ކ. މާލެ
|
12 ޖެނުއަރީ 2021 | އަންގާރަ 22:11
ޑރ ގުލްސަން އައްބާސް، ޗައިނާއިން ވަނީ އޭނާގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް ކޮށްފައި
ޑރ ގުލްސަން އައްބާސް، ޗައިނާއިން ވަނީ އޭނާގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް ކޮށްފައި
ރޮއިޓަރސް
ވީގްރޫ ޑޮކްޓަރު ގުލްސަން އައްބާސް
20 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާ ވީގްރޫ މުސްލިމް ޑޮކްޓަރު މިނިވަން ކުރުމަށް ޗައިނާއަށް ޕްރެޝަރ ކުރަނީ
 
ގުލްސަންގެ މައްޗަށް 20 އަހަރުގެ ޖަލުހުކުމެއް ކުރީ 2018 ވަނަ އަހަރުގައި
 
ގުލްސަން އައްބާސް ވަނީ ޗައިނާގެ ޖަލަކަށް ގެއްލުވާލައިފައި

20 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާ އީގާ މުސްލިމް ޑޮކްޓަރު ގުލްސަން އައްބާސް މިނިވަން ކުރުމަށް ގޮވާލާ ބައިނަލްއަގްވާމީ ޖަމާއަތްތަކުން ޗައިނާއަށް ޕްރެޝަރ ކުރަން ފަށައިފިއެވެ.

ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 20 އަހަރުގެ ޖަލު ހުކުމެއް ގުލްސަން އައްބާސް އަށް ކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ޗައިނާއިން ކުރީ 2018 އަހަރުގައެވެ.

ޗައިނާގެ ސަރުކާރުން ބުނީ ގުލްސަން އައްބާސް އަކީ ޗައިނާއަށް ސިއްރުން އެގައުމުގެ އެތެރޭގެ ސިއްރު ވާހަކަތައް އެހެން ގައުމުތަކަށް ކިޔާދީ ޖާސޫސު ކުރާ ފަރާތެއް ކަމަށެވެ. އަދި އީގާ މުސްލިމުންނަށް ޗައިނާ ސަރުކާރުން އަނިޔާ ކުރާ ކަމަށް ބުނެ މުޅި ދުނިޔޭގައި އެގައުމުގެ އަގު ވައްޓާލި ފަރާތެއް ކަމަށްވެސް ޗައިނާ ސަރުކާރުން ބުނެއެވެ.

ގުލްސަން އައްބާސް ޗައިނާގެ ޖަލަކަށް ގެއްލުވާލާފައިވާއިރު، މިކަން އޭނާގެ އާއިލާއަށް އެނގުނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެއާއިއެކު ގުލްސަންގެ އާއިލާއިން ވަނީ އޭނާ ގެއްލިފައިވާކަން ހާމަކޮށްފައެވެ. މިކަމާއި ބެހޭ ގޮތުން ޗައިނާގެ ސަރުކާރުން މިހާތަނަށް ވަކި އެއްޗެއް ހާމަކޮށްފައިނުވާއިރު އޭނާ ހުރި ތަނެއް ވެސް ޗައިނާއިން ހާމަކޮށްފައެއް ނުވެއެވެ.

ގުލްސަން އައްބާސްއަށް 20 އަހަރުގެ ޖަލު ހުކުމެއް ކުރުމުން އެކަން ތުރުކީ ވިލާތުން ވަނީ ކުށްވެރިކޮށްފައެވެ. މީގެ އިތުރުން އެމެރިކާއިން ވެސް މިކަން ކުށްވެރިކޮށްފައިވާއިރު ދުނިޔޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ މިކަން ކުށްވެރި ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
13%
0%
56%
6%
6%
19%
ކޮމެންޓް