ކ. މާލެ
|
14 ޖެނުއަރީ 2021 | ބުރާސްފަތި 04:59
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ސީ.އެން.އެން
ޓްރަމްޕް ރައީސް ކަމުން އަޒުލުކުރުން
ޓްރަމްޕް ރައީސްކަމުން ދެވަނަ ފަހަރަށް އަޒުލުކުރުމަށް ހައުސްއިން ފާސްކޮށްފި
 
މިއީ އެމެރިކާގެ ތާރީޚުގައި ރައީސަކު ވެރިކަމުން އަޒުލުކުރުމަށް ހައުސް އިން ދެ ފަހަރަށް ފާސްކުރި ފުރަތަމަ ފަހަރު
 
ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ 10 މެމްބަރުން ވަނީ ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ވޯޓު ދެއްވާފައި
 
ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ފާސްވެފައިވަނީ 232 ވޯޓު 197 ވޯޓުން
 
މިއީ ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ފާސްކުރި ދެވަނަ ފަހަރު

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރައީސް ކަމުން އަޒުލުކުރުމަށް ހައުސް އިން ދެވަނަ ފަހަރަށް ފާސްކޮށްފިއެވެ.

މިއީ އެމެރިކާގެ ތާރީޚުގައި ރައީސަކު ވެރިކަމުން އަޒުލުކުރުމަށް ހައުސް އިން ދެ ފަހަރަށް ފާސްކުރި ފުރަތަމަ ފަހަރެވެ. މިފަހަރު ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ހައުސްއިން ފާސްކޮށްފައިވަނީ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ކެޕިޓޮލްގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެންނެވެ. ރައީސްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާފައިވާ ބާރުތައް ޤާނޫނުތަކުގެ ބޭރުން ހިތްޕަވާ ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކުރެއްވުމާއި ގުޅިގެން ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް މިވަނީ ފާސްކޮށްފައެވެ.

ހައުސް އިން ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ފާސްކޮށްފައި މިވަނީ އެކަން ހިނގާދިޔަތާ ގާތްގަނޑަކަށް ހަފްތާއެއްވީތަނާއެވެ. ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ފާސްވެފައިވަނީ 232 ވޯޓު 197 ވޯޓުންނެވެ. ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ފެންނަކަމަށް ވޯޓު ދެއްވި 232 މެމްބަރުންގެ ތެރޭގައި ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ 10 މެމްބަރުންވެސް ހިމެނިވަޑައިގަންނަވައެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވާ 4 މެމްބަރުން ތިއްބެވިއެވެ.

މިއީ އެމެރިކާގެ ތާރީޚުގައި ރައީސަކު ވެރިކަމުން އަޒުލުކުރުމަށް ފާސްކުރި ހަތަރު ވަނަ ފަހަރެވެ. އަދި މިއީ ރައީސަކު ވެރިކަމުން ދުރުކުރުމަށް އެންމެ ގިނަ އަދަދެއްގެ ވޯޓު ލިބިގެންދިޔަ ފަހަރުވެސްމެއެވެ. މީގެ އިތުރުން މިފަހަރަކީ ރައީސަކު ވެރިކަމުން އަޒުލުކުރުމަށް މައި ދެ ޕާޓީކަމަށްވާ ރިޕަބްލިކަން އާއި ޑިމޮކްރަޓުންގެ މެދުގައި ކިރިޔާވެސް ޚިޔާލު އެއްގޮތްވި ފަހަރުވެސްމެއެވެ.

ޓްރަމްޕް ރައީސްކަމުން އަޒުލުކުރުމަށް ވޯޓު ދެއްވި މެމްބަރުންގެ ތެރޭގައި ކުރީގެ ނައިބު ރައީސް ޑިކް ޗޭނީގެ ދަރިކަނބަލުން އަދި ހައުސްގައި އިންނަވާ ރިޕަބްލިކަން މެމްބަރު ލިޒް ޗޭނީ ހިމެނި ވަޑައިގަންނަވައެވެ.

ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ހައުސްއިން ފާސްކުރިނަމަވެސް އަދި ޓްރަމްޕް ވެރިކަމުން އަޒުލު ކުރެވިގެންނުދާނެއެވެ. އެއީ އެކަމާމެދު ފަހު ބަސް ބުނުމުގެ ބާރު ސެނެޓަށް ލިބިގެންވާތީއެވެ. ހައުސް އިން ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ފާސްކުރުމާއެކު ހައުސްގެ ސްޕީކަރ ނެންސީ ޕެލޯސީ އަށް އެއަރޓިކަލް ސެނެޓަށް ފޮނުއްވަން ޖެހިވަޑައި ގަންނަވާނެއެވެ. ސެނެޓަށް އަރޓިކަލް ފޮނުއްވާނެ އިރެއް ނިންމަވާނީ ޕެލޯސީއެވެ.

ޑިމޮކްރަޓިކް ގިނަ މެމްބަރުން ބޭނުންފުޅުވަނީ ވީއެންމެ އަވަހަކަށް އެއަރޓިކަލް ސެނެޓަށް ފޮނުވާ އަޒުލުކުރުމުގެ ކަންކަން ފެށުމަށެވެ. ނަމަވެސް ސެނެޓްގައި ހުންނަވާ ރިޕަބްލިކަން މެޖޯރިޓީ ލީޑަރ މިޗް މެކާނަލް ވަނީ ޓްރަމްޕް އަޒުލުކުރުމުގެ މަސައްކަތް ވަގުތުން ވަގުތަށް ސެނެޓްގައި ފެއްޓެވުމަށް ޑިމޮކްރަޓުން ގޮވާލެއްވި ގޮވާލެއްވުން ގަބޫލުނުކުރައްވާފައެވެ. ސެނެޓްގައި އެކަން ކުރިޔަށްދާނީ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު އައު ރައީސް ޖޯ ބައިޑަން ވެރިކަމުގެ ހުވާކުރެއްވުމުންނެވެ.

އެކަމާއި ގުޅޭގޮތުން މެކާނަލް ސެނެޓްގައި ތިއްބަވާ ރިޕަބްލިކަން މެމްބަރުން އަރިހު ވިދާޅުވެފައިވަނީ ޓްރަމްޕް ވެރިކަމުން އަޒުލުކުރުމުގެ ކަންތަކުގައި ވޯޓު ދެއްވާނެ ގޮތެއް އަދި ނުނިންމަވާ ކަމަށާއި ސެނެޓާއި ހަމައަށް މައްސަލަ އައުމުން އެކަން ބައްލަވާނެކަމަށެވެ.

ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ކެޕިޓޮލްގެ ތެރެއަށް ގަދަކަމުން ބަޔަކު ވަދެ ހިންގި ހަމަނުޖެހުމާއި ގުޅިގެން ޓްރަމްޕް ވެރިކަމުން އަޒުލުކުރުމުގެ މަސައްކަތް ޑިމޮކްރަޓުން ވަގުތުން ފެށިއެވެ. އެގޮތުން ވެރިކަމުން އަޒުލުކުރުމުގެ ވޯޓު ނެގުން ނުވަތަ އެމެންޑްމަންޓް 25 ގެ ބޭނުންކޮށްގެން ނައިބު ރައީސް މައިކް ޕެންސް އަށް ވެރިކަމުގެ ބާރުތައް ނެންގެވުމަށް ޑިމޮކްރަޓުން މަސައްކަތްފެށިއެވެ. އެހެންނަމަވެސް އެންމެ ފަހު ވަގުތާ ހަމައަށްވެސް ޕެންސް ވިދާޅުވަމުން ގެންދެވީ އެމެންޑްމަންޓް 25 ގެ ބޭނުންކުރައްވަން ބޭނުންފުޅުނުވާ ކަމަށެވެ. އަދި މަގާމުން އިސްތިއުފާ ދެއްވުމަށް ޓްރަމްޕް ބޭނުންފުޅުނުވާ ކަމަށެވެ.

އެހެންކަމުން ޑިމޮކްރަޓުން ޓްރަމްޕް ރައީސް ކަމުން އަޒުލުކުރުމުގެ މަސައްކަތް ބުދަ ދުވަހު ފެށިއެވެ. އަދި އެކަން ކާމިޔާބުކޮށްފައިވާއިރު ރިޕަބްލިކަން މެމްބަރުން ވަނީ ޓްރަމްޕް ވެރިކަމުން އަޒުލުނުކޮށް އެކަން އެހެން ގޮތަކަށް އަނބުރާލެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ޓްރަމްޕް ކުރެއްވި ކަންތައް ހައުސްއިން ކުށްވެރިކުރުމާއި އެކަން ތަހުގީގުކުރުމަށް ކޮމިޝަނެއް އެކުލަވާލުންފަދަ ކަންތައްތައް ކުރުމަށް ރިޕަބްލިކަން މެމްބަރުން ގެންދެވީ ހުށަހަޅުއްވަމުންނެވެ. ނަމަވެސް ހައުސްގެ ސްޕީކަރ ހުންނެވީ ޓްރަމްޕް ރައީސް ކަމުން އަޒުލުކުރުން ނޫން އެހެން ގޮތަކަށް އެކަން ނިންމަވާގޮތަކަށް ނޫނެވެ.

ރައީސަކު ވެރިކަމުން އަޒުލުކުރުމުގެ މަރުހަލާ ކުރިޔަށްދާގޮތާއި ޚިލާފަށް ގާތްގަނޑަކަށް އެއް ދުވަސްތެރޭގައި ހައުސްއިން ޓްރަމްޕް ވެރިކަމުން އަޒުލުކޮށްފައިވާއިރު ދެން އޮތީ ސެނެޓްގައި ކަން ކުރިޔަށްދާނެ ގޮތެވެ. މީގެކުރިން ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް 2020 ވަނަ އަހަރު ނެގުނު ވޯޓު ކާމިޔާބުކުރެއްވީ ޓްރަމްޕެވެ. ނަމަވެސް މިފަހަރު އެކަން އެހެން ގޮތަކަށް ބަދަލުވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ސެނެޓުން ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ފާސްކޮށްފިނަމަ ޓްރަމްޕް ވެެގެންދާނީ ސެނެޓުން ވެރިކަމުން އަޒުލުކުރުމަށް ފާސްކުރާނެ ފުރަތަމަ ރައީސަށެވެ. މީގެކުރިން ރައީސުން ވެރިކަމުން އަޒުލުކުރުމަށް ފާސްވެފައިވަނީ ހައުސް އިންނެވެ. ސެނެޓާ ހިސާބުން އެކަން ކާމިޔާބު ވެފައެއްނުވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
19%
56%
0%
13%
13%
0%
ކޮމެންޓް
16 ޖެނުއަރީ 2021 | ހޮނިހިރު 10:10
ގަންޖާރައީސް
މިތާވެސް އެބައުޅޭ ތިގޮތަށް ލަފުގަ ހިފާ ހޫރާލަން ޖެހޭ ދޭތީ. ރާގުންޑާއިން އެއްބަސްވާކަށް ނުޖެހޭ ކޮންމެހެން. ބޮޑު ފިތުނަގޮޅާ!
14 ޖެނުއަރީ 2021 | ބުރާސްފަތި 23:19
ހަ ބީ ބު.
މިރާއްޖޭގެ ވެރިކަމުގަ ހުރި ބޮޑާއި ބޫވެސް ވެރިކަމުން ވީހާ އަވަހައް އަޒުލުކުރަންވެއްޖެ ޔާސިރާ ޖަމްސީދު ހަސަންލަތީފާ ގުޅިގެން މިކަން ކުރަން ފަށަންވީ