ކ. މާލެ
|
14 ޖެނުއަރީ 2021 | ބުރާސްފަތި 09:32
ޑަބްލިއުއެޗްއޯގެ ޓީމް ޗައިނާއަށް ދިޔުމުގެ ކުރިން ޕްރޮޓެކްޓިވް ސޫޓުގައި ސްޓާފް މެމްބަރުން ބަސް ކައިރީގައި މަޑުކޮށްލައިގެން
ޑަބްލިއުއެޗްއޯގެ ޓީމް ޗައިނާއަށް ދިޔުމުގެ ކުރިން ޕްރޮޓެކްޓިވް ސޫޓުގައި ސްޓާފް މެމްބަރުން ބަސް ކައިރީގައި މަޑުކޮށްލައިގެން
ރޮއިޓަރސް
ކޮވިޑްގެ އަސްލު ހޯދުން
ޑަބްލިއުއެޗްއޯގެ ޓީމް ޗައިނާއަށް އެތެރެ ވެއްޖެ
 
މި ޓީމް އެއްމަސް ދުވަސް ޗައިނާގައި ހޭދަކުރާނެ

ކޮވިޑް-19ގެ އަސްލު ދެނެގަތުމަށް ޗައިނާގެ ވުހާނަށްދާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޓީމު އެ ސިޓީއަށް ގޮސްފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން މި ޓީމު އެއްމަސް ދުވަސް ޗައިނާގައި ހޭދަ ކުރުމަށް ނިންމާފައިވެއެވެ. އެއީ ދެ ހަފްތާގެ ކަރަންޓީންގެ މުއްދަތު ހިމަނައިގެންނެވެ،

ޗައިނާ ސަރުކާރުން ބުނީ ޑަބްލިއުއެޗްއޯގެ 10 ސައިންޓިސްޓުންނާއި ގުޅިގެން މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ދުނިޔޭގެ އެކިއެކި ގައުމުތަކާއި ގުޅިގެން ޑަބްލިޔުއެޗްއޯއިން ކޮވިޑް-19 ގެ މަސައްކަތްތައް ކުރަމުންދާއިރު، މި ޓީމު ޗައިނާގެ ވޫހާންއަށް ގޮސް ޗައިނާގެ ޓީމުތަކުން އެއްކޮށްފައިވާ ވައިރަހުގެ އިންސާނުންގެ ސާމްޕަލްތަކާއި، ޖަނަވާރުންގެ ސާމްޕަލްތަކުގެ އިތުރުން ކަމާ ގުޅުންހުރި އިތުރު ހެކިތައްވެސް ބަލާ ތަޙުޤީޤު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ ކުރިން ޑަބްލިއުއެޗްއޯ އިން ޗައިނާ އަށް ދާން އުޅުމުން އެ ޤައުމުން ވަނީ އެ ޓީމު އެތެރެ ނުވެވޭނެ ކަމަށް ބުނެފައެވެ. އަދި ޑަބްލިއުއެޗްއޯގެ ޓީމަށް ޗައިނާއަށް އެތެރެ ނުވެވުނު މައްސަލައިގައި އެ ޖަމިއްޔާގެ ފަރާތުން ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ
އިނގިރޭސި ލީގު ބަލަން ވަން މީހުންގެ 28 ޕަސެންޓަކީ އަންހެނުން