ކ. މާލެ
|
13 ޖެނުއަރީ 2021 | ބުދަ 04:34
ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ނޫސްވެރިންގެ ބައްދަލުވުމެއްގައި
ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ނޫސްވެރިންގެ ބައްދަލުވުމެއްގައި
ރޮއިޓަރސް
ކޮވިޑް ވެކްސިން ކެނެޑާގެ ހާލަތު
ފައިޒަރ ވެކްސިންގެ އިތުރު 20 މިލިއަން ޑޯޒް ކެނެޑާއަށް
 
އޭޕްރީލް އިން ޖޫން މަހާ ހިސާބަށް ދާއިރު ކެނެޑާގެ 20 މިލިއަން މީހުންނަށް ވެކްސިން ދެވޭނެ
 
ކެނެޑާއަށް މިހާރު ފައިޒަރ ވެކްސިންގެ 40 މިލިއަން ޑޯޒް ލިބޭނެ
 
މިއަހަރުގެ ތެރޭގައި 80 މިލިއަން ވެކްސިން ޑޯޒް ކެނެޑާއަށް ލިބޭނެ

ފައިޒަރ އާއި ޖަރުމަނުވިލާތުގެ ބައޯއެންޓެކުން ކޮވިޑަށް އުފެއްދި ވެކްސިންގެ އިތުރު 20 މިލިއަން ޑޯޒް ހޯދުމަށް އޯޑަރުކޮށްފައިވާ ކަމަށް ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވެއްޖެއެވެ.

ވެކްސިންގެ އިތުރު ޑޯޒްތަކެއް ހޯދުމަށް އޯޑަރުކުރި ކަމަށް ބޮޑުވަޒީރު މި ވިދާޅުވީ އެކަށީގެންވާ މިންވަރަށް ވެކްސިން ނުލިބޭކަމަށް ބުނެ ޕްރޮވިންސްތަކުން ޝަކުވާކުރުމާއި ގުޅިގެންނެވެ. ޓްރޫޑޯ ވިދާޅުވީ ކެނެޑާ އިން ފައިޒަރ އާއެކު މިހާރު އިތުރު އެއްބަސްވުމަކާ ހަމައަށް އައިސްފައިވާ ކަމަށެވެ.

މިއާއެކު ކެނެޑާ އަށް މޮޑާނާއިން ލިބޭ ވެކްސިންގެ ޑޯޒްތަކާއެކު މިއަހަރުގެ ތެރޭގައި 80 މިލިއަން ވެކްސިން ޑޯޒް ލިބޭނެއެވެ.

ކެނެޑާއިން އެންމެ ފުރަތަމަ ފައިޒަރ އާއެކު އެއްބަސްވުން ހެދީ 20 މިލިއަން ޑޯޒް ހޯދުމަށެވެ. ނަމަވެސް އަލަށް މިހެދި އެއްބަސްވުމާއެކު ކެނެޑާއަށް ފައިޒަރ ވެކްސިންގެ 40 މިލިއަން ޑޯޒް ލިބޭނެއެވެ.

ކެނެޑާގެ 10 ޕްރޮވިންސެއްގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުން އަންނައިރު ޕްރޮވިންސްތަކުން ވަނީ ވެކްސިން ލިބުމުގައި ލަސްތަކެއް އުޅޭކަން ފާހަގަކޮށްފައެވެ.

ޓްރޫޑޯ ވިދާޅުވީ އޭޕްރީލް އިން ޖޫން މަހާ ހިސާބަށް ދާއިރު ކެނެޑާގެ 20 މިލިއަން މީހުންނަށް ވެކްސިން ދެވޭވަރުވާނެ ކަމަށެވެ. ކެނެޑާގެ އާބާދީއަކީ 38 މިލިއަނެވެ.

މީގެއިތުރުން ޓްރޫޑޯ ވިދާޅުވީ އެމެރިކާއަށް ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް މިހާރުވެސް ގެންގުޅެމުންދާ އުސޫލު ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހާ ހަމައަށް އެގޮތުގައި ދެމި އޮންނާނެކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި