ކ. މާލެ
|
12 ޖެނުއަރީ 2021 | އަންގާރަ 15:40
ހުޅުމާލެ ފޭސް 2
ހުޅުމާލެ ފޭސް 2
މިހާރު
ހިޔާ މަޝްރޫއު
ހިޔާ މަޝްރޫއުގެ ވިޔަފާރި ޔުނިޓްތައް ބަލައިލުމުގެ ފުރުސަތު ހުޅުވާލައިފި
 
ޖެނުއަރީ 17 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އޮންލައިން ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރަން ޖެހޭ

ހިޔާ މަޝްރޫއުގެ ވިޔަފާރި ޔުނިޓްތައް ބަލައިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހުޅުމާލެ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މީގެ ކުރިން ވިޔަފާރި ޔުނިޓްތައް ބަލައިލުމުގެ ފުރުސަތު ހުޅުވާލި ނަމަވެސް ކޮވިޑާއި ގުޅިގެން ރަޖިސްޓްރީ އެ ފުރުސަތު ނުދެވި ވާ ކަމަށެވެ. އެ ކޯޕަރޭޝަނުން ހުޅުމާލެ ފޭސް 2 ގެ ހިޔާ މަޝްރޫއުގައި ހިމެނޭ ވިޔަފާރި ޔުނިޓްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާތީ އަދި ކުރިއަތް އޮތް ތާނގައި ހިޔާ މަޝްރޫއުގެ އިތުރު ވިޔަފާރި ޔުނިޓްތަކަށް ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލާފައިވާ ކަމަށެވެ.

ވިޔަފާރި ޔުނިޓްތައް ބެލުމަށް ޝައުޤުވެރިވާ ފަރާތްތައް ޖެނުއަރީ 17 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އޮންލައިން ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަށް އެދޭ ކަމަށެވެ. އަދި އެ ތާރީހުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ފަހުން ޔުނިޓްތައް ބަލައިލުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ވެސް އެޗްޑީސީ އިން ބުންޏެވެ.

ވިޔަފާރި ޔުނިޓްތައް ބަލައިލުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އެ ޔުނިޓްތައް ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް ހިއްސާ ކުރާނެ ކަަމަށް އެ ކޯޕަރޭޝަނުން ބުނިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
100%
0%
0%
0%
0%
ކޮމެންޓް