ކ. މާލެ
|
12 ޖެނުއަރީ 2021 | އަންގާރަ 17:20
އިންޑޮނޭޝިއާގެ ފްލައިޓް ވެއްޓުނު ސަރަޙައްދު ހޯދުމަށް އެ ޤައުމުގެ ސާޗް އެންޑް ރެސްކިއު ޓީމުތަކުން ޙަރަކާތްތެރިވަނީ
އިންޑޮނޭޝިއާގެ ފްލައިޓް ވެއްޓުނު ސަރަޙައްދު ހޯދުމަށް އެ ޤައުމުގެ ސާޗް އެންޑް ރެސްކިއު ޓީމުތަކުން ޙަރަކާތްތެރިވަނީ
ރޮއިޓަރސް
އިންޑޮނޭޝިއާގެ މަތިންދާބޯޓު ގެއްލުން
އިންޑޮނޭޝިއާއިން ވެއްޓުނު މަތިންދާބޯޓުގެ އެއް ކަޅުފޮށި ހޯދައިފި
 
ދެ ސަރަޙައްދަކުން ސިގްނަލްތައް ދެނެގަނެވިފައިވޭ
 
ބޯޓު މިނެޓެއްގެ ތެރޭގައި 10،000 ފޫޓަށް ތިރިއަށް ގޮސްފައިވޭ
 
ގެއްލިފައިވަނީ ސްރިވިޖަޔާގެ "އެއަރ ބޮއިން 737" މަތިންދާބޯޓު

56 ފަސިންޖަރުންނާއި ހަ ކްރޫ މެމްބަރުންނާއެކު ދަތުރުކުރަމުންދިޔަ އިންޑޮނޭޝިއާގެ ސްރިވިޖަޔާގެ މަތިންދާބޯޓު ވެއްޓުނު ދިމާ ދެނެގަނެ، އެ ބޯޓުގެ އެއް ކަޅުފޮށި ހޯދައިފިއެވެ.

"ސީއެންއެން" ގައި ރިޕޯޓުކޮށްފައިވާ ގޮތުން ބޯޓުގެ ދެ ކަޅުފޮށި ތެރެއިން އެއް ފޮށި މިހާރު ސާޗް އެންޑް ރެސްކިއު ޓީމުތަކުން ވަނީ ހޯދާފައެވެ. އެގޮތުން އަންގާރަ ދުވަހު މި ފޮށި ހޯދާފައިވަނީ ސާޗް އޮޕަރޭޝަނުގައި ބައިވެރިވި އެ ޤައުމުގެ އަސްކަރިއްޔާގެ ޓީމަކުންނެވެ.

އިންޑޮނޭޝިއާގެ ސާޗް އެންޑް ރެސްކިއު އޭޖެންސީގެ ޗީފް ބޭގަސް ޕުރީތޯއާ ޙަވާލާދީ ރިޕޯޓުތައް ބުނާގޮތުން ދެ ސަރަޙައްދަކުން ސިގްނަލްތައް ދެނެގަނެވިފައިވާއިރު، ބޯޓުގެ ކަޅުފޮށި އޭގެ ތެރެއިން ސަރަޙައްދެއްގައި ވާނެ ކަމަށް ވަނީ ބެލެވިފައެވެ.

މި މަތިންދާބޯޓު ވީނުވީއެއް ނޭނގި ހޯދަންފެށިތާ މާގިނައިރު ތަކެއް ނުވަނީސް، އިންޑޮނޭޝިއާގެ މަސްވެރިންތަކަކަށް މަތިންދާބޯޓެއް ކަމަށް ބެލެވޭ ބައިތަކެއް ފެނިގެންވެސް ރިޕޯޓުކޮށްފައިވެއެވެ. އަދި މަތިންދާބޯޓު ގޮސް ކަނޑަށް ވެއްޓުނު މަންޒަރު ފެނުނު ކަމަށާއި، އެއާއެކު ބޮޑު ގޮވުމެއްގެ އަޑުއިވުނު ކަމަށްވެސް މަންޒަރު ދުށް ފަރާތްތަކާ ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އޭގެ އިތުރުން، މަތިންދާބޯޓު ވެއްޓުނު ސަރަޙައްދުން އިންސާނުންގެ ހަށިގަނޑުގެ ބައިތައްވެސް ފެނިފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

"ބީބީސީ" ގައި ރިޕޯޓުކޮށްފައިވާ ގޮތުން ގެއްލިފައިވަނީ ސްރިވިޖަޔާގެ "އެއަރ ބޮއިން 737" މަތިންދާބޯޓެވެ. އެގޮތުން މި ބޯޓު މިނެޓެއްގެ ތެރޭގައި 10،000 ފޫޓަށް ތިރިއަށް ގޮސްފައިވާ ކަމަށް މަތިންދާބޯޓު ޓްރެކް ކުރާ ވެބްސައިޓަކާ ޙަވާލާދީ ރިޕޯޓުކޮށްފައިވެއެވެ.

"މެޓްރޯ ޓީވީ" އާ ޙަވާލާދީ އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުން ޖަކާޓާއިން ފުރައިގެން ދިޔަ މި މަތިންދާބޯޓުގައި 56 ފަސިންޖަރުން ތިއްބެވެ. އޭގެތެރޭގައި ހަތް ކުޑަކުދިންނާއި، ހަ ކްރޫން ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އެ ހުރިހާ މީހުންނަކީވެސް އިންޑޮނޭޝިއާއަށް ނިސްބަތްވާ ރައްޔިތުންނެވެ.

މަތިންދާބޯޓު ވެއްޓުނުއިރު ދަތުރުކުރަމުން ދިޔައީ ޕޮންޓިއަނަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް