރިންނާއި ސެކިޔުރިޓީން ހިމެނޭ
 
އިންޑޮނޭޝިޔާގެ 180 މިލިއަނަށްވުރެ ގިނަ މީހުންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ވަނީ ފަށާފައި

އިންޑޮނޭޝިޔާގެ ބާރުގަދަ ވިޔަފާރިވެރިން އެކުވެގެން އުފައްދާފައިވާ ޗެމްބަރުގައި ހިމެނޭ މެމްބަރުން އަމިއްލައަށް ވެކްސިން ގަނެ އެމީހުންގެ ސްޓާފުންގެ ގަޔަށް ވެކްސިން ޖެހުމާއި ވިއްކުމުގެ ހުއްދަ ދިނުމަށް ގޮވާލުމާއި ގުޅިގެން އެގައުމުގެ ޕްރައިވެޓް ސެކްޓަރ އަށް އެފުރުސަތު ހުޅުވާލަފާނެކަމަށް އިންޑޮނޭޝިޔާގެ ހެލްތު މިނިސްޓަރ ވިދާޅުވެއްޖެއެވެ.

އިންޑޮނޭޝިޔާގެ 180 މިލިއަނަށްވުރެ ގިނަ މީހުންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް އެގައުމުގައި ފަށާފައިވަނީ މިހަފްތާގައެވެ. އޭޝިޔާ ސަރަހައްދަށް ބަލާއިރު އިންޑޮނޭޝިޔާއަކީ ކޮވިޑްގެ ހާލަތު ގޯސް އެއް ގައުމެވެ.

ވެކްސިން ދިނުމުގައި އެންމެ ފުރަތަމަ އިސްކަންދޭ މީހުންގެ ތެރޭގައި ސިއްހީ މަސައްކަތްތެރިންނާއި ސެކިޔުރިޓީން ހިމެނޭއިރު އެގައުމުގެ ހެލްތު މިނިސްޓަރ ބުޑި ގުނާޑި ސަޑިކިން ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ވެކްސިން ފޯރުކޮށްދިނުމުގައި ސަރުކާރަށް އޮތް ބުރަ ކުޑަކުރުމުގެ ގޮތުން ޕްރައިވެޓް ސެކްޓަރ އިން ބޭނުންވާ ވެކްސިނެއް ގަތުމުގެ ފުރުސަތު ހުޅުވާލުމަށް ވިސްނަމުންދާ ކަމަށެވެ. އެއާއެކު އެކުންފުނިތަކުގައި މަސައްކަތްކުރާ ސްޓާފުންނަށް ވެކްސިން ދިނުމުގެ ޒިންމާ ނަގާނީ އެކުންފުންޏަކުންނެވެ.

ހެލްތު މިނިސްޓަރ ވިދާޅުވީ ފުރުސަތު ހުޅުވާލާނީ މިހާރު ނޫންކަމަށެވެ. އެހެންނަމަވެސް ވެކްސިން ކޮންމެހެން ދޭންޖެހޭ މީހުންނަށް ވެކްސިން ދިނުމަށްފަހު ޕްރައިވެޓް ސެކްޓަރ އަށް އެފުރުސަތު ހުޅުވާލާނެކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް އެކަމަށް އަދި ގޮތެއް ނުނިންމާކަމަށާއި ވެކްސިން ފޯރުކޮށްދިނުމުގައި މުއްސަނދިންނަށް އިސްކަންދޭކަން މިކަމުން ހާމަވެގެން ދިޔުމަށް އެދިވަޑައިނުގަންނަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިންޑޮނޭޝިޔާގެ ސަރުކާރުން މިހާރުވެސް ވަނީ ވެކްސިން ގަތުމަށާއި ފޯރުކޮށްދިނުމަށް 5.3 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް