ކ. މާލެ
|
14 ޖެނުއަރީ 2021 | ބުރާސްފަތި 00:44
އިންޑިއާއިން ކޮވިޑަށް އުފެއްދި ވެކްސިން
އިންޑިއާއިން ކޮވިޑަށް އުފެއްދި ވެކްސިން
ރޮއިޓަރސް
ނޭޕާލުން އިންޑިއާގެ ވެކްސިން ގަތުން
ނޭޕާލުން ގަންނާނީ އިންޑިއާގެ ވެކްސިން
 
އިންޑިއާ ސަރުކާރުން ނޭޕާލަށް ބައި މިލިއަން ޑޯޒްގެ ވެކްސިން ހިލޭ ފޯރުކޮށްދޭނެ
 
އަންނަ ހަފްތާގެ ތެރޭގައި އިންޑިއާ ސަރުކާރާއި ނޭޕާލް ސަރުކާރާއި ދެމެދު އެއްބަސްވުމަކަށް އާދެވޭނެ

ނޭޕާލުން ގަންނާނީ އިންޑިއާއިން ކޮވިޑް-19 އަށް އުފެއްދި ވެކްސިން ކަމަށް އިންޑިއާގެ ފޮރިން މިނިސްޓަރ ޕްރަދީޕް ގަޔަވާލީ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ފޮރިން މިނިސްޓަރ ޕްރަދީޕް މިހާރު ނޭޕާލަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ބެހޭ ގޮތުން އިންޑިއާގެ ނޫހަކަށް ދިން އިންޓަރވިއުއެއްގައި ވިދާޅުވީ ނޭޕާލުން ވަނީ އިންޑިއާއިން އުފެއްދި ވެކްސިން ގަންނާނެ ކަމުގެ ޔަގީންކަން ދީފައި ކަމަށެވެ.

ފޮރިން މިނިސްޓަރ ޕްރަދީބް އިތުރަށް ވިދާޅުވީ އިންޑިއާއިން އޮތީ ނޭޕާލަށް ބައި މިލިއަން ޑޯޒްގެ ވެކްސިން އިންޑިއާގެ ހިލޭ އެހީގެ ގޮތުގައި ދޭން ތައްޔާރަށް ކަމަށާއި، އަދި ނޭޕާލުން ވަނީ 12 މިލިއަން ޑޯޒްގެ ވެކްސިން ގަތުމަށް އެއްބަސްވެފައި ކަމަށެވެ. އަދި ކުރިޔަށް އޮތް ހަފްތާ އެއްހާ ދުވަސްތެރޭ އިންޑިއާ ސަރުކާރާއި ނޭޕާލް ސަރުކާރުން ވެކްސިން ގަތުމަށް އެއްބަސްވުމަކަށް އައުމަށް ނިންމާފައިވާ ކަމަށް ޕްރަދީބް ވިދާޅުވިއެވެ.

އިންޑިއާއިން ނޭޕާލަށް ވެކްސިން ފޯރުކޮށްދިނުމުގެ އެއްބަސްވުމަކަށް އައިސްފައި މިވަނީ ޗައިނާއިން ވެސް ނޭޕާލަށް ވެކްސިން ފޯރުކޮށްދިނުމަށް ތައްޔާރުވަމުން ދަނިކޮށެވެ. އެކަމަކު އިންޑިއާއާއި ނޭޕާލާއި ދެމެދު އެއްބަސްވުމަކަށް އައިސްފިނަމަ ޗައިނާއިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ވެކްސިން އެގައުމުން ނޭޕާލަށް ފޯރުކޮށް ނުދޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް