ކ. މާލެ
|
13 ޖެނުއަރީ 2021 | ބުދަ 04:31
ގޫގުލްގެ ލޯގޯއެއް
ގޫގުލްގެ ލޯގޯއެއް
ރޮއިޓަރސް
ކޮވިޑް-19 ވެކްސިނާ ބެހޭގޮތުން ދޮގު ވާހަކަ ފެތުރުން
ކޮވިޑް ވެކްސިނާ ބެހޭ ގޮތުން ފަތުރާ ދޮގު މައުލޫމާތާ ދެކޮޅަށް މަސައްކަތްކުރުމަށް 3 މިލިއަން ޑޮލަރުގެ ފަންޑެއް
 
ފަންޑުގެ އެހީގައި ވެކްސިނާ ބެހޭ ގޮތުން ލިބޭ މައުލޫމާތުގެ ޞައްހަކަން ފަސޭހައިން ދެނެގަނެވޭނެ ގޮތްތަކަށް ހިންގާ ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ
 
ގަސްތުގައި ދޮގު މައުލޫމާތު ވަކި ބަޔަކަށް ޚާއްސަކޮށްގެން ފަތުރަމުންދޭ

ކޮވިޑް-19 ވެކްސިނާ ގުޅޭގޮތުން ޞައްހަ ނޫން މައުލޫމާތު ފެތުރުމާ ދެކޮޅަށް މަސައްކަތް ކުރުމަށް ގޫގުލް ނިއުސް އިން 3 މިލިއަން އެމެރިކާ ޑޮލަރުގެ ފަންޑެއް ހުޅުވައިފިއެވެ.

"ކޮވިޑް-19 ވެކްސިން ކައުންޓަރ މިސްއިންފޮރމޭޝަން އޯޕަން ފަންޑް"ގެ ނަމުގައި ގޫގުލް އިން މިހުޅުވި ފަންޑުން ކޮވިޑް-19 ވެކްސިންތަކާއި ގުޅޭގޮތުން ލިބޭ މައުލޫމާތުގެ ޞައްހަކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކަށް އެހީތެރިވެދޭނެއެވެ.

އެކަމާއި ގުޅިގެން ގޫގުލް އިން ބުނީ ކޮވިޑް-19 ވެކްސިނާ ބެހޭ ގޮތުން އެކި މައުލޫމާތު ފަތުރަމުންދާއިރު ގަސްތުގައި ދޮގު މައުލޫމާތު ވަކި ބަޔަކަށް ޚާއްސަކޮށްގެން ފަތުރަމުންދާ ކަމަށެވެ.

ހެދިފައި ހުރި ބައެއް ދިރާސާތަކަށް ބަލާލާއިރު ޞައްހަ ނޫން މައުލޫމާތު ލިބޭ މީހުންނާއި ލިބޭ މައުލޫމާތުގެ ތެދު ދޮގު ބަލާ މީހުން އެބަތިބި ކަމަށާއި އެ ދެ ގްރޫޕްގެ މެދުގައި ފަރަގުތަކެއް ހުންނަކަމަށް ގޫގުލް އިން ބުނެއެވެ.

ގޫގުލް އިން މިތަޢާރަފްކުރި ފަންޑުގެ އެހީގައި ވެކްސިނާ ބެހޭ ގޮތުން ލިބޭ މައުލޫމާތުގެ ޞައްހަކަން ފަސޭހައިން ދެނެގަނެވޭނެ ގޮތްތަކަށް ހިންގާ ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. ވަކިން ޚާއްސަކޮށް ވަކި ގްރޫޕްތަކަށް އަމާޒުކޮށްގެން ފަތުރާ ޞައްހަ ނޫން މައުލޫމާތުތަކުގެ ޞައްހަކަން ދެނެގަނެވޭނެ ގޮތްތަކާއި ގުޅޭގޮތުން ހުށަހެޅޭ ޕްރޮޖެކްޓްތައް ބަލައިގަންނާނެކަމަށް ގޫގުލް އިން ބުނެއެވެ.

މިގޮތުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލާނީ 14 މެމްބަރުންގެ ޓީމަކުން ކަމަށާއި މިޓީމުގައި ހިމެނެނީ އެކަޑަމިކް މީހުންގެ އިތުރުން މީޑިޔާގެ މީހުންނާއި ސިއްހީ ދާއިރާގެ މީހުންގެ އިތުރުން ނޮން-ޕްރޮފިޓް ދާއިރާތަކުގައި މަސައްކަތްކުރާ މީހުންގެ އިތުރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ފަރާތުންވެސް މީހުން ހިމެނޭނެކަމަށް ގޫގުލް އިން ބުނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
100%
0%
0%
0%
0%
ކޮމެންޓް